ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

އިނިގިލަތަށް ހަރަކާތް ކޮށްލަމުން ލިއަމް ގިޓާގެ ނަރުތަކާއި ކުޅެލިއެވެ. އޭނާ ކުޅެން ފެށީ ހިތްގައިމު ރާގެކެވެ. އެ ރާގު އިވުމާއެކު ސާޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ މޫނުން ކުޑަ ރަތްކަމެއް ފާޅުވިއެވެ. އޭރު ރައުލްގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުން ފެނިފައި ސާޔާ އިސްޖަހާލިއެވެ. ލިއަމް ކިޔަން ފެށީ ކޯމާގައި އޮތް އިރު އޭނާ ލިއަމް އަށް ކިޔައިދިން ލަވައެވެ.

Ads by Hajj Corporation

" ތީ މަގޭ ހިތުގެ ވިންދަކީ... ތީއޭ ތެދޭ އޭގެ ދިރުމަކީ...

އުމުރު ހޭދަކޮށްލާށެ އެކު..އެދެމޭ ބުނަން މި އުންމީދަކީ...

މޭގަ ކަލާ ފޮރުވާލަން .. ހިތް އެދެޔޭ އަންނާށޭ..

ޖާނާ ހިތްވެސް ޤުރުބާން.. މިހިރީ ދެން ކޮށްލާށޭ... "

*****************

ލަވަ ކިޔާ ނިންމާލުމަށްފަހު ލިއަމްގެ ނަޒާރު އަމާޒުވެލީ ސާޔާއަށެވެ. އެ ބެލުމުން ވާހަކައެއް ބުނެދޭން އުޅުނުހެން އޭނާއަށް ހީވިއެވެ. ނަމަވެސް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ލިއަމް އައިސް އިށީނީއެެވެ.

" ހާދަ ދުވަހެއް ފަހުންނޭ ދޮނެބެގެ ލޯބި ލޯބި އަޑުން ލަވައެއް ކިޔާލި އަޑު މި އިވުނީ..".. ނޯޔާ ބުނެލުމުން ލިއަމް އަނގަޔަށް ގޮތެއް ހަދާލިއެވެ.

އިރުކޮޅެއްފަހުން މަސްތަކާއި ކުކުޅުތައް ފިހެވުމުން އެންމެން ކެއުމާއިގެން މަޝްއޫލުވިއެވެ. ކައި ނިމުމުން ޕޫލަށް އެރުމުގެ ހިޔާލު ދިނީ ސެހްރާނެވެ. އެ ހިޔާލަށް ދެން ތިބި މީހުން ތާއިދު ކުރި ނަމަވެސް ލިއަމް ދެކޮޅު ހެދިއެވެ. އެކަމަކު ސާޔާ ވެސް ކުރުނުކޮށް ކިޔަން ފެށުމުން އޭނާ އެންމެ ފަހުން އެއްބަސް ވިއެވެ.

" އޯކޭ.. ސޯ ފައިނަލް.. އެންމެން ޗޭންޖް ކޮށްލައިގެން އަންނަންވާނެ ފިފްޓީން މިނިޓްސް ތެރޭގަ...".. ނަވާރް ވަގުތު ކަނޑައެޅުމާއެކު ތިބި ތަނުން ތެދުވެ އެންމެން އެކުގައި ގެއަށް ވަންނަން ހިނގައިގަތެވެ. ނޯޔާ އާއެކު ނަވާރްއާއި ސާޔާ ދިޔައީ ނޯޔާގެ ކޮޓަރިއަށެވެ.

ހެދުން ބަދަލުކުރުމަށްފަހު ސާޔާ މައްޗަށް ދިޔައީ ފޯނު ޗާޖު ކުރުމަށެވެ. ލިފްޓުގެ އިންތިޒާރުގައި ހުރެ ހުރެ ލިފްޓު ނައުމުން ސާޔާ ހިޔާރު ކުރީ ސިޑިން ދިޔުމަށެވެ. ފްލޭޝް ލައިޓް ޖައްސާލުމަށްފަހު ސާޔާ މަޑު މަޑުން މައްޗަށް އަރަން ފެށިއެވެ.

ކުއްލިއަކަށް އޭނާގެ ފިޔަވަޅުތައް މަޑުވީ ސިޑިން ތިރިއަށް ފޭބި ލިއަމް ފެނުމުންނެވެ. އޭނާގެ ފޯނުގެ އަލި ލިއަމްގެ މޫނަށް އެޅިފައި ހުރުމުން ސާޔާ ނުހަނު އަވަހަށް ފޯނު ތިރިކޮށްލިއެވެ.

އަދި ލަސް ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތަށް ގިރާކޮށް މައްޗަށް އަރަން ފެށިއެވެ. ނަމަވެސް ލިއަމް އެ ހުރި ގޮތަށް ހުރީއެވެ. ސާޔާ އޭނާއާއި އަރާ ހަމަވުމުން ލިއަމް އެ އަތުގައި ހިފެހެއްޓިއެވެ. އަދި މަޑުމަޑުން އެ މޫނުގައި ހިފައި އޭނާއާއި ސީދާ ކުރުވިއެވެ. ދެޒުވާނުންގެ ނަޒަރު ސީދާވި ހިނދު ލިއަމް ހިނިތުންވެލިއެވެ. ނަމަވެސް ސާޔާ ނުހަނު އަވަހަށް އެސްފިޔަތައް ތިރިކޮށްލިއެވެ. އަދި މައްޗަށް އިޝާރާތް ކޮށްލުމަށްފަހު އަވަސް އަވަހަށް ހިނގައިގަތެވެ.

" އޯކޭ.. ސާޔޫ އަންނަންދެން މަޑު ކުރާނަން.. ".. ލިއަމް ބުނެލުމާއެކު ސާޔާ ބޯ ޖަހާލިއެވެ.

ދެ ޒުވާނުންނަށް ތިރިއަށް ދެވުނު އިރު ބާކީ ތިބި އެންމެން ތިތްބެވެ. ލިއަމް އާއި ސާޔާ ފެނުމާއެކު ނަވާރް އަޑުލައިގަތެވެ. ސާޔާ ވަކި އެއްޗެކޭ ނުބުނެ ގޮސް ސެހްރާން ކައިރީގައި ހުއްޓިލިއެވެ. އެކަމުން ނަވާރް ކުޑަކޮށް ހައިރާންވި ނަމަވެސް ލިއަމް ވާހަކަދައްކަން ފެށުމުން ސަމާލުކަން ލިއަމްއަށް ހުއްޓުނެވެ.

" ލިފްޓު ލަސްވީ.. ".. އިސްތަށިގަނޑުގައި އަތް ހިންގާލަމުން ލިއަމް ލާނެތްކަމާއެކު އެއް ލޯ މަރާލިއެވެ. އެ ޖަވާބުން އެންމެންގެ މޫނުތަކަށް ހިނިތުންވުމެއް ގެނައި އިރުވެސް ސާޔާއަށް ހުރެވުނީއެވެ. އެ ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔައީ އެހެން ހިޔާލުތަކެކެވެ.

ޕޫލަށް އެރެން އެންމެން އެދިމާލަށް ދިޔައެވެ. ހަނދުވަރުގެ އަލީގައި އެތަން ފެންނަނީ ޖާދުވީ ގޮތަކަށެވެ. ބާކީ ހުރި ކާއެއްޗެހި އަތުރާލުމަށް ވިނަގަނޑުމަތީގައި ކުނައެއް ފަތުރާލީ ޔަލާއެވެ. އޭގެ މަތީގައި ނަވާރް އާއި ނޯޔާގެ އަތުގައި ހުރި މަސްތަކާއި ޕާން އަޅާފައިވާ ކޮންޓެއިނަރ ތަށް ބެހެއްޓިއެވެ. ކުޑައިރުކޮޅަކަށް ކުނާ މަތީގައި ވާހަކަ ދައްކަން ތިބުމަށްފަހު ސެހްރާން ތެދުވީ އިތުރަށް ކެތްނުވާނެއޭ ކިޔަމުންނެވެ. އޭނާ ގޮސް ޕޫލަށް ފުންމާލުމާއެކު ފަހަތުން ގޮސް ރައުލް އާއި ރާސިލް ވެސް ފުންމާލިއެވެ. އެ ދެޒުވާނުންގެ ފަހަތުގައި ތިބެ ޔަލާއާއި ނޯޔާ ހިނގައިގަތުމުން ނަވާރް ސާޔާ ކައިރީގައި ވެސް އައުމަށް ބުނެލިއެވެ. ސާޔާ އިރުކޮޅަކުން މި އަންނަނީ އޭ ބުނެލުމުން ނަވާރް ކުޑަކޮށް ދުވެފައި ގޮސް ޔަލާމެންނާއި ހަމަކުރިއެވެ. އޭނާ ދަމުން ލިއަމް ގެންދަން އުޅުމުން މިދަނީ ކަމުގައި ބުންޏެވެ.
"ނުދަންތަ؟.." ލިއަމް ކޮޅަށް ތެދުވަމުން އަހާލިއެވެ. އޭރު ސާޔާގެ ނަޒަރު ހުރީ ލިއަމްއަށް ހުއްޓިފައެވެ. ސާޔާ ބޯ ޖަހާލުމުން ލިއަމް އަނގަޔަށް ގޮތެއް ހަދާލިއެވެ. އަދި ސާޔާއާ ދިމާލަށް އޭނާގެ ކަނާއަތް ދިއްކޮށްލިއެވެ. އެ ދައުވަތު ޤަބޫލުނުކުރާނެހެން ހީވި ވަގުތުކޮޅަކަށްފަހު ސާޔާ ލިއަމްގެ އަތުގައި ހިފުމަށްފަހު ތެދުވިއެވެ. އެ މަންޒަރު ބަލަން ނިކަން ހެވިފައި ހުރެ ނަވާރް ރައުލް އަށް ދައްކާލުމުން ރައުލް ކޮންމެވެސް އެއްޗެކޭ ބުނެ ލިއަމްއާ ދިމާކޮށްލީ ސްވިޒް ބަހުރުވައިންނެވެ. ސާޔާ ހުރީ ވާނުވާ ނޭނގިފައެވެ. ރައުލް ބުނީ ކީކޭކަން އޭނާ އަށް އޮޅުމެއް ނުފިލިއެވެ.

" އެ ބުނީ ވީ އަރ މޭޑް ފޮރ އީޗް އަދަރ އޭ... "... ސާޔާއާ އެއްވަރަށް ހިނގައިގަންނަމުން ލިއަމް ބުނެލިއެވެ. . އޭނާގެ އަތް ސާޔާގެ އަތުގައި ޖެހުމާއެކު ސާޔާ ކުޑަކޮށް ދުރަށް ޖެހުނެވެ. އެކަން ލިއަމް އަށް އެނގުނަސް އޭނާ އިތުރަށް ސާޔާއާ ކައިރި ނުވިއެވެ.

" ކީއްވެ އެއްޗެކޭ ނުބުނީ..".. ސާޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ލިއަމް އަހާލިއެވެ. މަޑުމަޑުން ސާޔާ ކަމެއް ނުވެއޭ ބުނުމުން ލިއަމް ބޯ އަރިކޮށްލުމަށްފަހު އެ މޫނަށް ބަލާލިއެވެ. ވަގުތުން ސާޔާ އިސްޖަހާލިއެވެ. ނަމަވެސް އޭނާގެ ލޮގައި އެވަގުތު ލިއަމްގެ ކަރުގައި އޮތް ފަށް އަޅައިގަތެވެ. ރިހި ކުލައިގެ އެ ފަށު ފުލުގައި ލިޔެފައިވަނީ "އޭ" އަކުރެވެ.
ކުޑަކޮށް ލޯ ހަނިކޮށްލަމުން ސާޔާ ވަރަށް ރަނގަޅަށް އެ ފަށަށް ބަލާލިއެވެ. "އޭ" އަކުރުން ފެށޭ ލިއަމްއާއި ގާތް މީހެއްގެ ނަން އެ ސިކުނޑިއަށް ނައެވެ. އެހެންކަމުން އެ ފަށް އެއީ ވަރަށް ހާއްސަ މީހެއް ރަމްޒު ކޮށްދޭ އެއްޗެއްކަން ސާޔާއަށް ވިސްނުނެވެ. ލިއަމްގެ ހަޔާތުގައި ހާއްސަ ބައިވެރިޔަކު ހުރީ ކަމުގައި އޭނާއަށް ހީވިއެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ސާޔާ ސުވާލު ނުކުރިއެވެ. އެއީ އޭނާއަށް ލިބިގެންވާ ހައްޤެއް ނޫންކަމުގައި އަމިއްލަ ހިތަށް ވިސްނައިދިނެވެ.

" އިޒް ދިސް ޔޯރ ފަސްޓް ޓައިމް؟..".. ލިއަމް އާހާލިއެވެ. އޭނާ އަށް ސާޔާގެ ނަޒަރު އަމާޒުވެފައިވީ ކަރުގައި އޮތް ފަށަށްކަން އެނގުމުން ނުތަނަވަސްވިއެވެ.

އޭރު ލިއަމް ބުނި އެއްޗެއްގެ މާނަ ނޭނގިފައި ސާޔާ ފާޑަކަށް ބަލަން ހުރުމުން އޭނާއަށް ހެވުނެވެ.

" މިބުނީ ޕޫލް ވާހަކަ..".. ލިއަމް ބުނެލުމުން ސާޔާ ބޯ ޖަހާލިއެވެ. އޭނާއަށް ވެސް އެވަގުތު ހެވުނެވެ.

ކުށްލިއަކަށް ސާޔާގެ އަތުގައި ލިއަމް ހިފިއެވެ. ނަމަވެސް އެ ހަރަކާތުން އުނދަގޫވި ފަދައަކުން ސާޔާ ލިއަމްގެ އަތް ނެއްޓުވިއެވެ. އެވަގުތު ލިއަމް ބަލާލީ ކިހިނެތްވީ ހެއްޔޭ އަހާފަދަ ގޮތަކަށެވެ.

ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ލިއަމް އަށްވުރެ ކުރިން ދުވެފައި ގޮސް ސާޔާ ޕޫލަށް އެރުނެވެ. ނަވާރް މެން ކައިރިއަށް ސާޔާ ދިޔައީ ގަސްތުގައި ލިއަމްއާއި ދުރުގައި ހުރުމަށެވެ.

އޭރު ލިއަމް ވެސް އައިސް ޕޫލަށް އެރެނީއެވެ. އޭނާގެ ނަޒަރު ސާޔާ އަށް ހުއްޓުމާއެކު ސާޔާ އަވަހަށް ދުރު ބަލާލިއެވެ. އޭރު ވެސް ލިއަމްގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައިކަން ސާޔާއަށް އެނގެއެވެ.

މާ ގިނަ ވަގުތު ޕޫލުގައި ހޭދަކުރަން ވެއްޖެނަމަ ބަލި ވެދާނެއޭ ހީވެ ސާޔާ އަވަހަށް އެރިއެވެ. ގެއަށް ވަދެފައި އޭނާ ނުހަނު އަވަހަށް އައީ ތެތް ހެދުން ބަދަލުކޮށްގެންނެވެ. އޭރު ވެސް އެންމެން ޕޫލުގައި އުޅެއެވެ. ބޯޅަ އެއް ހިފައިގެން މަޖާ ނެގުމުގައި ނަވާރްމެން އުޅޭތަން ބަލަން ސާޔާ އިށީނީ ކުނާ މަތީގައެވެ. އަދި ކޮންޓެއިނަރުން ސޮސެޖެއް ނަގައިގެން ކާންފެށިއެވެ.

އެކަނި އިން ސާޔާ ފެނުމުން ލިއަމް ޕޫލުން އެރިއެވެ. ސާޔާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް މާޔޫސްވެފައި ހުރިކަން ލިއަމް އަށް ފާހަނގަކުރެވުނެވެ. އެހާވަރުން ޕޫލަށް އެރެން އުޅެފައި ސާޔާ މާ އަވަހަށް ޕޫލުން އެރުމުން އެކަމާއި ސުވާލުކުރަން ލިއަމް ހިތަށް އެރިއެވެ.

ސާޔާ އަށް ދިމާލަށް ލިއަމް އަންނަތަން ފެނުމުން އޭނާ ގަސްތުގައި އިސްޖަހާލައިގެން އިނދެ ފޯނާއި ކުޅެން ފެށިއެވެ. ލިއަމް ކައިރިވަމުން ދިޔަ ވަރަކަށް އެ ހިތުގެ ތެޅުމަށް ބަދަލު އަންނަމުން ދިޔަކަން ހުދު ސާޔާއަށް ވެސް އިހްސާސް ކުރެވެއެވެ.

ލިއަމް ކުނާ ކައިރީގައި ހުއްޓިލަމުން ސާޔާއާ ދިމާލަށް ގުދުވިއެވެ. އެއާއެކު ސާޔާ ފަހަތަށް ޖެހުނު ގޮތުން އޭނާއަށް ހެވުނެވެ. ތިރީގައި އޮތް ތުވާލި ނަގައިގެން ލިއަމް ހަށިގަނޑު ސީދާ ކޮށްލުމުން ސާޔާ ކުޑަކޮށް ރަކިވިއެވެ. ނަމަވެސް އެކަން މޫނުމަތިން ނުދައްކާ އޭނާ ނަފްސު ހަމައަކަށް އަޅުވާލިއެވެ.

" އިޒް އެވްރީތިންގް އޯކޭ؟..".. ކޯކު ފުޅި ކަނޑާލުމަށްފަހު ލިއަމް އޭގެން ކޯވަރެއް އަނގަޔަށް އޮއްސާލިއެވެ. ސާޔާ މަޑު ހޫމް އެއް އަޅުވާލަމުން ދުރު ބަލާލިއެވެ.

ލިއަމް އައިސް ކުނާ މަތީ އިށީނެވެ. އޭރު ޖެހެމުންދާ ފިނި ވައިރޯޅިން އޭނާއަށް ނުހަނު ފިނިވިއެވެ. ނަމަވެސް ތެދުވެގެން ދާ ހިޔާލެއް ލިއަމްގެ ނެތެވެ. އޭނާގެ ނަޒަރު ހިނދުކޮޅަކަށްވެސް ސާޔާއާއި ވަކި ނުވެއެވެ. ސާޔާގެ މިޒާޖަށް އައިސްފައިވާ ބަދަލުން ލިއަމް ކަންބޮޑުވިއެވެ. އިރުކޮޅެއްފަހުން ސާޔާގެ ތަބީއަތަށް އައިސްފައިވާ ހިމޭންކަން ބަދަލުކޮށްލުމަށްޓަކައި ލިއަމް އެހެން ވާހަކައެއް ފެށިއެވެ. ކުޑަކޮށް ތެތްކޮށް އޮތް ސާޔާގެ އިސްތަށިގަނޑުގައި ލިއަމް އަތް ހިންގާލިއެވެ.

"ކީއްވެ އަބަދު އިސްތަށިގަނޑު ފަހަތަށް ދޫކޮށްފަ އޮންނަނީ؟.. ހޫނު ނުވޭތަ؟.. ޔޫ ވިލް ލުކް ރިއަލީ ޕްރިޓީ ވިތް އެ ލޫސް ބަން... " ލިއަމް މަޑުމަޑުން ސާޔާގެ އިނގިލިތަކާ ކުޅެލިއެވެ. އޭނާގެ ނަޒަރު ސާޔާގެ މޫނަށް ހުއްޓިފައި ނެތުމުން އެ މޫނަށް ވެރިވި ކުލަތަށް ލިއަމް އަށް ނުފެނުނީއެވެ.

****************

ބާކީ ތިބި މީހުން ޕޫލުން އެރުމާއެކު ސާޔާ ނަވާރް ކައިރީގައި ބުނެފައި ގޮސް ގެއަށް ވަނެވެ. ލިއަމް ފެންނަހާ ހިނދަކު އޭނާގެ އިހްސާސްތަށް އަމިއްލަ ބާރުގެ ދަށުގައި ބެހެއްޓުމަށް ސާޔާއަށް އުނދަގޫވަނީއެވެ. ލިއަމްގެ ހިތުގައި އެހެން ކުއްޖެއް ވާކަން އެނގިހުރެ ލިއަމްގެ ހިޔާލުތަކުގައި ނަފްސު ބެހިގެންދާން އެހިތް ނޭދެއެވެ.

******************

ދެ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ލިއަމްއަށް ސާޔާ ފެންނަ ގޮތެއް ނުވިއެވެ. އެއީ ހަފްތާ ބަންދު ކަމުން ކޮލެޖަށް ދާ ގަޑީގައި ވެސް ސާޔާ ނުފެނެއެވެ. އެޕަރޓްމެންޓަށް ލިއަމް ދިޔަޔަސް ސާޔާ ގޮސް ކޮޓަރިއަށް ވަދެއެވެ. ނަވާރް ހުންނާތީ ސާޔާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަންނާކަށް ލިއަމް އަށް ނުކުރެއެވެ.

ސާޔާގެ މިޒާޖަށް އައި ކުއްލި ބަދަލުގެ ފަހަތުގައި ފޮރުވިފައިވީ ސަބަބު ދެނެގަންނަން ލިއަމް ބޭނުންވިއެވެ. އޭނާ ސުވާލު ކުރިޔަސް ސާޔާ ޖަވާބު ނުދޭނެކަން ލިއަމްއަށް އެނގެއެވެ. އެހެންނަމަވެސް އެ ދުރުކަމުން ލިއަމް އަށް އުނދަގޫވިއެވެ. އެހެންކަމުން އޭނާ ނިންމީ ސާޔާއަށް އައި ބަދަލުގެ ސަބަބު ކޮންމެވެސް ގޮތަކުން ހޯދުމަށެވެ.

= ނުނިމޭ =

Ads by HDC
  1. ވަރަށް ރަނގަޅަ