ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ދޮންތި..."... ނޯޔާ ދައްކަމުން ދިޔަ ވާހަކައަށް ނަވާރް އެއްވެސް އެއްޗެކޭ ނުބުނުމުން ތަންކޮޅެއް ބާރަށް ގޮވާލަމުން ނޯޔާ ފަސްއެނބުރި ބަލާލިއެވެ. އޭރު ތަންކޮޅެއް ފަހަތުގައި ނަވާރް ހަރަކާތް ހުއްޓިފައި ބަލަން ހުރީ ސީދާ ކުރިމައްޗަށެވެ. ދެއަތް މުއްކެވިފައިވީއިރު އޭނާގެ މޫނުން ފެންނަނީ ބަޔާން ކުރަންދަތި ޝުޢޫރު ތަކެކެވެ. ހަށިގަނޑުގައި މަޑު ތުރުތުރެއް ވީއިރު ނަވާރްގެ ދެލޯ އިސާހިތަކު ފެންކަޅި ވެއްޖެއެވެ.

Ads by Sosun Fihaara

ނަވާރްގެ ނަޒަރު ހުއްޓިފައި ވީ ދިމާލަށް ބަލާލުމާއެކު ސާޔާގެ ބުމަ ގޮށްގެހުނެވެ.

************************

ދުރުގައި ފޯނެއްގައި ހުރި ވިޝާލް އާއި ދިމާލަށް ސާޔާ އަށް ބަލާލެވުނީ ނުރުހުންވެފައެވެ. ނަމަވެސް އޭނާ ހައިރާންވީ ވިޝާލް ފެނުމުން ނަވާރް އަށް އައި ބަދަލުންނެވެ. ފޯނު ޖީބަށް ލުމަށްފަހު އެނބުރިލި ވިޝާލްގެ ލޮލުގައި ތިން އަންހެންކުދިން އަޅައިގަތުމުން އެދިމާލަށް އަންނަންފެށިއެވެ. އެއާއެކު  ނަވާރް އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެ މޫނުން ފެނުނީ އިންތިހާއަށް ޖެހިލުންވެފައި ހުރި ކަމުގެ އަސަރުތަކެވެ.

" ނޫން....".... ނަވާރް އަނެއްކާވެސް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ވިޝާލް ކައިރިވާ ވަރަކަށް އޭނާގެ ނުތަނަވަސްކަން ވީ އިތުރެވެ.

" ނަވާ.. ކިހިނެތް ވީ؟.. އެއީ ކާކުކަން އެނގޭތަ ؟..."... ނަވާރްގެ ކޮނޑުގައި ދެފަރާތުން ހިފާލަމުން ސާޔާ އަހާލީ ކަންބޮޑުވެފައެވެ. ނަވާރްގެ މޫނުން ފެންނަމުންދާ ހާސްކަމުން ސާޔާ އާއި ނޯޔާގެ ހިތް ވެސް ނުތަނަވަސްވިއެވެ.

" ސާޔާ.. އަނެއްކާ ވެސް ދިމާވެއްޖެ ދޯ.. އިއްތިފާޤެއްތަ؟... "... ވިޝާލް އައިސް ހުއްޓިލަމުން ސިއްރު ނަޒަރަކުން ނަވާރް އަށް ބަލާލިއެވެ. އޭނާގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުން ފެނިފައި ސާޔާގެ ހިތުގައި އުފެދިފައިވީ ފޫހިކަން އިތުރުވިއެވެ.

" ނޯޔާ.. ނަވާ ގޮވައިގެން ދޭ .. އެބަ އަންނަން...."... ސާޔާ ނޯޔާ ކައިރީ މަޑުމަޑުން ބުނެލިއެވެ. ނަމަވެސް ނަވާރް އެކަމާއި އިންކާރުކުރަން ފެށުމުން ނޯޔާ އަށް މަޖުބޫރުވީ މަޑުކުރުމަށެވެ. ސާޔާ އެކަނި ކޮށްފައި ދާން ނަވާރް އެއްބަހެއް ނުވިއެވެ.

" އިއްތިފާޤެއް ކަމެއް ބުނަން ނޭނގެ.. މިވަގުތު ގޮސްލީ..."...... ސާޔާގެ ބެލުމުގައިވީ ފިނިކަމެކެވެ. ވިޝާލްގެ ނިޔަތާއި މެދު އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ.

އެ ތިންކުދިން އޭނާ ފަސްދީ ދިޔުމުން ވިޝާލް ބަލާލީ ހެވިފައެވެ. ނަމަވެސް ނަވާރް އަށް ވީގޮތް ފެނުމުން ވިޝާލް ކުޑަކޮށް ނުތަނަވަސްވިއެވެ. ނަވާރް އަށް އޭނާ އެނގުނީ ހެއްޔެވެ؟..

*****************************

" ދޮންތި.. އަރ ޔޫ އޯކޭ.. އެއީ ކާކުތަ؟..."... ނަވާރް އަތަށް ފެންފުޅި އެއް ދެމުން ނޯޔާ އަހާލީ ކަންބޮޑުވެފައެވެ. އެ ޒުވާނާ ފެނުމުން ނަވާރް އަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބެއް އޭނާ އަށް ނޭނގުނެވެ. ނަވާރްގެ ފަރާތުން ޖަވާބެއް ނުލިބުމުން ނޯޔާ ދެން ބަލާލީ ސާޔާ އަށެވެ.

" ސާޔާ އަށް ވެސް ނޭނގެ އަސްލު... ލިއަމްގެ ޑޮކްޓަރ އޭ ބުނީ.. ކުރިން ހުރި ޑޮކްޓަރ ޗުއްޓީ އަކަށް ގޮސް ހުރީމަ..."... ސާޔާ ފަސްއެނބުރި ބަލާލީ ވިޝާލް ހުރިތޯއެވެ. ނަމަވެސް އޭނާގެ ނިޝާނެއް އެހިސާބުން ފެންނަން ނެތުމުން ސާޔާ އަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.

" ވަޓް.. ކާކު އޭނަ ލިއަމްގެ ޑޮކްޓަރ އަކަށް ހަމަޖެއްސީ..."..... ނަވާރްގެ އަޑުގައިވީ ނުރުހުންވުމުން ނޯޔާ އަދި ސާޔާ ވެސް ހައިރާންވިއެވެ. ނަވާރް ދުވަހަކުވެސް ވިޝާލްގެ އެއްގެ ވާހަކަ ބުނެފައި ނެތެވެ. މިއަދު ކުއްލިއަކަށް އެ ޒުވާނާ ފެނުމުން ނަވާރް އެހާ ރުޅި އަންނަންވީ ކީއްވެހެއްޔެވެ؟...

" ނަވާ.. ފުރަތަމަ ވީ ގޮތް ބުނެބަލަ.. ނަވާ އަށް ކިހިނެތް ވިޝާލް އެނގެނީ؟..".. ސާޔާ އަނެއްކާ ވެސް ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ. އެއާއެކު ނަވާރްގެ ފަރާތުން ކޮންމެވެސް ވަރަކަށް ޖެހިލުންވުމުގެ އަސަރު ފާޅުވިއެވެ.

" އެކްސިޑެންޓްގަ.. އައި ސޯ ހިމް... ".... ނަވާރް ބުނެލީ އެހާ ވަރަށެވެ. އިތުރަށް އޭނާ އަށް އެވާހަކަ ކުރިއަށް ގެންދަން އުނދަގޫވީ އެ މަންޒަރު ސިފަވާން ފެށުމުންނެވެ. ލޮލުގައިވީ ކަރުނަތަށް ފޮހެލަމުން ނަވާރް ފުން ނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް އިސްޖަހައިގެން އިންގޮތުން އަދިވެސް އޭނާގެ ސިކުނޑީގައި އެދުވަސް ތައް ދައުރުވާހެން ނޯޔާ އަށް ހީވިއެވެ. އިތުރު އެއްޗެކޭ ނުބުނެ ނޯޔާ ހިފާލީ ނަވާރްގެ އަތުގައެވެ. ނަވާރް ހިތްހަމަ ޖައްސައިދޭން ބުނާނެ ވާހަކައެއް އޭނާގެ ދުލުކުރިއަށް ނައެވެ.

****************************

" ލިއަމްމްމް... ދެން އަވަސް ކުރޭ.. މިހާރު ލާރާ ވެސް ރެޑީ ވެއްޖެ... މިގަޑީގަ ކާރު ލިބޭނީ ވެސް... "... ލިއަމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ނަވާރް އަވަސް އަވަހަށް ބުނެލިއެވެ. އަލާރާއާއި ނަވާރް މިހާރު ލިއަމްގެ އިންތިޒާރުގައި ތިބޭތާ ބައިގަޑިއިރު ވީއެވެ. ނަމަވެސް އަދިވެސް ލިއަމް އޮފީސް ނިމުނު ކަމަކަށް ނުވެއެވެ. މި އަންނަނީ އޭ ބުނެ ލިއަމް ފޯނު ކަނޑާލުމާއެކު ނަވާރް މައްޗަށް ކަޅި ހިންގާލިއެވެ.

" ލާރާ ނޫން މިއަދު ދުއްވާނީ.. ނަވާ އަތުގަ ލައިސެންސް އެބައޮތް.. ނަވާ ދުއްވާނީ.. އެހެން ނޫނަސް ނިއުލީ މެރިޑް ކަޕްލްސް ތިބެން ވާނީ ފަހަތު ސީޓުގަ.. ޓު ގެދަރ... ލިއަމް ބޭނުން ވާނީ ވެސް އެގޮތް.. ލޯބި ލޯބި ވައިފް އާ ދުރުގަ ހުންނަން ވެއްޖެނަމަ އެސޮރުގެ ހިތް ހަލާކު ވެދާނެ.. "... ނަވާރް އަނގަޔަށް ގޮތެއް ހަދާލަމުން އަލާރާއާއި ދިމާކޮށްލިއެވެ. އެ އަޑުގައި ވީ ލާނެތް ކަމުން އަލާރާ މޫނު ކުނިކޮށްލަމުން ނަވާރް ކޮށްޕާލިއެވެ.

" ނަވާ ވެސް މެރީ ކުރީމަ ތިހެން ދިމާ ކުރަން ލާރާ ދާނަން ކޮންމެ ދުވަހަކު.. ލޫކް ވެސް ޔަގީން ނަވާ އާއި ދުރުގަ ހުންނަން ވެއްޖެނަމަ މޮޔަވާނެކަން.. ލިއަމް އެކަންޏެއް ނޫން..."... އަލާރާ ސިއްރުން ފަހު ދެތިން ޖުމްލަ ބުނެލީ ހެމުންނެވެ. އެއާއެކު ނަވާރް ދެލޯ ބޮޑުކޮށްފައި ބަލަން ފެށި ގޮތުން އަލާރާ ބާރު ބާރަށް ހޭން ފެށިއެވެ.

" އޯހް ކީޕް ޔޯރ މައުތް ޝަޓް.. މާ ބާރަށް ލޫކްގެ ވާހަކަ ނުދައްކާ.. މަންމައަށް އަޑު އިވިދާނެ.. އަދި ފަހުން ފެމިލީ އަށް އަންގާނަން.. .. އެ އުޅޭ ނޯޔާ ގަނޑުވެސް ކިރިޔާ އެވާހަކަ ނުބުނެ އެ ހުންނަނީ..."... ނަވާރް މޫނުން ހިނދުކޮޅަކަށް ލަދުވެތިކަން ފާޅުވިއެވެ. ލޫކަސްގެ ނަން އިވުމުން ވެސް އިހްސާސް ކުރެވުނީ ފޮނި މީރުކަމެކެވެ. މިހާރު އޭނާ އަށް އެންމެ އިންތިޒާރު ކުރެވެނީ ލޫކަސް އާއި ކައިވެނި ކުރެވޭނެ ދުވަހަކަށެވެ.

" އޭތް.. ދައިތަ ގަނޑު ކޮން ވިސްނުމެއްގަ.. ފިރިހެން ކުއްޖަކަށް ހިތްކީ ދޯ.. އަހަރެން ކައިރީގަ ވެސް ބުނީމައެންނު ވަލީގެ ކަންތައްވެސް ބައްޕައާއި ވާހަކަ ދައްކައިގެން ހަމަޖެއްސޭނީ..."... ދާދި ކައިރިން ލިއަމްގެ އަޑު އިވުމުން ނަވާރް ސިއްސައިގެން ދިޔައެވެ. އޭރު ލިއަމް ހެވިފައި ހުއްޓެވެ.

" މައި ސްމާރޓް އެންޑް ވެރީ ހެންޑްސަމް ބްރަދަރ... ވަލީގެ ކަންތައް ކޮންމެހެން ލިއަމް ނުޖެހޭނެ ކުރަން.. އަހަންނަށްވެސް އެކަން ކުރެވޭނެ.. ދެން މާ ގިނަ ވާހަކަ ނުދައްކާ އަވަސް ކުރޭ.. ބަރާބަރު 5 މިނިޓް.. މިތާނގަ ހުންނަން ޖެހޭނެ.. ނޫނީ ލިއަމްގެ ހަރަދުގެ މިރޭ ކެއުން....".... ނަވާރް އަތުގައި އޮތް ގަޑިއަށް ބަލާލަމުން ބުނެލިއެވެ. ލިއަމް އަނގަޔަށް ގޮތެއް ހަދާލަމުން ނަވާރްގެ އިސްތަށިގަނޑަށް ދަމާލިއެވެ. އަދި ނުހަނު ބާރަށް ދުއްވައިގަތީ ހެމުންނެވެ. ނަވާރް ރުޅި އައިސްގެން ދެތިން އެއްޗެއް ބުނެލި އަޑު އިވުނު ނަމަވެސް ލިއަމް އެކަމަށް ސަމާލުކަމެއް ނުދިނެވެ.

" ލާރާ.. އަހަރެން އަތުން ލިއަމް މަރުވާނެ އެހެން އުޅެންޏާ.. ".. ނަވާރް ތުންކޮޅު ދިގުކޮށްގެން ހުރެ ބުނެލިގޮތުން އަލާރާ އަށް ހެވުނެވެ.

" އެބަ އަންނަން.. ލިއަމް އަމިއްލަ އަށް ހެދުމެއްވެސް ހޯދޭނެ ކަމަކަށް ނުވާނެ.. . ލާރާ ގޮސްގެން ލިއަމް އަވަސް ވިޔަސް ވާނީ.. ޕްރޮމިސް ވަރަށް އަވަސް ވާނެ..."... އަލާރާ ދެއަތް ޖޯޑުކޮށްލަމުން މޫނަށް ގޮތެއް ހަދާލީ ނަވާރް އޭނާ ނުފޮނުވާނެހެން ހީވުމުންނެވެ.

" އޯކޭ... ސިމްޕަތީ ފީލް ވެއްޖެ.. މި އަންނަނީ ކާރުގެ ތަޅުދަނޑި ނަގައިގެން..."... ނަވާރް ގެއަށް ވަނުމުން އަލާރާ ވެސް މައްޗަށް އެރިއެވެ.

އެ ޒުވާނުން ފޭބިއިރު ނަވާރް ރުޅިގަދަވެފައި ތިރީގައި ހުއްޓެވެ. ލިއަމް ފެނުމާއެކު ނަވާރް ހުރިހާ ކަމެއް ލިއަމް ބޮލަށް ޖަހާލިއެވެ. ހުރިހާ ވެސް މައްސަލައަކީ ލިއަމް ކަމުގައި ބުނެލިއެވެ.

" ނަވާ މިހާރު ލަސް ތިކުރަނީ.. ގެއަށް އަންނަން ޖެހޭނެ އެގާރަ ޖެހުމުގެ ކުރިން.. ވީ ހޭވް ސަމް ބިޒްނަސް ޓު ޑޫ.. "... ލިއަމް އެއް ލޯ މަރާލަމުން އަލާރާގެ ކޯތާފަތުގައި ފިރުމާލިއެވެ. ލިއަމްގެ އެ ހަރަކާތުން އަލާރާގެ މޫނު އެއްކޮށް ރަތްވިއެވެ. އޭނާ އަވަސް އަވަހަށް ކާރާއި ދިމާލަށް ހިނގައިގަތީ ލިއަމް ކިބައިން ސަލާމަތްވުމަށެވެ.

" އަތްދެ... ހާދަ ބާރަކަށް ތި ދަނީ.. ކިތަންމެ ދުރަށް ދިޔަޔަސް ލާރާ ވާނީ ހަމަ އަހަރެންގެ ލޯބި ވައިފް އަށް.. އެންޑް ވީ ވިލް ހޭވް ބިޒްނެސެސް ޓު ކޮމްޕްލީޓް..."... ލިއަމްގެ ލާނެތްކަން އެނގޭތީ އަލާރާ ފަސްއެނބުރި ބެލުމުގެ ޚިޔާލެއް ނުކުރިއެވެ. އޭރު ނަވާރް ބާރަށް ހޭ އަޑު އިވެއެވެ.

" ހައި ވޭގަ ދުއްވަން ދާނީ ދޯ... ".. ނަވާރް އެރީ ކުރީ ސީޓަށެވެ. ތަޅުދަނޑި ޖަހާލަމުން އޭނާ ކާރު ސްޓާޓް ކޮށްލިއެވެ.

" ފޮނި ނުވޭ.. ނުބުންޏަސް އެނގެޔޭ ލައިސެންސް ލިބިއްޖެކަން... އަނެއްކާ މިރޭ ސަލާމަތްވެއްޖެނަމަ ރަނގަޅު.."... ލިއަމް އެވަގުތު ވެސް ބެލީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ނަވާރް ރުޅި އަރުވާލެވެތޯއެވެ. އޭނާ އަށް އެކަން ކާމިޔާބުވެސް ވިއެވެ. ކާރުތެރޭގައި ލިއަމްގެ ލުއި ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ.

ކާރުގެ ފަހަތު ސީޓުގައި އަލާރާއާއި ލިއަމް ތިބިއިރު ލިއަމްގެ އަތް ވަނީ އަލާރާގެ އުނަގަނޑުގައި ވަށާލެވިފައެވެ. އިރު އިރުކޮޅާ ލިއަމްގެ ލޯބި ސަމާސާތަކުން އަލާރާ ހީލާ އަޑު އިވެއެވެ.

" ބާރަށް ދުއްވަނީ އިނގޭ.. ".. ނަވާރް ކުޑަކޮށް ފަހަތަށް އެނބުރިލަމުން ބުނެލިއެވެ. އޭނާ ފޮނިވެފައި އިންގޮތް ފެނުމުން ލިއަމް މޫނަށް ގޮތެއް ހަދާލިއެވެ.

ނަވާރް ކާރުގެ ސްޕީޑް ބާރުކޮށްލުމުން އަލާރާ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. ޖެހެމުން ދިޔަ ފިނި ރޯޅިތަކުން އޭނަގެ ފަން އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ހައިވޭ ހުރަސްކޮށް ހުޅުމާލެ ދެވުމުން ވެސް ކާރުގެ ސްޕީޑް ދަށްކުރުމުގެ ހިޔާލު ނަވާރްގެ ނެތެވެ.

" ނަވާ.. ދެން މަޑުން ދުއްވާ.. އެހެން މީހުންވެސް މަގު ބޭނުން ކުރާނެ.. އެކަން ހަނދާނުގަ ބަހައްޓާތި.. ލައިސަންސް ލިބުނީމަ ދެން މާނައަކީ ދުއްވޭހާ ބާރަށް ދުއްވާށޭ ނޫން...".. ލިއަމްގެ އަޑުގައި މިފަހަރު ވީ ސީރިޔަސް ކަމެވެ. ހިނދެއް ހިނދަކަށް ކާރުގެ ސްޕީޑް ބާރުވަމުންދާކަން އޭނާއަށް އިހްސާސް ކުރެވުނެވެ.

" ލިއަމް.. ސަމްތިންގް އިޒް ރޯނގް... ނަވާ އަށް ބްރޭކް ނުޖެއްސޭ.. "... ނަވާރްގެ އަޑުގައި ވީ ހާސްކަމުން ލިއަމް ސިހުނެވެ. ހުއްޓާ ނުލާ ބްރޭކް ޖެއްސުމަށްޓަކައި ނަވާރް ކުރަމުންދިޔަ ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ބިރުގެންފައި ހުރިވަރުން އޭނަގެ އަތްފައި ފިނިވެ ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ. ކާރު ތެރެ ނުހަނު ފިނި ނަމަވެސް ނަވާރް މޫނުން ދާތިކިތައް ވިދަން ފެށިއެވެ.

ކުއްލިއަކަށް އަލާރާ ބާރަށް ލިއަމް އަތުގައި ހިފެހެއްޓިއެވެ. އެހަރަކާތުން އޭނާ ބިރުގެންފައި އިންވަރު ލިއަމްއަށް އަންދާޒާ ކޮށްލެވުނެވެ.

" ލުކް ލަވް... އެއްވެސް ކަމެއް ނުވާނެ.. ރިލެކްސް އޯކޭ.. ތަންކޮޅެއް ވިނަ ގަސް ބޯ ދިމާލަކަށް ނަވާ ދުއްވާ.. އޭރަށް މި ދޮރު ހުޅުވީމަ ލާރާ ވާނެ ފުންމާލަން... ޔޫ ވިލް ބީ އޯކޭ ހަނީ.. އައި ލަވް ޔޫ...".. ލިއަމް ނުހަނު ލޯބިން އަލާރާގެ މޫނުގައި ފިރުމާލަމުން އެ ތުނި ހަށިގަނޑު ގެނެސް މޭގައި ޖައްސާލިއެވެ. އޭރު އަލާރާގެ ހިތުގެ ތެޅުން ލިއަމް އަށް ވެސް އިހްސާސް ކުރެވޭހާ އަވަހެވެ.

" ލިއަމް.. ލާރާ ވަރަށް ލޯބިވޭ.. "... އަލާރާ ބުނެލީ އޭނާ ލިއަމްދެކެ ލޯބިވާ ވަރެވެ. އިތުރު އެއްޗެއް ނުބުނެ ދެއަތުން ލިއަމްގެ ހަށިގަނޑުގައި އޭނާ ވަށާލިއެވެ.

" ލިއަމް.. ޑޫ ސަމްތިންގް.. ނަވާ އަށް ކޮންޓްރޯލް ނުވޭ މިހާރު.. އަވަސް....".. ނަވާރްގެ ހާސްކަން ވެރިވެފައިވާ އަޑު އިވުމުން ލިއަމްގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އެ ކާރުގެ ފަހަތުން ބާރު ސްޕީޑެއްގައި އައި ކާރެވެ. މި ހުރިހާ އިރު އެ ކާރު ލޮލުގައި އަޅައިނުގަތީ ހާސްވެފައި ހުރި ވަރުން ކަމުގައި ލިއަމް އަށް ޔަޤީން ކުރެވެނުވެ.

" ނަވާ.. ކެއަރފުލް.. ގޯޅި އަޅާ... ".. ނަވާރް އިތުރަށް ހާސްވެދާނެތީ ފަހަތުން އަންނަ ކާރުގެ ވާހަކަ ބުނުމުގެ ހިޔާލު ލިއަމް ދޫކޮށްލިއެވެ. ދެން އޭނާ އަތް ޖައްސާލީ ޖީބުގައެވެ.

" ޝިޓް. ފޯނު...".. ލިއަމް އަށް އިސްތަށިގަނޑުގައި އަތް ހިންގާލެވުނީ ފޯނު ނުގެނެވޭކަން ހަނދާންވުމުންނެވެ. އޭރު ކާރު ނުހަނު ކައިރި ވެއްޖެއެވެ.

ކުރިއަށްވުރެ ވެސް އަލާރާ ހަށިގަނޑާއި ކައިރިކޮށްލަމުން ލިއަމް އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އޭރު އަލާރާގެ ކަރުނަތަކުން ލިއަމްގެ ޓީޝާޓު ތެންމަމުން ދިޔައެވެ. ނަވާރް ވެސް އިނީ ރޮވިފައެވެ. ފިރިހެނަކަށް ވިޔަސް ލިއަމް ވެސް ބިރުގަތެވެ. ދެން ކުރެވޭނެ މާ ބޮޑު ކަމެއް ނެތްކަން ވިސްނުމުން ލިއަމް ލޯ މަރާލަމުން ފުން ނޭވާ އެއް ދޫކޮށްލިއެވެ.

" ނަވާ.. ކުޑަ އިރު ނީޑް ފޯ ސްޕީޑް އަންޑަރ ގްރައުންޑް ކުޅެމެންނު.. އެގޮތަށް ދުއްވާ.. "... ލިއަމް ބެލީ ނަވާރް ކުޑަކޮށް ހަމައަކަށް އެޅުވޭތޯއެވެ.

" މޮޔާ ވާހަކަ ނުދައްކާ... އައިމް ސޯ ސޮރީ.. ބްރޭކް..."... ނަވާރް އަނެއްކާވެސް ފަޔަށް ލެވުނުހާ ބާރެއް ލާފައި ބްރޭކް ޖެއްސޭތޯ މަސައްކަތް ކުރޮއެވެ.

" ލާރާ ދޫނި.. އަރ ޔޫ އޯކޭ..؟...".. އަލާރާގެ މޫނުގައި ދެފަރާތުން ހިފަހައްޓަމުން ލިއަމް ބަލާލީ އޭނާގެ ލޮލަށެވެ. އެ ހޭޒަލް ކުލައިގެ ތޫނު ކަޅިން ލިއަމްދެކެ އަލާރާ ވާ ލޯބި ސާފުކޮށް ފެންނަމުން ދިޔައެވެ. ލިއަމް ކައިރިވެލަމުން އަލާރާގެ ނިތްކުރީގައި ބޮސްދިނެވެ. އެހުރި ގޮތަށް ލިއަމް މަޑުކޮށްލީ ކާރު އޮތް ހިސާބު ރަނގަޅަށް އެނގިހުރެ އެވެ.

" ނަވާ.. ހުންގާނުން އަތް ދޫކޮށްފަ ސީޓުގަ އޮތް ހެލްމެޓް އަޅާ.. ".. ލިއަމް އެ ހުރި ގޮތަށް ހުރެ ބުނެލީ މަޑުމަޑުންނެވެ. އޭނާ އަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެއީއެވެ. އަމިއްލަ ފުރާނަ ޤުރުބާން ކުރަން ޖެހުނަސް ނަވާރް އާއި އަލަރާ ގެއްލުމެއް ލިބޭކަށް ލިއަމް ނޭދެއެވެ.

ދެވަނަ ފަހަރަށްވެސް ލިއަމް ތަކުރާރު ކޮށްލުމުން ނަވާރް ހުންގާނުން އަތް ދޫކޮށްލިއެވެ. އަދި ޖެހިގެން އޮތް ސީޓުގައި ބާއްވާފައި އޮތް ލިއަމްގެ ހެލްމެޓް ނަގާ ބޮލަށް ހެޔޮވަރު ކޮށްލިއެވެ.

ކުއްލިއަކަށް ކާރަށް އަރައިގެން ދިޔަ ލޮޅުމާއެކު އަލާރާގެ ބާރު ހަޅޭކުގެ އަޑު  ނަވާރްގެ ކަންފަތުގައި ޖެހުނެވެ. ކާރުގެ ބެލެންސް ކަޓައިގެން ދިޔަކަން އޭނާ އަށް އެނގުނެވެ.

ނަވާރް އަށް ދެން ލޯ ހުޅުވާލެވުނީ ކިރިޔަ ކިރިޔާ އެވެ. ދެތިން ފަހަރު ހަމައަށް ލޯ ހުޅުވާލެވުމަށްފަހު އޭނާގެ ގައިން ހަކަތަ ހުސްވާން ފެށިއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނާއެކު ވެސް އޭނާ ބެލީ ލޯ ހުޅުވައިގެން އޮވެވޭތޯއެވެ.

" ލިއަމް... ލާރާ...".. ނަވާރްގެ އަނގައިން އަޑު ބޭރުވީ ކިރިޔާއެވެ. ދުރުގައި އޮތް ކާރުން ދުން އަރަމުން ދިޔަ އިރު ކާރު ކައިރީގައި ވެއްޓިފައި މީހަކު އޮތެވެ. ސިކުނޑިއަށް ބާރުވާން ފެށުމާއެކު ނަވާރް އަށް ބޭއިހްތިޔާރުގައި ލޯ މަރާލެވެނުވެ. އެވަގުތު ކޮންމެވެސް މީހަކު ނަވާރް އޮތް ފަޅީގެ ދޮރު ހުޅުވިއެވެ. އަދި ވަރަށް އުނދަގުލުން އޭނާ ނެރެ މަގުމަތީގައި ބޭއްވިއެވެ. ނެތް ހިތްވަރާއެކު ނަވާރް އަނެއްކާވެސް ލޯ ހުޅުވާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެމީހާގެ އަތުގައި ޖަހާފައިން ބޮޑު ޓެޓޫއެވެ. އެއާއެކު ނަވާރްގެ ހަބަރު ހުސްވިއެވެ.

**********************************

" ނަވާ.. ނަވާރް.. ދޮންތި...."... ފުސްވެފައިވާ މަންޒަރުތަކުގެ ތެރެއިން ނަވާރްގެ ކަންފަތުގައި ޖެހުނީ ސާޔާ އާއި ނޯޔާގެ އަޑެވެ. ހިޔާލުތަކުގައި ހުރެ އޭނާ އަށް ވިސްނަން ނުވާ ވަރަށް ވިސްނުނީއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ނަވާރް އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

ހިތަށް ކޮށްފައިވާ އަސަރުން އޭނާ އަށް ރޮވެން ފެށުނެވެ. ތުރުތުރު އަޅަމުން ދިޔަ ހަށިގަނޑާއެކު ނަވާރް ކަކުލުގައި ބޯ އަޅާލިއެވެ.

" އިޓްސް އޯލް މައި ފޯލްޓް.. ލިއަމް.. ލިއަ...".. ރޮވޭ ވަރުން ވާހަކަދެއްކުން ވެސް ނަވާރް އަށް އުނދަގޫ ވިއެވެ. އަދިވެސް ލޯ ކުރިމަތިން އެ ދުވަސް ސިފަވާ ކޮންމެ ފަހަރަކު އެ ހިތުގައި އިތުރު ޒަހަމްތަކެއް އުފެދޭ ކަހަލައެވެ.

" ސާޔޫ.. ރައުލް ދޮންބެ އަށް ގުޅާފަ ބުނެބަ ... ދޮންތި އިޒް ނޮޓް އޯކޭ...".. ނޯޔާ ވެސް އިނީ ފެންކަޅިވެފައެވެ. ނަވާރް އެ ހާލުގައި ވާތަން ދުށުމަކީ އެހިތަށް ކެތްވާނޭ ކަމެއް ނޫނެވެ. ނޯޔާ ނުހަނު އޯގާތެރިކަމާއެކު ނަވާރްގެ ހަށިގަނޑުގައި ބައްދާލިއެވެ.

" ނަވާ.. ދެން ހުއްޓާލާ... ހިނގާ ގެއަށް ދާން.. އެންމެން އެ ބަލަނީ މިދިމާލަށް.."... ކަންބޮޑުވެފައި ހުރެ ސާޔާ ނަވާރްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ވިޝާލްގެ ސަބަބުން މުޅި ދުވަހުގެ މޫޑު ހަރާބުވީއެވެ. ވިޝާލް އަކީ ކާކު ހެއްޔެވެ؟.. ސާޔާގެ ހިތުގައި އެތަށް ސުވާލެއް ފުނި ޖެހެން ފެށިއެވެ. މީގެ ކުރިން ލިއަމްގެ އެކްސިޑެންޓާއި ބެހޭ ގޮތުން އެ ހިތުގައި ސުވާލެއް ނުއުފެދެއެވެ. ނަމަވެސް ވިޝާލްއާއި އެ އެކްސިޑެންޓާއި ގުޅުމެއް އޮތީ ބާއެވެ؟.. ނަވާރްގެ މާޒީގައި ހިނގީ ކޮން ކަމެއް ހެއްޔެވެ؟.. އަބަދު ހިނގާފަ އުޅެން ނަވާރް އިހްތިޔާރު ކުރަނީ ކީއްވެ ހެއްޔެވެ؟... ހައްތަހާ ވެސް ޖަވާބު ނުލިބޭ ސުވާލު ތަކެކެވެ.

އިރުކޮޅަކުން ރައުލް އައިއްސިއެވެ. ނަވާރް ކުޑަކޮށް ވެސް ހަމައަކަށް އެޅުނީ ރައުލް އެތަށް ވާހަކައެއް ދެއްކުމުންނެވެ. ނަވާރް ވަކިން ގެންގޮސް ރައުލް ދެއްކީ ކޮންވާހަކަ ތަކެއް ކަމެއް ސާޔާ އަށް ނޭނގުނަސް ރައުލްގެ މޫނުން ފެންނަން ހުރި ކުލަވަރުން ބޮޑު ހާދިސާއެއް ހިނގާފައިވާކަން އޭނާ އަށް ޔަޤީން ވިއެވެ. ނޯޔާ ވެސް އިނީ އެއްކޮށް ހިމޭންވެފައެވެ. އެ މޫނުން ފެންނަމުންދިޔަ ހިތާމަ ވެރިކަމުން ސާޔާ ވެސް ދެރަވިއެވެ. އެވަގުތު ފޯނަށް މެސެޖަށް އައުމުން އޭނާ ބަލާލިއެވެ. އެއީ މަލިކާގެ ފަރާތުން އައިސްފައިވާ މެސެޖެއް ކަމުން އެންމެ ސިކުންތެއްވެސް ލަސްނުކޮށް ސާޔާ އެ މެސެޖް ހުޅުވާލިއެވެ.

" ލިއަމް...".... އޭނާގެ ދުލުން ބޭރުވީ ލިއަމްގެ ނަމެވެ.

= ނުނިމޭ =

Ads by Ooredoo
  1. ާއާމިނަތް

    ވަރަށް ރީތި….. ކިޔާ ފޫހި ނުވޭ….