ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ސާޔާ ދިޔުމާއެކު ލިއަމް މޭޒުމަތީގައި ގޮށްމުށުން ޖަހާލީ އައިސްފައި ހުރި ރުޅިގަނޑު ފިނި ކުރެވޭތޯއެވެ. އޭރު ދެލޯ ބޮޑުކޮށްގެން ނަވާރް ބަލަން ހުރީ ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިފައެވެ.

Ads by STELCO

*************************

" ލިއަމް... ކިހިނެތް ތި އުޅެނީ..."... ލިއަމް ކަންތައްކުރި ގޮތުން ނަވާރް ހިތްހަމަ ނުޖެހުނެވެ. ސާޔާ އަށް ކޮށްފައިވާ އަސަރު ނަވާރް އަށް ފެނުނެވެ.

ލިއަމް އެއްޗެކޭ ނުބުނެ ގޮސް ކާ ކޮޓަރިން ނުކުމެއްޖެއެވެ. ހީވާގޮތުން އޭނާ އެވަގުތު ނަވާރް އާއި ދެބަސްވާން ބޭނުން ނުވީއެވެ.

ދެފަރާތަށް ބޯ ހޫރުވާލަމުން ނަވާރް ލިއަމްގެ ފަހަތުން ނުކުތެވެ. ނަވާރް ގޮސް ގޮސް ހުއްޓާ ލިއަމް ލިފްޓުގެ ދޮރު ލައްޕާލިއެވެ. ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިކަން އެމޫނުން ފާޅުވަމުން ދިޔައެވެ. މޫނުމައްޗަށް ލިފްޓުގެ ދޮރު ލެއްޕުމާއެކު ނަވާރް އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

" ނަވާ..".. ފަހަތުން ރައުލް ގޮވާލި އަޑު އިވުމުން ނަވާރް ފަސްއެނބުރި ބަލާލިއެވެ. އޭރު އެ މޫނުން ފެންނަން ހުރި ކުލަވަރުން ރައުލް ކިހިނެތްވީ ހެއްޔޭ އަހާލިއެވެ.

" ނޭނގެ.. މި ލިއަމް ކޮންމެވެސް ކަމަކާ ރުޅި ގަދަވެގެން ކަންނޭނގެ އެ އުޅެނީ.. "... ނަވާރް އަނގަޔަށް ގޮތެއް ހަދާލިއެވެ. ލިއަމްގެ މިޒާޖަށް އައިސްފައި ހުރި ބަދަލުން ނަވާރް ހުރީ ކަންބޮޑުވެފައެވެ.

" ނަވާ މާބޮޑަށް ސްޓްރެސް ތިވަނީ.. ލިއަމް އަށް ވެސް އަދި ވަގުތު ބޭނުންވާނެ.. ހަޔާތުން އެއް އަހަރު އެއްކޮށް ހަނދާން ނެތުމަކީ ފަސޭހަ ކަމަކަށް ނުވާނެ.. އަދި އެއީ ވެސް ލިއަމް އަށް އެންމެ މުހިއްމު ދުވަސްތައް..."... ރައުލް މަޑުމަޑުން ބުނެލިއެވެ. ނަވާރް ވެސް މަޑުމަޑުން ބޯ ޖަހާލީ ރައުލްގެ ވާހަކަ ޤަބޫލު ކުރުމުގެ ގޮތުންނެވެ.

ދުވަހުގެ ބާކީ އޮތް ވަގުތު ތަކުގައި ލިއަމްގެ ހަބަރެއް ނުވެއެވެ. ސާޔާ ވެސް ކޮޓަރިއަށް ވަތް ގޮތަށް ނުނިކުމެއެވެ. ނަވާރް ކާން ގޮވުމުން ވެސް ބަނޑުހައި ނުވާކަމުގައި ބުނެ ސާޔާ މަޑުކުރީއެވެ.

ހަޤީޤަތުގައި ލިއަމްއާއި ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތީއެވެ. އޭނާގެ ކުށެއް ނެތިވެ ލިއަމް އެފަދައިން ކަންތައް ކުރުމުން ސާޔާ ދެރަވިއެވެ. އޭނާ އަށް ގޯސް ކޮށް ކަމެއް ކުރެވުނުތޯ އެތަށް ފަހަރެއްގެ މަތިން އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އެރޭ ސާޔާ އަށް ނިދުނީ ވެސް އެކަމާއި ވިސްނަން އޮއްވައެވެ.

********************

އާ ދުވަހަކަށް އިރު އެރީ ބްލޮސަމްގެ އަށް އުފާވެރި ދުވަހަކަށެވެ. ލިއަމް އައުމުން ކޮންމެ މީހެއްގެ މޫނުން ވެސް ފެންނަނީ އުފާވެރި ކަމެވެ. ހެނދުނު ތެދުވާ ހިތް ނުވިޔަސް ސާޔާ ތެދުވީ އެންމެ ފަހުން ނޯޔާ އާއި ޔަލާ އައުމުންނެވެ. ހެނދުނުގެ ސައި ތައްޔާރު ކުރީވެސް ހަތަރު އަންހެން ކުދިން އެކީގައެވެ. ސޭންޑްވިޗާއި ސޮސެޖް އަދި ބިސްގަނޑު އަޅައިގެން އައިލެންޑް ދޮށުގައި އެތަށް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ.

" ނޯޔާ.. ދޭބަލަ ދޮރު ހުޅުވަން..".. ދޮރުގައި ޓަކި ދޭން ފެށި އަޑަށް ނަވާރް ބުނެލިއެވެ. އޭރު ނަވާރް ތައްޔާރުވަމުން ދިޔައީ ޓީވީއިން ބިރުވެރި ފިލްމެއް އެޅުވުމަށެވެ. ދުވަހަކީ ހޮނިހިރު ދުވަހަށް ވުމުން ކުރާނެ އިތުރު މަސައްކަތެއް ނެތެވެ. މަލާން ވެސް ޗުއްޓީ ދުވަހެއްކަމުން ކިރާޒް އޭނާ ކައިރިއަށް ގެންދިޔައެވެ. އެހެންކަމުން ޔަލާ އަށް ވެސް ނަވާރް މެންނާއެކު ހޭދަކުރާނެ ވަގުތުކޮޅެއް ލިބުނެވެ.

" ހާއި ލާލު އެންޑް ބްރަދަރސް..."... ދޮރު ހުޅުވާލަމުން ނޯޔާ ބުނެލިއެވެ. އޭނާ ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލުމުން ރައުލް އާއި ރާސިލް އަދި ސެހްރާން އާއި ލިއަމް އެތެރެއަށް ވަނެވެ. ދޮރަށް ފުރަގަސްދީގެން އިން ސާޔާ އަށް ފަސްއެނބުރި ބަލާލަން ވެސް ނުކެރުނެވެ. ލިއަމް މިފަހަރު އޭނާ އާއި ދިމާލަށް ބުނެލާނީ ކޮންފަދަ ބަސްތަކެއް ކަމެއް ވެސް ނޭނގެއެވެ.

ރާސިލް ފެނުމުން ޔަލާގެ ތުންފަތަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. ނަަމވެސް އިތުރު މީހަކަށް ނުފެންނަނީސް އޭނާ އެ ހިނިތުންވުން ފޮރުވާލަމުން ކައިރީގައި ހުރި އޮރެންޖް ޖޫސްތަށީގައި ތުން ޖަހާލިއެވެ.

" ނަވާ ކޮން އިރަކު ޑިޒައިނިންގް އަށް މިހާ މޮޅުވީ؟.."... ވަށައިގެން ބަލާލަމުން ލިއަމް އަހާލިއެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު ސާޔާ އަށް ހަށިގަނޑު ސީދާ ކޮށްލެވުނެވެ. ނަވާރްގެ ޖަވާބަކަށް އޭނާ އަށް އިންތިޒާރު ކުރެވެމުން ދިޔައެވެ.

" ދޮންތި އަށް ދުވަހަކުވެސް އެކަން ވާނެތަ؟.. ނޯ ވޭ.. ސާޔޫ އެޕަރޓްމެންޓް ޑިޒައިން ކުރީ.. ޝީ އިޒް ގޮނަ ބީ އެ ފިއުޗަރ އިންޓީރިއަރ ޑިޒައިނަރ.. "... ނަވާރް އަށް ކުރިން ނޯޔާ ލިއަމްއަށް ޖަވާބު ދިނެވެ. އެއާއި ވިދިގެން އެއްޗެކޭ ބުނަން ލިއަމް ގަސްތު ނުކުރިއެވެ. ފަރުވާ ކުޑަ ގޮތަަކަށް އައިސް އޭނާ ސޯފާއަށް ވެއްޓިގަތެވެ.

" ދޮންބެ މި އުޅެނީ އޮފީހަށް ޖޮއިން ކުރަން .... މިފަހަރު ބައްޕަގެ އާ އޮފީހާ ހަވާލުވާން ބައްޕަ ބުނީމަ ނޫނެކޭ ބުނަން ނުކެރުނު.. " ލިއަމް ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.

" ހޫން.. ޝޮޕިން އެއް ބޭނުންވީދޯ.."... ނޯޔާ ލޯ މައްޗަށް ހިންގާލަމުން އަހާލިއެވެ. އެއާއެކު ލިއަމް ހިނިގަނޑެއް ޖަހާލިއެވެ. އެއީ ދުވަހަކުވެސް ލިއަމް ކުރާ ކަމެއް ނޫނެވެ. އޭނާގެ އެއްޗެހި ގިނައިން ގަނެދޭނީ ނޯޔާ އެވެ. ނޫނީ އަލާރާއެވެ.

" އޯކޭ ޝޮޕިން އަކަށް ދެވިދާނެ.. އެކަމަކު އޭރުން ދޮންބެ ވާނެ މަންމަ ކޮންވިންސް ކުރަން.. ނޯޔާ ލައިސެންސް ނަގަން..."... ނަވާރްގެ މޫނަށް ސިއްރު ނަޒަރެއް ދެމުން ނޯޔާ ސިއްރު ސިއްރުން ބުނެލިއެވެ. ނަމަވެސް ވަގުތުން ނަވާރް އެކަމާއި ދެކޮޅު ހެދިއެވެ. އެންމެން ކިޔަން ފެށުމުން ނޯޔާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ނަމަވެސް އޭނާ ލިއަމް ކައިރިން އެދުނީ އެ ހަފްތާގައި ހުޅުވި ޗޮކްލެޓް ފިހާރައަށް އޭނާ އޭއެކު ދިޔުމަށެވެ. ނުހަނު ފަސޭހައިން ލިއަމް އެކަމަށް އެއްބަސްވެ ނޯޔާ އާއި އަތާއި އަތް ޖަހާލިއެވެ.

ލިއަމްގެ ނަޒަރު ހުއްޓުނީ އައިލެންޑް ދޮށުގައި ފަސްއެނބުރި އިން ސާޔާއަށެވެ. އުނަގަނޑަށްވުރެ ތިރިއަށް އޮތް ފަން އިސްތަށިގަނޑު ވިދަމުން ދިޔަ ގޮތުން ލިއަމް ހަނދާންވީ ރެޕަންޒެލް އެވެ. ސާޔާ ނުބަލަން އިނީ ލިއަމް އިނުމުންކަން އޭނާ އަށް ވިސްނުނެވެ. އެވަގުތު އެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ސާޔާ އޭނާ ދެކެ ޖެހިލުން ވެސް ވޭތާއެވެ.

" ރެޕަންޒެލް.. ވަރަށް އަވަހަށް ކާއެއްޗެއް ގެެނެސްދީ...ހެނދުނު ހޭލި ގޮތަށް އަދި ނުކައި މި އުޅެނީ.. ވަރަށް ބަނޑުހައި..".. ތުމުން ފުމެލަމުން ލިއަމް ސާޔާ އަށް ގޮވާލިއެވެ. އެ އަޑާއެކު ސާޔާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ލިއަމް އަށް ކަމުދާނެ އެއްޗެއް ނޭނގުމުން އިތުރަށް ނުތަވަސްވިއެވެ.

ލިއަމް އަށް ބަލަހައްޓައިގެން އިން ރައުލްގެ ނިތަށް ރޫގިނަ ވިއެވެ. އޭނާ އާއެކު ލިއަމް ސައިބުއީ ދެންމެއެވެ. ލިއަމް މި ފަށައިގެން އުޅޭ ކުޅިވަރު ވިސްނާ ވިސްނާ ރައުލް އަށް ނޭނގުނެވެ. އެންމެންގެ ތެރޭގައި އެއްޗެކޭ ބުނަން ބޭނުން ނުވާތީ ރައުލް އިހްތިޔާރުކުރީ ހިމޭންކަމެވެ.

މަޑު މަޑުން ގޮނޑިން ތެދުވެގެން ގޮސް ސާޔާ ފްރިޖް ހުޅުވާލުމަށްފަހު ދެ ބިސް ނެގިއެވެ. އަދި ވަރަށް ވިސްނައިގެން ހުރެ ތަށްޓެއްގެ ތެރެއަށް ބިސްތައް ތަޅައިލިއެވެ. އޭގެ ފަހުގައި އޭނާއަށް ކަމުދާނެ ގޮތަކަށް ބިސްގަނޑު ތައްޔާރު ކޮށްލިއެވެ. އަދި ކުޑަ ތަށްޓަކަށް ބިސްގަނޑާއި އެކު ކޮފީ އެއް ތައްޔާރު ކޮށްގެން ގޮސް ލިއަމްގެ ކުރިމަތީގައި ބެހެއްޓިއެވެ.

ނަމަވެސް ލިއަމް އެ ނަގާކަށް ނޫޅުނެވެ. ބަދަލުގައި އޭނާ އަތް ދިއްކޮށްލަމުން ސާޔާ އަށް ބަލާލަމުން ބުމަ އަރުވާލިއެވެ. ދެންވެސް އެއްޗެކޭ ނުބުނެ ސާޔާ އެ ތަށި ނަގާ ލިއަމް އަށް ދިއްކޮށްލިއެވެ. އެވަގުތު ތަށީގައި ހިފަމުން ލިއަމް މޫނަށް ސީރިޔަސްކަން ގެނުވިއެވެ.

" ވަޓް ދަ... "... ކުއްލިއަކަށް އަނގަޔަށްލި ބިސްގަނޑު ކޮޅު ތަށި ތެރެއަށް ވައްޓާލުމަށްފަހު ލިއަމް ތަށި ދުރުކޮށްލިއެވެ. އޭގައި ލި ކުޅި ރަހައަކުން ލިއަމް އަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ.

ކުރިމަތީގައި ސާޔާ ހުރީ ބިރުން ވިރިވިރިއެވެ. އޭނާއަށް ނުބައިކޮށް ބިސްގަނޑު އެޅުނީ ހެއްޔެވެ ހެއްޔެވެ؟.. ލިއަމް ތެދުވަމުން ސާޔާގެ އަތަށް ތަށި ދިނެވެ. އަދި އޭތި ހުސްކުރުމަށް އަމުރު ކުރިއެވެ.

" ލިއަމް.. ވަޓް އިޒް ރޯންގް ވިތް ޔޫ؟...".. ރައުލް އަށް ކެތް ކުރެވުނީ އެހިސާބަށެވެ. ހިތްހަަމަ ނުޖެހިފައި ހުރެ ރައުލް ސާޔާ އަތުން ތަށި ނެގިއެވެ.

" ރައުލް ހުރިހާ ކަމަކާ ބެހޭތީ މައްސަލައަކީ.. އައި ހޭވް ރައިޓްސް ޓު ބީ ރޯންގް..."... ލިއަމް ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. އޭނާގެ ވާހަކައިން ރައުލް ހައިރާންވިއެވެ.

" ލިއަމް ކީކޭ ތި ކިޔަނީ.. ސާޔާ އެއީ ލިއަމް ކުޅެން ގެންގުޅެވޭނެ ބުދެއް ނޫން.. ކޮން ހަސަދައެއް ފިލުވާ ނުލެވިގެން ތި އުޅެނީ... ލިއަމްގެ ކަންކަމާ އެހެން މީހުން ބެހެން ލިއަމް ވެސް ހިތް ހަމަނުޖެހެ އެންނު.. އެހެންވީމަ ސާޔާ އާއި ނުބެހި ހުރުން ބުއްދިވެރިވާނީ.. ޔޫ ހޭވް ނޯ ރައިޓް ޓު މެސް ވިތް ހަރ.. އަޑު އިވިއްޖެތަ؟..".. އައި ރުޅީގަައި ރައުލް އަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ލިއަމް ކަންތައްކުރާ ގޮތުން ރައުލް ހުރީ ޤަބޫލުކުރަން އުނދަގޫވެފައެވެ.

ލިއަމް އަކީ އެއްވެސް އިރެއްގައި އެފަދަ ޒުވާނެއް ނޫނެވެ. ރައުލް ޖެއްސުމަށް ނަވާރް ނުވަތަ ޔަލާ އާއި ދިމާ ކުރިޔަސް ލިއަމް ރައުލް އަށް ނެސޭހަތްދެއެވެ. ހާއްސަކޮށް ނުދަންނަ އަންހެން ކުއްޖަކަށް ލިއަމްގެ ފަރާތުން އެފަދަ ގޯނާ އެއް ކުރިމަތިވެދާނެއޭ އެކަކު ވެސް ހިއެއް ނުކުރެއެވެ.

" ރައުލް.. އިޓްސް އޯކޭ.. ސާޔާ އަށް ނޭނގި ކޮންމެވެސް ކަމެއް ކުރެވުނީ ކަންނޭނގެ..."...ސާޔާ ބުނެލީ މަޑުމަޑުންނެވެ.

އެ އަޑު އިވުމުން ލިއަމް ހުއްޓުން އެރިއެވެ. މީހާ އެއްކޮށް ހިމޭންވިއެވެ. ލަސް ލަހުން އޭނާއަށް ސާޔާ އާއި ދިމާލަށް ބަލާލެވުނެވެ. ހިތަށް އުނދަގޫ ކުރީ އެހެން ހިޔާލެކެވެ. މާ ދުރު ހަނދާނެކެވެ. ނުހަނު އަވަހަަށް ލިއަމް އޭނާގެ ނަފްސު ހަމައަކަށް އަޅުވާލަމުން ސޯފާގައި އިށީނެވެ. އެއްޗެކޭ ނުބުނެ ކަނދުރާ މައްޗަށް ޖަހައިގެން ރައުލް އިން ގޮތަށް އިނީއެވެ. އެ މާހައުލަށް ވެރިވެފައި އޮތީ ހިމޭން ކަމެވެ. އެއްވެސް މީހަކަށް އެއްޗެކޭ ބުނެލަން ނުކެރުނެވެ. ލިއަމް ލޯ ހުޅުވާލީ ކޮޓަރިީގެ ދޮރު ލެއްޕުނު އަޑަށެވެ. އޭރު ސާޔާ ފެންނަން ނެތުމުން އޭނާ ދިޔައީކަން ލިއަމް އަށް ޔަޤީން ވިއެވެ. ނަވާރްވެސް ސާޔާގެ ފަހަތުން ގޮސް އެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ނަަމަވެސް ސާޔާގެ ހަބަރެއް ނުވުމުން ނަވާރް ގޮސް އޭނާގެ ކޮޓަރިއަށް ވެނެވެ. އެވަގުތު މަލާން ގުޅަން ފެށުމުން ޔަލާވެސް ދަނީ ކަމުގައި ބުނެފައި އެޕަރޓްމެންޓުން ނުކުތެވެ. އޭނާގެ ފަހަތުން ނޯޔާ ވެސް ދިޔައީއެވެ.

ކޮޓަރިއަށް ވަތް ގޮތަށް ސާޔާ އަށް މޫނުގައި އަތް އަޅާލެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ގޮސް ސައިޑް ޓޭބަލް މަތީގައި ހުރި ފެންފުޅި ނަގާ އަނގަޔަށް އޮއްސާލިއެވެ.

" ރޫޑް...".. ލިއަމް އާއި ދިމާލަށް ހިތާއި ހިތުން ސާޔާ ކިޔާލިއެވެ. އެހެން ބުނެލަން ކެރޭނެ ނަމައެވެ. ލިއަމް ފަދައިން އޭނާ އަށްވެސް ހަރުހިތެއްގެ ވެރިއަކަށް ވެވޭނެ ނަމައެވެ. ސާޔާގެ ހިތަށް ވެރިވީ ލިއަމް އޭނާއާއި ދިމާލަށް ބުނެލި ބަސްތަކެވެ.

ލޯގަނޑު ކުރިމައްޗަށް ހުއްޓިލުމަށްފަހު ސާޔާ އޭނާގެ އިސްތަށިގަނޑުގައި އަތް ހިނގާލިއެވެ. އަދި ލޯގަނޑުން އޭނާގެ ކަޅި އަށް ބަލާލިއެވެ. ބައެއްފަހަރު ހުދު ސާޔާ ވެސް ހައިރާންވެއެވެ. އަޔާނާ އާއި އަސަދުގެ އެއްވެސް ސިފައެއް އޭނާއަށް ލިބިފައި ނެތެވެ. އޭނާ ހަނދާންވީ ރާސިލް އެވެ. ރާސިލްގެ އިސްތަށިގަނޑުގައި ވެސް ހުންނަނީ އެކުލައެވެ. އޭނާގެ ކަޅީގައި ވެސް ހުންނަނީ ފެހި ކުލައެވެ.

" އޯހ. ސާޔާ.. ޔޫ ކެން ނެވަރ ބީ ހިޒް ސިބްލިންގް...".. ހިތަށް އެރި އެއްޗަކުން ސާޔާއަށް ހެވުނެވެ. ގޭތެރެ އެއްކޮށް ހިމޭންވުމުން އޭނާ ބޭރަށް ނުކުތެވެ. އޭރު ސިޓިންގްރޫމުގައި އެއްވެސް މީހަކު ނެތެވެ. އެނބުރި ކޮޓަރިއަށް ވަންނަން އުޅެނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ދޮރުގައި ހަރުކޮށްފައި އިން ނޯޓް ކޮޅެވެ.

" ސޮރީ..".. ނުހަނު ކުރު އިބާރާތް ކޮޅެކެވެ. އެ ލިޔުން ނުހަނު ރީއްޗެވެ. ސާޔާގެ ތުންފަތަށް ބޭއިހްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. އެ ގަނޑުކޮޅު ނައްޓާލުމަށްފަހު ސާޔާ އެ ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

**************************

މަޣްރިބު ނަމާދު ކޮށްލައިގެން ދުވަން ދިޔަ ގޮތަށް ލިއަމް ގެއަށް އައީ އިޝާ ނަމާދަށް ގޮވިފަހުންނެވެ. އޭނާ އައި އިރު ރައުލް ބަދިގޭގައި އެއްޗެއް ތައްޔާރު ކުރަން އުޅެއެވެ. ތަށީގައި ހުރި މަސްތަކުގެ ތެރެއަށް މިރުސް ގަނޑު އޮއްސާލަމުން ރައުލް އެއް ބުމަ އަރުވާލަމުން ލިއަމް އަށް ބަލާލަމުން ހިނިތުން ވެލިއެވެ.

" ހާދަ ބައިވަރެއް.. އެންމެ ހަތަރު މީހުން ކާން މިތިބީ ... " ލައިގެން ހުރި ޓީޝާޓު ބޭލުމަށްފަހު ލިއަމް މެޝިނަށް އެޅިއެވެ. އޭގެ ފަހުގައި ފްރިޖް ހުޅުވާލުމަށްފަހު ފިނި ފެން ފުޅިއަށް ނަގައިގެން ގޮސް ލިއަމް އިށީނދެލީ ކައުންޓަރ ކައިރީގައި ހުރި  ސްޓޫލްގައެވެ.

" ނަވާ ކައިރީގަ ބުނަން މި އުޅެނީ ކާން އަންނަން. "... މަސްތަކުގަ މިރުސް ލައި ނިމުމުން ރައުލް އަވަން ހޫނު ކުރަން ޖައްސާލިއެވެ.

"އަންނާނަން ބުނެފަ.. " ... ރައުލް އަށް އަދި އެއްޗެކޭ ބުނެވުމުގެ ކުރިން ލިއަމް ގޮސް ނުކުމެއްޖެއެވެ.  އެޕާޓްމެންޓް ދޮރު މައްޗަށް އެރުމަށްފަހު ނަވާރަ އަށް ގުޅަން ހިތަށް އަރާފަވެސް ލިއަމް ފޯނު ޖީބަށް ކޮށްޕާލިއެވެ.

ދެން އޭނާ ދޮރުގައި ތަޅަން ފެށީ އެތެރޭގައި ހުރި މީހަކަށްވެސް އުނދަގޫވާނެ ހާ ބާރަށެވެ.

" އަޅެ ނޯޔާ ތިވަރަށް ދޮރުގަ ނުތެޅިޔަސް އެބަ ހުޅުވަމޭ... " އެތެރެއިން ސާޔާގެ އަޑު އިވުމުން ލިއަމް އަށް ހީލެވުނެވެ . ދެން ވާނެގޮތް އޭނާ އަށް ސިފަ ކޮށްލެވުމުން ހިނިގަނޑު ކޮންޓްރޯލް ކުރުމަށް ލިއަމް މޫނުގައި އަތް ހިންގާލިއެވެ.

ސާޔާގެ ތެތްކޮށް ހުރި އިސްތަށިގަނޑުން ބައެއް އިސްތަށިތައް އެއްވެސް ތަރުތީބެއް ނެތި ނިތްކުރި މައްޗަށް އެޅިފައި ހުއްޓެވެ.  އޭނާގެ މޫނުމަތިން ފެންނަނީ ދެންމެ ފެންވަރާލައިގެން ހުރި ކަމެވެ. ލިއަމްގެ ނަޒަރު އަމާޒުވީ ސާޔާގެ ކޮނޑަށެވެ. ކޮނޑުމަތިން ޓީޝާޓު ތިރިއަށް ސޮހިފައި އޮތް ގޮތުން ލިއަމްގެ ލޮލުގައި އަޅައިގަތީ ސާޔާގެ ކޮނޑުގައި އިން ބޮޑު ލަކުނެވެ.

" ކިހިނެއް ވެފަ މިއީ ؟"... ވިސްނުމަކާއި ނުލައި ލިއަމް ހިފާލީ ސާޔާގެ ކޮނޑުގައެވެ. އެއާއެކު ސިހިފައި އެ އަތް ދުރުކޮށްލަމުން ޓީޝާޓު ރަނގަޅުކޮށް ލިއެވެ.

" ނަވާ ނެތް ގެއަކު...".. ފަހަތަށް ފިޔަވަޅެއް އަޅާލަމުން ސާޔާ އުޅުނީ ދޮރު ލައްޕާށެވެ. ނަމަވެސް އޭގެ ކުރިން ލިއަމް ދޮރުގައި ހިފެހެއްޓި އެވެ.

" އޮހް އެހެންތަ.....". ލިއަމް އެތެރެއަށް ދެމިގަތީ ނުހަނު އަވަހަށެވެ. އެ ހަރަކާތުން ސާޔާ ޖެހިލުންވި ނަމަވެސް އެކަމެއް ނުދެއްކިއެވެ.

" މަޑު ކޮށްބަލަ.. ހާދަ އަވަހަކަށް ދާން ތި އުޅެނީ…” ސާޔާ ކޮޓަރިއަށް ވަންނަން އުޅުމުން ލިއަމް އޭނާ ހުއްޓުވިއެވެ.

“ އަހަރެންގެ އަތުން ދޫކުރޭ.. ދުރުގަ ހުރެގެންވެސް ވާހަކަ ދެއްކޭނެ..” އަޑު ތުރުތުރު އަޅަމުން ދިޔަ ހާލުގައި ސާޔާ ބުނެލިއެވެ.

" ކިރިޔާ ވާހަކަ ދެއްކޭ އިރުގެ ތިމާގެ ހުރި ކުޅަދާނަކަށް ދައްކާނަމޭ ހިތަށް އަރުވައިގެންދޯ ތި އުޅެނީ.. އަތުން ދޫ ނުކުރިއްޔާ ކީއް ކުރެވޭނީ؟؟ ބުނެބަލަ.. " ލިއަމް ހިފަހައްޓައިގެން ހުރި ސާޔާގެ އަތަށް އިތުރަށް ވާން ކޮށްލަމުން ބުނެލިއިރު ކައިރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ލިއަމްގެ ގައިގައި ކިރިޔާ ސާޔާ ނުޖެހި ހުރީއެވެ. ދުރުވާން ބޭނުންވި ނަމަވެސް ލިއަމް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އޭނާއަށް ހަރަކާތެއް ކުރުންވީ ދަތި ކަމަކަށެވެ.

" ޕްލީޒް.. ޑޯންޓް ހަރޓް މީ… “ ލޮލުން ވެއްޓުނު ކަރުނަ ތިއްކާއެކު ސާޔާ ބުނެލިއެވެ. އެއާއެކު އިހުނަށްވުރެ ލިއަމް އޭނާ ގާތް ކޮށްލިއެވެ. ސާޔާގެ ހޫނު ނޭވާ އިހްސާސް ކުރެވެން ފެށުމާއެކު ލިއަމްގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.

= ނުނިމޭ =

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!