ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ހެލޯ ޕަމްޕްކިން...".. އެކޮޅުން އިވުނު އަޑުން ނަވާރްގެ ދެލޯ ބޮޑުވިއެވެ.

Ads by STELCO

*********************

" ވިޝާލް... ؟؟..".. ނަވާރް ހައިރާންކަން އެކުލެވިފައިވާ އަޑަކުން އަހާލިއެވެ. އަވަހަށް އުނގުމަތީގައި ހުރި ލެޕްޓޮޕް ނަގާ ބެހެއްޓުމަށްފަހު ނަވާރް ދެފައި ވަށްކޮށްލިއެވެ. އެކޮޅުން އިވުނު ލުއި ހުނުމުގެ އަޑުން ނަވާރްގެ ތުންފަތަށް ވެސް ހިނިތުންވުމެއް ގެނައެވެ.

" އަޅެ ވިޝާލް.. ކޮންތާކު މި ހުރިހާ ދުވަހު އުޅުނީ؟.. އަހަރެން ހާދަ ހަނދާންވިޔޭ..."... ނަވާރް ޝަކުވާކޮށްލިއެވެ. ނަމަވެސް އެ މޫނުން އުފާވެރިކަން ފާޅުވަމުން ދިޔައެވެ.

" ނަވާ ތިހާ ހަނދާންވި ނަަމަ އަހަރެންގެ ހާލު ބަލަން މަސައްކަތް ކުރާނެ އެންނު... " ވިޝާލް ބުުނެލުމާއެކު ނަވާރް ތުން ދަމާލިއެވެ.

" ހޫން.. ތިވާހަކަ ނޫނޭ.. ދެން ބުނެބަލަ.. ކޮންތާކު މި ހުރިހާ ދުވަހު އުޅުނީ..".. ނަވާރް އަނެއްކާވެސް އަހާލިއެވެ.

" އޭރު ފުރައިގެން ދިޔަ ގޮތަށް ޔޫކޭގަ އުޅެފަ ފަހުން ދުބާއީގަ .. މިއަދު ރާއްޖެ މިއައީ.. ފުރަތަމަ ވެސް ހިތަށް އެރީ ނަވާގެ ހަބަރެއް ބަލާނީއޭ... "... ވިޝާލް ކުރުގޮތަކަށް ބުނެދިނެވެ. އެތަށް އިރެއް ވަންދެން ވާހަކަ ދައްކަން ތިބުމަށްފަހު ނަވާރް މާބޮޑަށް ނިދި އަންނަން ފެށުމުން ފޯނު ބޭއްވިއެވެ. އޭރު އޭނާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ލޯ މަރާލުމާއެކު ނަވާރްއަށް ކުޑައިރުގެ އުފާވެރި ދުވަސްތަށް ސިފަކުރެވުނެވެ.

******************

ބިލަބޮންގް އިންޓަރނޭޝަނަލް ހައި ސްކޫލްގެ ޔުނިފޯރމުގައި ނަވާރް މަޑުކޮށްގެން ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ވިޝާލް އަންނަންދެނެވެ. އޭރު މަލިކާ ދޮރުން ބޯ ދިއްކޮށްލުމަށްފަހު ދެފަހަރެއްގެ މަތިން ޑްރައިވަރު ކައިރީގައި ނަވާރް ގެންދިޔުމަށް އެދުނެވެ. ނަމަވެސް ވިޝާލް ބަހައްޓާފައި ދާން ނަވާރް އެއްބަހެއް ނުވިއެވެ.

އޭރު ރައުލް އާއި ރާސިލްގެ އިތުރުން އަލާރާއާއި ލިއަމް އަދި ނޯޔާ ވެސް ސްކޫލަށް ގޮއްސިއެވެ. ނަވާރްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ދުރުން ވިޝާލް އޭނާގެ ބައްޕަ އާއެކު ސައިކަލުގައި އަންނަތަން ފެނުމުންނެވެ. އަތުން ހަނާ އަޅާލުމަށްފަހު އަވަހަށް އައުމަށް ނަވާރް އިޝާރާތް ކުރިއެވެ.

" ވިޝާލް ކޮންމެ ދުވަހަކު ލަސްވަނީ.. ނަވާ ރެޑީ ވެ ނިމޭ މާ ކުރިން..."... ނަވާރް އޭނާގެ ޅަ އަޑުން ބުނެލިއެވެ. ވިޝާލްގެ އަތުގައި ހިފާލަމުން އޭނާ ކާރާއި ދިމާލަށް ހިނގައިގަތެވެ. ޑްރައިވަރު ފަހަތު ސީޓުގެ ދޮރު ހުޅުވައި ދިނުމުން އެދެކުދިން ކާރަށް އެރިއެވެ. އެއާއެކު ޑްރައިވަރު ދުއްވާލިއެވެ.

" އަމްރު އަންކަލް ވެއިޓް.. ވިޝާލް އަދި ސީޓް ބެލްޓު އަޅުވާ ނުނިމޭ..".. ނަވާރް ބުނެލުމާއެކު ޑްރައިވަރު ސީޓުގައި އިން އަމްރު ކާރު މަޑުކޮށްލިއެވެ. ނަވާރް އަވަހަށް ވިޝާލް އަށް ސީޓް ބެލްޓް އަޅުވަން އެހީތެރިވެދިނެވެ. އަމްރު ކާރު ދުއްވާލީ ނަވާރް އޯކޭ އޭ ބުނުމުންނެވެ.

ސްކޫލް ދޮރުމައްޗަށް ކާރު މަޑުކޮށްލުމުން ނަވާރް އާއި ވިޝާލް ފޭބިއެވެ. އަމްރު އަށް ހަނާ އަޅާލަމުން ނަވާރް އަނެއްކާވެސް ވިޝާލް އަތުގައި ހިފާލިއެވެ. އެދެކުދިން އަތް ނައްޓުވާލީ ކްލާހާއި ހަމައިންނެވެ.

" ނަވާ އަށް ގެނައި ގިފްޓެއް އޮންނާނެ.. ގެސް ވަޓް...".. ވިޝާލް ދަބަހުގެ ޒިބު ކަހާލަމުން އެތެރެ ދައްކާލިއެވެ. ރަތް ކުލައިގެ ވިދާ ކަރުދާހުން ޕާރްސަލް ކޮށްފައި އޮތް ކުޑަ ފޮށި ފެނުމުން ނަވާރް އުފަލުން ހުރިހާ ދަތްތަކެއް ދައްކާލިއެވެ.

" ޗޮކްލެޓް.. ؟... ".. ނަވާރް ކޮލުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އަހާލިއެވެ. އެއާއެކު ވިޝާލް ބޯ ހޫރާލިއެވެ. އުޅެ އުޅެ ނަވާރް އަށް އޭގައި އޮތީ ކޯއްޗެއްކަން ދިމާ ނުކުރެވުމުން އެންމެ ފަހުން ވިޝާލް އެދުނީ ޕާރްސަލް ކަނޑާފައި ބެލުމަށެވެ.

" ރިއަލީ ވިޝާލް.. ޕަމްޕްކިން؟.. ".. ފޮށި ތެރޭގައި އޮތް ކީ ޗެއިން ނަގަމުން ނަވާރް ތުންކޮޅު ދިގުކޮށްލިއެވެ. އެއާއެކު ވިޝާލް ބާރު ބާރަށް ހޭން ފެށްޓިއެވެ.

" ޔެސް... ޕަމްޕްކިން... ބިކޯޒް ޔޫ އަރ މައި ކިއުޓް ލިޓިލް ޕަމްޕްކިން...".. ނަވާރްގެ ބޮޑު ކޮލުގައި ހިފާލަމުން ވިޝާލް ލޯބިގޮތަކަށް ބުނެލިއެވެ. އެއާއެކު ނަވާރް ވެސް ހީލިއެވެ. ހަޤީޤަތުގައި އޭނާއަށް އެ ކުޑަ ކުޑަ ހަދިޔާ ނުހަނު ކަމުދިޔައެވެ.

ކީ ޗެއިން ދަބަސް ތެރެއަށް އަޅާލުމަށްފަހު ނަވާރް އާއި ވިޝާލް ވާހަކަ ދެއްކުން ހުއްޓާލީ ޓީޗަރު އައުމުންނެވެ. ކޮންމެ ދުވަހަކުވެސް ސްކޫލް ނިންމާލުމަށްފަހު ވިޝާލް އާއެކު ނަވާރް އެގެއަށް ދެއެވެ. ވިޝާލްގެ މަންމަ ސާރާ އޭނާ އާއި މެދު ކަންތައް ކުރަނީ ވެސް އަމިއްލަ ދަރިއެއް ފަދައިންނެވެ.

ނަމަވެސް އެ ހުރިހާ ކަމަކަށް ނިމުން އައީ ކުއްލިއަކަށް ވިޝާލްގެ އާއިލާ ޔޫކޭ އަށް ބަދަލުވާން ނިންމުމުންނެވެ. ކުޑަ ކުޑަ ވިޝާލްއަށް ވެސް އެ ކުއްލި ނިންމުމުގެ ފަހަތުގައި ވީ ސަބަބެއް ނޭނގުނެވެ. ނަވާރް އާއި ވަކިން އެހެން ތަނަކަށް ބަދަލުވާން ޖެހުމުން ސާރާ ކައިރީގައި ރޮއެ އާދޭސް ކުރިއެވެ. ނަަމަވެސް ސާރާ ވިސްނައިދިނީ ރާއްޖެއަކީ އެ އާއިލާއަށް އޮތް އެންމެ ރައްކާތެރި މާހައުލު ނޫން ކަމުގައެވެ.

ވިޝާލް ފުރަން އޮތް ދުވަހު ނަވާރް އެއްކޮށްހެން ހޭދަކުރީ އޭނާ އާއި އެކީގައެވެ. ދެކުދިން ހެނދުނުގެ ސަޔަށްފަހު ރީތި ވާހަކަތައް ކިޔާ ހެދިއެވެ. ގޭގެ ފަހަތުގައި އޮންނަ ހުސް ޖާގައިގައި ދުވެ ސަަކަރާތް ޖެހިއެވެ. ފުރަން ގޮސް އެންމެ ފަހު ކަމަކަށް ވިޝާލް އެދުނީ އެކުވެރިކަން ދެމިއޮތް ހާ ދުވަހަކު އޭނާ ދިން ކީ ޗެއިން ނަވާރް އަތުގައި ބޭއްވުމަށެވެ.

*******************

އެ ހިޔާލުގައި ހުރެ ގޮސް ނަވާރް ހުޅުވާލީ ރީތިވާ މޭޒުގެ ތިރީ ވަތްގަނޑެވެ. އޭގެ އެއްފަރާތު ކަނުގައި ހުރި ފިޔާތޮށި ކުލައިގެ ފޮށި ނެގުމަށްފަހު އަނެއްކާވެސް އޭނާ ގޮސް އިށީނީ އެނދުމަތީގައެވެ. ފޮށީގެ މަތިގަނޑު ހުޅުވާލަމުން ނަވާރް ހިނިތުންވެލިއެވެ. އެންމެ މަތީގައި އޮތީ ނަވާރްގެ އުފަންދުވަސްތަކުގައި ވިޝާލް ދީފައި ހުރި ކާޑުތަށް އަޅާފައި އޮތް ސިޓީ އުރައެވެ. ފޮށީގައި އެއް ފަޅީގައި އޮތް އަލްބަމް ނަވާރްގެ ލޮލުގައި އަޅައިގަތެވެ. އަލްބަމްގައި ލުއި ގޮތަަކަށް ފިރުމާލަމުން ނަވާރް ދެން ނެގީ ވިޝާލް ހަދިޔާ ކުރި ޕަމްޕްކިން ކީ ޗެއިން އެވެ. އެއާއެކު އެ ތުންފަތުގައި ވީ ހިނިތުންވުން އިތުރަށް ފުޅާ ވެގެން ދިޔައެވެ.

" ބެސްޓް ފްރެންޑްސް ފޯރ އެވަރ... ޕަމްޕްކިން އެންޑް ވިޝާލް..."... ކީ ޗެއިންގައި އެލުވާފައި އޮތް ކަރުދާސްކޮޅުގައި އޮތް ލިޔުން ނަވާރް ކިޔާލިއެވެ. އޭނާ އަށް ހެވުނީ އެ ލިޔުމުގައި ހުރި ކުދި ކުށްތައް ފެނުމުންނެވެ. ނަމަވެސް އެއީ ނުހަނު ކުޑައިރެވެ. އުމުރުން ނުވަ އަހަރެވެ.

ނަވާރް ހައިރާންވީ ވިޝާލް އޭނާގެ ނަންބަރު ހޯދި ގޮތެއް ނޭނގުމުންނެވެ. ދެން ފަހަރަކުން އަހާނީ އޭ ނަވާރް ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އެ ގުޅުން ނުކެނޑެއޭ ހިތަށް އެރުމުން ނަވާރް ހިތްހަމަޖެހުނެވެ. އެއީ އޭނާގެ އެންމެ ފުރަތަަމަ "ބެސްޓް ފްރެންޑެވެ".

********************

ފަތިސް ނަމާދަށްފަހު ދުވަން ދާ ހެދުން ލައިގެން ލިއަމް ކޮޓަރިން ނުކުތެވެ. ސިޓިންގް ރޫމުގައި އެއްވެސް އަލިކަމެއް ނެތުމުން އަދި އެކަކުވެސް ނުހޭލަނީ ކަން އޭނާ އަށް އެނގުނެވެ. ބަދިގެއަށް ވަދެ ލިއަމް ކޮފީ މެޝިނުން ކޮފީއެއް ތައްޔާރު ކޮށްލިއެވެ. އަދި ކޮފީ ހިފައިގެން ބެލްކަންޏަށް ނުކުމެލިއެވެ. ތިރިން ފެންނަން އޮތް ބަގީޗާއަށް ބަލަހައްޓައިގެން ހުރިއިރު އެ ލޮލުގައި ވަނީ ހުސްކަމެވެ. ތުން ފިއްތާލަމުން އޭނާ ހަށިފުރާ ނޭވާ އެއް ދޫކޮށްލިއެވެ. ނަމަވެސް ލޮލުން ނީރާލި ކަރުނަތަކުގެ މައްޗަށް ލިއަމް އަށް ބާރު ނުފޯރުވުނެވެ. މަޑު މަޑުން އިސްޖަހާލަމުން އަތުގައި ހުރި ތަށީގައި ލިއަމް ބާރަށް ހިފަހައްޓާލިއެވެ.

" އައި މިސް ޔޫ ސޯ މަޗް...".. މޭގައި ފިރުމާލަމުން ލިއަމް އަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. އެ ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ ކޮފީ ތަށި ތެރޭގައެވެ. ކަތުރު ކަށިގަނޑަށް ބާރުވެގެން ދިޔުމާއެކު ލިއަމް އަނެއްކާވެސް ފުން ނޭވާ އެއް ދޫކޮށްލަމުން އަތުގެ ނުފުށުން ކަރުނަތައް ފޮހެލިއެވެ. ދުނިޔޭގައި ހުއްޓަސް އޭނާ އެކޭ މަރުވެފައިވާ މީހެކޭ ތަފާތެއް ނެތެވެ. އެތަށް ފަހަރެއްގެ މަތިން މަރުވި ނަމައޭ ލިއަމްގެ ހިތަށް އަރައެވެ. މި "ޑްރާމާ" ކުޅުމުގައި އޭނާ އަށް ކެތް ކުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟.. ހިތުގައި ފުނި ޖެހިފައިވީ ޝަކުވާތަށް އޮއްބާލައިގެން ހުރެވިދާނެ ހެއްޔެވެ؟..

ލިއަމްގެ މޫނުން ފެންނަމުން ދިޔައީ ހިމޭންކަމެވެ. ނަމަވެސް އެ ހިތްވަނީ ހަލަބޮލި ވެފައެވެ.

" ލާރާ.. ޔޫ އަރންޓް ކަމިންގް ބެކް.. މައި ލަވް...".. ލިއަމްގެ އަޑު ކުރެހިގެން ދިޔައެވެ. ރޯން ބޭނުން ވިޔަސް އޭނާ ރޯކަށް ބޭނުމެއް ނޫނެވެ. ކައިރީގައި ހިތްވަރު ދޭން މީހަކު ހުރި ނަމައޭ ހިތަށް އަރައެވެ. ނަމަވެސް އެއްވެސް މީހަކާއި އެ ހިތުގެ ހާލު ހިއްސާ ކުރަން ބޭނުމެއް ނޫނެވެ.

" މީ އަހަރެންގެ ފޯލްޓް ތަ؟.. އެދުވަހު ނަވާ އާއެކީ ދިޔުން އެއީ އަހަންނަށް ހެދުނު ގޯހެއްތަ؟.. އާހހ.. ލާރާ.. ލާރާ... ދެން އެންމެ ފަހަރަކުވެސް ނުފެންނާނެ.. ހައު ކޭން އައި ލިވް ވިތައުޓް ޔޫ...".. އެއް އަތުން މޫނު ފޮރުވާލަމުން ލިއަމް ރެއިލިންގައި ބޯ ޖައްސާލިއެވެ. އެ ހިތްވަނީ ކުދި ކުދި ވެފައެވެ.

ލިއަމްގެ އަށް މުށްކެވިގެން ދިޔައެވެ. އެންމެން ވެސް އޭނާ އަށް އޮޅުވާލީއެވެ.

" ސާޔާ.. އަދި ރައުލް ބުނާ އިރަށް އަންނަން ޖެހޭތަ؟..ޔޫ އަރ ހަރޓިންގް މީ.. ތި މޫނު ފެނުނަސް ... ލާރާ... "... ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. ރޯން ބޭނުން ނުވިޔަސް ލިއަމް އަށް އެކަމެއް ނުވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. އަލާރާ އޭނާގެ ގާތުގައި ވުމަށް އެދެވެއެވެ. އެ ލޯބި ފިރުމުންތަކަށް ހިތް އެދެވެއެވެ. ވާހަކަ ދައްކާއިރު އެ ރީތި މޫނަށް ގެންނަ ކުދި ކުދި ހަރަކާތްތަށް ދެކިލާ ހިތްވިއެވެ. ލޯބިން ގެނެސް ބައްދާލަން ބޭނުންވިއެވެ.

އަތުގައި އޮތް ގަޑިއަށް ބަލާލުމަށްފަހު ލިއަމް ކޮފީ ތަށި ހުސްކޮށްލިއެވެ. އަދި އެތެރެއަށް ވަދެ ޖޯޑު ދޮވެފައި ހަރުގަނޑުގައި ހިއްކަން އެޅުވިއެވެ. އެއަށްފަހު ޓިޝޫ ރޯލުން ދެތިން ޓީޝޫ ދަމާލުމަށްފަހު އޭގެން އަތް ފޮހެލަމުން ބޭނުންކުރި ޓިޝޫ ޑަސްބިނަށް ވައްޓާލިއެވެ. އިތުރަށް ވިސްނާ ވިސްނާ ހިތަށް އަނިޔާ ދިނުމުގެ ބަދަލުގައި ލިއަމް ގެއިން ނުކުތެވެ.

*********************

ސާޔާ ހޭލިއިރު އަދި ނަވާރް ނުހޭލާތީ އޭނާ ބަދިގެއަށް ވަނެވެ. ރޭގައި ރައުލް މެސެޖް ކޮށްފައި ހެނދުނު އަންނާނެ ކަމުގައި ބުނުމުން އޭނާ އަންނަންވާއިރަށް ކޮންމެވެސް އެއްޗެއް ތައްޔާރުކުރަން ސާޔާ ގަސްތު ކުރިއެވެ. ފްރިޖުގައި އޮތް ޕާނާއި މަޔޮނައިޒް ފުޅި ހިފައިގެން އައިސް ސާޔާ ކައުންޓަރ މަތީ ބެހެއްޓިއެވެ. އަދި ވަތްގަނޑުން ނެގި ފިޔާ ސާފު ކުރަން ފެށިއެވެ. އެހެން ހުރި އިރު އިރުއިރު ކޮޅާ ނިތްކުރި މައްޗަށް ވެއްޓެމުން ދިޔަ ކުރި އިސްތަށިކޮޅުތައް ރަނގަޅު ކޮށްލައެވެ.

ކަޓިން ބޯޑު މަތީ ބާއްވައިގެން ވެސް ތުނިކޮށް ފިޔާ ކޮށަން ނޭނގުމުން ސާޔާ އެންމެ ފަހުން އޭނާއަށް އެނގުނު ގޮތަށް އެކަން ކޮށްލިއެވެ. ކޮށާފައި ހުރި ފިޔާ ތަށްޓަށް އަޅާލުމަށްފަހު ސާޔާ އަތް ދޮވެލިއެވެ. ދެން ޔޫ ޓިއުބް ހުޅުވާލުމަށްފަހު ސޭންޑްވިޗް ތައްޔާރު ކުރާނެގޮތް ސާރޗް ކޮށްލިއެވެ.

މަތީ ކަބަޑު ތެރެއިން ނެގި ލޮނު ފުޅިއާއި އަސޭމިރުސް ފުޅި ވެސް ރީތިކޮށް ކައުންޓަރު މަތީ ސާޔާ ބެހެއްޓިއެވެ. އަދި ޔޫ ޓިއުބުން ބަލަމުން ދިޔަ ވީޑިޔޯ އާއި އެއްގޮތަށް ސޭންޑްވިޗްގެ މަސްގަނޑު ތައްޔާރު ކުރަން ފެށިއެވެ.

އިރުކޮޅަކުން ދޮރުގައި ޓަކި ދޭން ފެށުމުން ސެކިއުރިޓީ ކެމެރާއިން ބޭރުގައި ހުރީ ކާކުތޯ ސާޔާ ބަލާލިއެވެ. ރޭގައި ކަންތައް ހިނގައިދިޔަ ގޮތް އޭނާގެ ހަނދާނުން ފިލައި ނުދެއެވެ. ބޭރުގައި ހުރި ރައުލް ފެނުމުން ސާޔާ ދޮރު ހުޅުވާލަމުން ހިނިތުންވެލިއެވެ.

" ހެލޯ ސާޔޫ.. ކޯއްޗެއް ތައްޔާރު ކޮށްލަނީ...؟..".. ކައުންޓަރ މަތީގައި އަތުރާފައި ހުރި ތަކެއްޗަށް ބަލާލަމުން ރައުލް އަހާލިއެވެ. ޖަވާބުގައި ސާޔާ ބުނީ ސޭންޑްވިޗް ހަދަން ދަސްކުރަނީ ކަމުގައެވެ.

ސްޓޫލްގައި އިށީންނަމުން ސާޔާ މޮޑެފައި ހުރި މަސްގަނޑުން އެތިކޮޅެއް ރައުލް ރަހަ ބަލާލިއެވެ. އެއާއެކު އޭނާ އަނގަޔަށް ހަދާލި ގޮތުން ސާޔާ އަށް ފުން ނޭވާ އެއް ދޫކޮށްލެވުނެވެ.

" ނޮޓް ސޯ ބޭޑް... ކިޔައިދެންތަ ސޭންޑްވިޗް ތައްޔާރު ކުރާނެގޮތް.. ސާޔާ ވާނެ ކައްކަން ދަސްކުރަން.. އަދި އަމިއްލަ ދިރިއުޅުމެއް ވެސް ފަށަން ޖެހޭނެއެންނު..".. ރައުލް ލައިގެން ހުރި އަތް ދިގު ޓީޝާޓުގެ އަތް މައްޗަށް އޮޅާލިއެވެ.

ރައުލްގެ ކިބައިގައި ހުރި ކެއްކުމުގެ ހުނަރަށް ސާޔާ ތައުރީފު ކުރިއެވެ. އޭނާއަށް ރައުލްގެ ފަރާތުން އެ ކުޑަ ވަގުތު ކޮޅުގައި ވެސް ބައިވަރު ކަންކަން ދަސްވިއެވެ. ލިއަމް ބުނި ފަދައިން ރައުލްއަށް އޭނާގެ މަންމަގެ ހުނަރު ލިިބިފައި އެބަ ހުއްޓެވެ. އެވަގުތު ރައުލްގެ މަންމައާ ބައްދަލުކުރުމުގެ ޝައުޤުވެރިކަން ސާޔާގެ ހިތުގައި އުފެދިގެން ދިޔައެވެ.

=ނުނިމޭ=

 

Ads by Ooredoo
  1. ސާޔާ

    ދެން މާ ކުރީ

  2. ހަސަނު

    ހާދަ ރީިއްޗޭ

  3. ލާރާ

    ތަންކޮޅެއް ދިގުނަމަ އަދި ރީތި ވާނެ……ދެން އަންނަ ބައި ދިގުވާނެ ކަމަށް އުންމީދު ކުރަން

  4. ރައުލް

    ވވވ.ރީތި..ސާޔާ އެއީ ރައުލްމެންގެ ރިލޭޓިވު އެއްދޯ؟