ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ލިއަމްގެ ސިކުނޑިއަށް ވެރިވި ލާނެތް ހިޔާލާއެކު އޭނާއަށް އަށް އެތެރެއިން ހީލެވުނެވެ. އޭނާ ނުފެންނަ ކަމަށް ހަދާލުމުން ސާޔާއަށް އެކަމުގެ އަދަބުގެ ދޭން ޖެހޭނެ ކަމުގައި އެ ހިތް ބުނެލިއެވެ. ސާޔާގެ ބޮލުން ފެށިގެން އޭނާގެ ހަށިގަނޑަށް ނަޒަރަށް ދެމުން ކުއްލިއަކަށް ލިއަމް ލައިގެން ހުރި ޓީޝާޓް ބޭލިއެވެ. އެއާއެކު ދެލޯ ބޮޑު ކޮށްލެވުމާއެކު ސާޔާއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނެވެ.

Ads by Hajj Corporation

********************

" ގޭގަ ނެތް އިތުރު މީހެއް.. ވީ ކެން އެންޖޯއީ ދިސް މޫމެންޓް.. ވަޓް ޑޫ ޔޫ ސޭ... " ލިއަމްގެ އަޑަށް ވެރިވެފައިވީ ތަފާތު އަސަރެކެވެ.

ލިއަމް އެ ބުނި ޖުމްލައިން ނަގަންވީ މާނައެއް ނޭނގިފައި ސާޔާއަށް ހުރެވުނެވެ. ހަމަ އެއާއެކު ލިއަމް އެފަދަ އެއްޗެއް ބުނުމުން އޭނާއަށް އުނދަގޫވިއެވެ. ލަދުވެތިކަން އިހްސާސް ކުރެވުނެވެ. ހަމަ އެއާއެކު ޖެހިލުންވެ ބިރުގަތީ ލިއަމް ކޮންމެ ފަދަ ކަމެއް ކުރަންވެސް ފަސްނުޖެހެނޭކަން އެނގޭތީއެވެ.

" މި ކޮޓަރިން ނުކުމޭ.. ހަމަ މިހާރު.. " ހިތުގައި އުފެދިފައިވި ނުތަވަސްކަން ފޮރުވަމުން ސާޔާ ބުނެލީ ނުރުހުންވެފައެވެ.

" އޯހ.. ހާދަ އަވަހަށް ފޮނުވާލަން ތި އުޅެނީ..   " ލިއަމް ބުނެލިއެވެ. އެއާއެކު ސާޔާ ހިމޭންވިއެވެ. އިތުރަށް ބުނާނީ ކީކޭކަމެއް އޭނާގެ ވިސްނުމަށް ނައީއެވެ.

" އަރ ޔޫ ދެޓް ޕިޔޯރ؟... އައި ޑޯންޓް ތިކްސް ސޯ.. . " ލިއަމް ބުނެލީ ސާޔާއާއި ކައިރިވަމުންނެވެ. އެއާއެކު ސާޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭރު އެ ހިތުގެ ތެޅުމަށް ބަދަލުތަކެއް އައެވެ. އޭނާގެ އިއްފަތްތެރި ކަމާއި ގުޅުވައިގެން ލިއަމް ކުރި ސުވާލުން ކަންބޮޑުވިއެވެ. ލިއަމްއަށް އޭނާގެ މާޒީ އެނގިފައި އޮތީ ކަމުގައި ހީކުރެވި ދެރަވިއެވެ. އެހެން މީހުން ފަދައިން ލިއަމްވެސް އޭނާއާ މެދު ދެކޭ ގޮތް ބަދަލުވީތާއެވެ.

ލިއަމް މަޑުމަޑުން ސާޔާއާއި ގާތަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ސިހިފައި އޭނާ ފަހަތަށް ޖެހުނެވެ. ކުއްލިއަކަށް އެ ސިކުނޑިއަށް އައީ އަސަދުގެ އަނިޔާތަކެވެ. އެކަމުން ސަލާމަތްވާން އޭނާ ކުރި މަސައްކަތެވެ. ހަށިގަނޑުގައި އެޅިހާ ވޭނެކެވެ. ސަލާމަތަށް އެދި ރުއި ވަރެވެ. އަދިވެސް އެ ވޭން ހަށިގަނޑުގައި އަޅާހެން އޭނާއަށް ހީވިއެވެ. އަސަދުގެ ބާރު ހަޅޭކުގެ އަޑާއި އޭނާގެ ކައިރިއަށް އައި ރަހުމް ކުޑަ ފިރިހެނުންގެ އަޑުތަށް ކަންފަތުގެ ހިނދުރީގައި ގުގުމައިގެން ދިޔައެވެ.

ނަމަވެސް ލިއަމްގެ ހިތުގައިވާ ކުށްހީ ރަނގަޅު ކުރަން ސާޔާގެ ހިތަށް އެރިއެވެ. ލިއަމްއަށް އޭނާގެ ހާލަތު ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް އެވާހަކަތަށް ކިޔައިދޭނީ ކިހިނެތް ހެއްޔެވެ؟..އަސަދުވަނީ އޭނާގެ އިއްފަތްތެރިކަން ނަގާލާފައެވެ. ހިތުގައި ފުނިޖެހިފައިވާ ޝަކުވާތައް ވީ ނަމަވެސް އެވާހަކަތަށް ދެއްކެން ނެތީ އެއީ ބައްޕަ ކަމުގައި ވުމުންނެވެ. ކުރިއެކޭ އެއްފަދައިން ސާޔާގެ ވާހަކަ މީހުން ޤަބޫލު ނުކުރާނޭ ކަމުގެ ބިރު ހިތުގައި އުފެދިފައި އޮތުމުންނެވެ. އެފަދަ ލަދުކުޑަ ވާހަކައެއް ދައްކާނެ ހިތްވަރު އޭނާގެ ނެތުމުންނެވެ. ނަފްސަކީ ނަޖިސް އެއްޗެއްކަމުގައި ހީކުރެވޭތީއެވެ. ނަމަވެސް އޭނާގެ ހިތުގައި ސުވާލު އުފެދުނީ ލިއަމްއަށް ސާޔާއާ ބެހޭގޮތުން އެވަރުގެ ހަޤީޤަތެއް އެނގެންވީ ގޮތަކާ މެދުއެވެ. ސާޔާގެ މާޒީއާ ގުޅޭ އެއްވެސް ވާހަކައެއް އޭނާ މީހެއްގެ ގާތުގައި ނުދައްކާއިރު އެކަން އެނގުނީ  ކިހިނެތް ބާއެވެ. އަނެއްކާ ރައުލްގެ ފަރާތުން ބާއެވެ. ފަހަރެއްގައި އަސަދު ރައުލްއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީއެވެ. ނަމަވެސް ދެވަނަ ސިކުންތުގަައި ސާޔާ ދެފަރާތަށް ބޯ ހޫރާލީ އެހެން އެކަން ނުވާނެކަން އެނގޭތީއެވެ.

" ކީއްވެ އެއްޗެކޭ ނުބުނެ ތި ހުންނަނީ.. މިއީ ފުރަތަމަ ފަހަރު ކަމަށް ވަންޏާ މާ ރަނގަޅެންނު.. ޔޫ ކެން ހޭވް ފަން...".. ލިއަމް ދައްކަމުން ދިޔަ ވާހަކަތަކުން ސާޔާ މޭބޮޑުކުރުވިއެވެ.. އެފަދަ ލަދުކުޑަ ވާހަކަތަކެއް ލިއަމް ދައްކާނެ ކަމަކަށް އޭނާއަށް ހީކުރެވިފައި ނެތެވެ.

ލިއަމްގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެމުން ސާޔާ ކޮޓަރިން ނުކުންނަށް ދުއްވައިގަތުމުން ލިއަމް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ދެން ގެނެސް މަޑުމަޑުން އެ ދިގު އިސްތަށިގަނޑުގައި ފިރުމާލިއެވެ. ނަމަވެސް ދަތްކުނޑި ވިކާލެވުމާއެކު ލިއަމް ހިފަހައްޓައިގެން ހުރި އަތަށް ބާރުކޮށްލިއެވެ. އެއާއެކު ސާޔާގެ އިސްތަށިގަނޑަށް ވާންވެ ދެލޯ މަރާލީ އެ ވޭނަށް ކެތް ކުރަން އުނދަގޫ ވުމުންނެވެ.

ހިނދުކޮޅަކަށް ސާޔާއާ މެދު އެގޮތަށް ކަންތއް ނުކުރުމަށް ސިކުނޑި އަޑުލައިގަތް ނަމަވެސް ލިއަމްގެ ހިތަށް ވެރިވީ އަލާރާގެ ސޫރައެވެ. ހިތުގައި އުފެދުނު ހަމްދަރުދީގެ މައްޗަށް ބާރު ފޯރުވީ ހޮސްޕިޓަލުގައި އޭނާ އޮތް އިރު ސާޔާ ބުނެލި ޖުމްލައެކެވެ. އެކްސިޑެންޓް ވުމުން ލޯބިވެރިޔާ އޭނާ ދޫކޮށް ފިލީދޯއޭ ބުނެ ސާޔާ ސުވާލު އުފެއްދި ދުވަސް ލިއަމްގެ ހަނދާނަށް ވެރިވުމާއެކު ހިނދުކޮޅަކަށް ނަމަވެސް އެ މޫނަށް ވެރިވި އޯގާތެރިކަމުގެ ކުލަ އެއްކޮށް ގެއްލިއްޖެއެވެ. އެ ވަރުގަދަ ބުމަ ގާތްވެ ގޮށް ޖެހުމާއެކު ނުރައްކާތެރި ދަރަޖައަކަށް ލިއަމް މޫނު ކައިރިކޮށްލިއެވެ. އޭރު އިސްތަށިގަނޑުގައި ހިފަހައްޓާލެވިފައިވާ އަތަށް އިތުރަށް ބާރުކޮށްލިއެވެ. އެއްޗެކޭ ބުނަން އުޅުނު ތަނުން ސާޔާ ވާހަކަ ދައްކަން ފެށުމުން ލިއަމް ހިމޭންކަން އިހްތިޔާރު ކުރިއެވެ.

" އަހަންނަށް އެނގޭ މީހަކު ނުބުންޏަސް އަހަރެންގެ ނަފްސުގެ ނަޖިސްކަން... އަަހަރެން ނުބުނަން އަހަންނަކީ އިއްފަތްތެރި އަންހެނެކޭ.. އެކަމަށް ހާސްފަހަރު ތައުބާ ވިޔަސް އަހަރެންގެ އިއްފަތްތެރިކަން އެނބުރި ނުލިބޭނެކަން ވެސް އެނގޭ.. މީގެ ކުރިން ވެސް އަހަރެންގެ ރުހުމުގަ ނޫން.. އަހަރެންގެ އާރެއް ބާރެއް ނެތްކަން ހަނދާން ކޮށް ނުދިނަސް އެކަން ހަނދާނެއް ނުނެތޭނެ.." " ސާޔާ ބުނެލީ ނުހަނު މަޑުންނެވެ. އެވަގުތު ލިއަމްގެ މޫނުގައިވީ ކުލަވަަރު ބަދަލުވިތަން ސާޔާ ދުށްޓެވެ. އިސްތަށިގަނޑުގައި ހިފަހައްޓާފައިވާ އަތަށް ދޫވިއެވެ.

"ވަޓް... " ލިއަމްގެ އަޑުގައިވި ނުރުހުން ފިލާ އަޑަށް ހައިރާންކަން ވެރިވިއެވެ. ހަޤީޤަތުގައި އޭނާ އެ ހުރިހާ އެއްޗެއް ބުނީ އެއްވެސް ވާހަކައެއް އެނގިގެނެއް ނޫނެވެ.

" ލިއަމް.. ލެޓް މީ އެކްސްޕްލެއިން.. " ސާޔާގެ ދޫ ހަރަކާތްކުރިއެވެ. އޭނާގެ މައުސޫމުކަން ނަގާލީ ކާކުކަން ބުނެދޭން ބޭނުންވިއެވެ. ނަމަވެސް އެއަށްވުރެ އިތުރަށް ސާޔާއަށް ވާހަކަ ނުދެއްކުނެވެ. އެ ބަސްތައް ދުލާ ހަމައަށް ގެނެވޭ ވަރަށްވުރެ އޭނައަށް ކޮށްފައިވާ އަސަރު މާބޮޑެވެ. އިހްތިޔާރަކާ ނުލާ އެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.
" އެކްސްޕްލެއިން ވަޓް؟.. ދި ވޭ ޔޫ އެންޖޯއީޑް ވިތް މެން؟..".. " ސާޔާގެ ވާހަކަތަކުގެ މާނަ ލިއަމްއަށް ނެގުނީ އެހެން ގޮތަކަށެވެ. ދެއަތަށް މުށްކަވާލަމުން އޭނާ ސާޔާ ފަހަތަށް ކޮއްޕާލިއެވެ. ފަހަތަށް ދިޔަ ބާރު މިނުގައި ސާޔާ ވެއްޓުނެވެ. އެހިނދު ވީ ތަދުން އެ ތުންފަތުން އާހެއްނުކުތެވެ. ފަސް އެނބުރި ދާން އުޅެފައި ވެސް ލިއަމް އަދި އެއްވާހަކަ ބުނަން ބޭނުންވިއެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އޭނާ ސާޔާއި ހަމަކުރިއެވެ. ތިރިއަށް ގުދުވެލަމުން އޭނާ ބުނަން އުޅުނު ލަފްޒުތައް ކުއްލިއަކަށް ހުއްޓާލިއެވެ. ތުންފަތް ހަރަކާތް ކުރި ނަަމަވެސް ލިއަމްގެ އަޑު ނުނިކުތެވެ. ދެލޯ ބޮޑުވެ ފަހަތަށް އޭނާއަށް ފިޔަވަޅެއް އަޅާލެވުނެވެ. ވެއްޓިފައި އޮތް އިރު އެ ދިގު އިސްތަށިގަނޑު އެއްފަރާތުން ކުރިމައްޗަށް ވެއްޓިފައި އޮތުމުން ކަރުގައި ހުރި ނިޝާން ލިއަމްގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ހަރަކާތްތަށް ގަނޑުވި ކަހަލައެވެ. ލާން އުޅުނު ނޭވާ ތާށިވެ މީހާ ހާސްވިއެވެ. އެ ހަތަރު ފާރު ތެރޭގައި ފިތި ބާރުވާހެން ހީވާން ފެށުމުން ލިއަމް ނުހަނު ބާރަށް ގޮސް ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.

***********************

މަލާންގެ ބައިން ނުކުތް ނަވާރް އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ. އަދި ކިރާޒް ނުނިދާނެއޭ ހިތަށް އެރުމުން ޔަލާ ކައިރއަށް ދާން ނަވާރް ގަސްތުކުރިއެވެ. މި ހުރިހާ ދުވަހު ވެސް ލޫކަސް އާއި ކުރިމަތިލާން ބޭނުން ނުވާތީ އޭނާ ޔަލާ ދިރިއުޅޭ އެޕަރޓްމެންޓަށް ނުދެއެވެ. ނަމަވެސް މިއަދު ކިރާޒްގެ ކިބައިން ފެނުނު އާދަޔާ ޚިލާފު ކަމަށްފަހު އޭނާ ކޮންމެހެން ވެސް ޔަލާއާއި ބައްދަލުކުރަން ބޭނުމެވެ. ޔަލާގެ ފަރާތުން އޭނާއަށް ހަޤީޤަތް އެނގޭނެ ކަމުގެ ޔަޤީންކަން ނެތަސް ނަވާރް އެކަމަށް މަސައްކަތް ކުރަން ބޭނުމެވެ.

ނަމަވެސް ކުއްލިއަކަށް އޭނާގެ ހިޔާލު ބަދަލުވިއެވެ. ވަރަށް ވިސްނަން ހުރެފައި ޖީބުގައި އޮތް ފޯނު ނަގާ ލޫކަސްގެ ނަންބަރު ހޯދާލިއެވެ.  ފޯނަށް ބަލަހައްޓައިގެން ހުރެ ދެފަރާތަށް ހިނގަމުން ދިޔައިރު ލޫކަސް އަށް ގުޅަން ވީތޯ ނުވަތަ ނޫންތޯ އޭނާގެ ހިތަށް އެރިއެވެ. ލޯ މަރާލުމަށްފަހު ފުން ނޭވާ އެއް ދޫކޮށްލަމުން ނަވާރް ނަފްސު ހަމައަކަށް އަޅުވާލިއެވެ.

ރިންގު ވަމުން ގޮސް ފޯނު ކެނޑުނު އިރުވެސް ލޫކަސް ފޯނަށް ޖަވާބު ނުދެއެވެ. މާޔޫސް ކަމާއެކު ނަވާރް ކަރުއެލުވާލިއެވެ. އެހިތަށް އުނދަގޫ ކުރަމުން ދިޔަ ހިޔާލުތަކުގެ ހަޤީޤަތް ނުހޯދާ ހަމަޖެހުމެއް ނުލިބޭނެކަން އޭނާއަށް ޔަޤީނެެވެ. އިތުރު ވިސްނުމަކަށް ނުގޮސް ނަވާރް ލިފްޓަށް އަރާ ޔަލާގެ އެޕަރޓްމެންޓަށް ދާން ފިތާލިއެވެ. އޭރު ނޭނގޭ ބާރުމިނެއްގައި އެ ހިތް ތެޅެމުން ދިޔައެވެ.

ބެލް ޖަހާލުމާއެކު ޔަލާ އައިސް ދޮރު ހުޅުވާލިއެވެ. އެ މޫނުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ފާޅުވި ނަމަވެސް ނުހަނު އަވަހަށް ހިނިތުންވެލަމުން ނަވާރް ކައިރީގައި އެތެރެއަށް އައުމަށް ބުންޏެވެ. އޭރު ސިޓިންގްރޫމްގެ ތިރީ ކާޕެޓް މަތީގައި ކިރާޒް އިނެެވެ. އޭނާގެ ކައިރީގައި ކުޅޭ އެއްޗެހި އަތުރާފައި ހުރި އިރު ކޮފީ މޭޒުމަތީގައި ތަށްޓެއްގައި ޔަލާ އޭނާއަށް ކާންދޭން ތައްޔާރު ކޮށްފައި ހުރި މޭވާ ތަށް ކޮށާފައި ހުއްޓެވެ.

ނަވާރް ފެނުމުން ކިރާޒް އަނގައިން އަޑުތަކެއް ލައްވާލަމުން ދެއަތް ޖަހާލިއެވެ. ހީލަމުން ގޮސް ނަވާރް ވެސް ކިރާޒް ކައިރީ ތިރީ ކާޕެޓް މަތީގައި އިށީނދެލިއެވެ. އޭރު އޭނަގެ ނަޒަރު ވަށައިގެން ގޭތެރެއަށް ދަތުރު ކޮށްލިއެވެ. ލޫކަސްގެ ހިލަމެއް ނުވާއިރު އިތުރު މީހެއް އުޅޭކަމުގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ.

" ލޫކް ނެތް ގެއަކު...".. ކުއްލިއަކަށް ޔަލާގެ އަޑު އިވުމުން ނަވާރް ސިހިފައި ބަލާލިއެވެ. އޭނާ ވަގުތުން ހީލަމުން ދެފަރާތަށް ބޯ ހޫރުވާލީ ނުތަނަވަސްކަން ފޮރުވާލުމަށެވެ. ޔަލާއަށް ޝައްކުވެދާނޭ ފަދަ އެއްވެސް ކަމެއް ކުރަން ނަވާރް ބޭނުމެއް ނޫނެވެ. ނަމަވެސް ނަވާރް ކުއްލިއަކަށް ލޫކަސްގެ ވާހަކަ ދައްކާނީ އޭގެ ފަހަތުގެ ސަބަބެއް އޮތުމުންކަން ނަވާރް އަށް ޔަޤީންވިއެވެ. އެ ހިޔާލާއެކު އޭނާގެ ބޮލުގައި އިތުރަށް ރިއްސާލިއެވެ.

" ނަވާ.. އަހަރެން ސުވާލެއް ކުރަންތަ؟.. ".. ކިރާޒްގެ އަނގަޔަށް ދޮންކެޔޮ ކޮޅެއް ލަވާދެމުން ޔަލާ އަހާލިއެވެ. ނަވާރް މަޑު ހޫމް އެއް އަޅުވާލުމުން ޔަލާ ފުންކޮށް އޭނާއަށް ބަލާލިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ މީހަކު ތަޅުގައި ހިފާލި އަޑު އިވުނެވެ. ތަޅު ލާފައި ހުރުމުން ދެން އިވުނީ ތަޅުވަޅަށް ތަޅުދަނޑި ޖަހާލި އަޑެވެ. ނަވާރް އަށް ފާހަނގަ ކުރެވުނީ ޔަލާގެ މޫނަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެރިވި ހާސްކަމެވެ. އިން ތަނުން ތެދުވެ ޔަލާ ބާރު ހިނގުމެއްގައި ދޮރާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އޭނާ ދޮރު މައްޗަށް އެރި ވަގުތަކީ ބޭރުގައި ހުރި މީހަކު ދޮރު ހުޅުވާލި ވަގުތެވެ. އެއާއެކު ޔަލާ ހިމޭންވިއެވެ. ކުރިމަތީގައި ހުރި ރާސިލްއަށް އޭނާ ބަލަން ހުރި އިރު ރާސިލްގެ ނަޒަރު އަމާޒުވެފައިވި ކާޕެޓް މަތީގައި އިން ނަވާރް އަަށެވެ.

**************************

އިޝާ ނަމާދުން ފައިބައިގެން ރައުލް އައިސް ގެއަށް ވަނެވެ. ގޭތެރެއިން ލިއަމްގެ ހިލަމެއް ނުވުމުން ޖީބުގައި އޮތް ފޯނު ނަގާ އޭނާ ގުޅާލިއެވެ. ލިއަމްވީ މަތީ އެޕަރޓްމެންޓުގައި ކަމަށް ބުނުމުން ރައުލް ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި ފޯނު ކަންފަތާ ދުރުކޮށްލަމުން ގޮސް ލިފްޓަށް އެރިއެވެ.

ނުވަވަނަ ފްލޯރގެ އެޕާޓްމެންޓުގެ ދޮރުން ވަނުމާއެކު ސިޓިންގްރޫމުގެ ބެލްކަނި ހުޅުވިފައި ހުރިތަން ރައުލްއަށް ފެނުނެވެ. އެހެންކަމުން އޭނާ ހިނގައިގަތީ އެދިމާލަށެވެ. ބެލްކަނީގައި ބެހެއްޓިފައި ހުރި އުނދޯލީގައި ލިއަމް އިނެވެ. އުނދޯއްޔަށް ކުޑަކޮށް ހަށިގަނޑު ދޫކޮށްލައި ބޯ މައްޗަށް ނަގައިގެން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ހާމައަށް އޮތް އުޑަށެވެ. ދެއަތްތިލަ މަހާލެވިފައިވާ އިނގިލިތަކުން ބޮލުގެ ފުއްކިބައިގައި ހިފަހައްޓާލައިގެންނެވެ.

"ކިހިނެއްވެފައި ތި އިނީ؟" ރައުލް އަހާލިއެވެ.

"ކަމެއް ނުވޭ.. " ލިއަމްގެ ޚިޔާލުތައް އެއްފަރާތްކޮއްލާފައި ބުނެލިއެވެ. ލިއަމްގެ ޖަވާބު އިވިފައި ރައުލް ބުމަ އަރުވާލީ ފާޑަކަށެވެ. އޭނާ އައިސް ލިއަމްގެ ކުރިމައްޗަށް ވާގޮތަށް މޭޒުގައި އިށީނދެ އަނެއްކާވެސް ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ.

ލިއަމްގެ މޫނުން އެހެންޏާ ނުފެންނަ މާޔޫސްކަމެއް ފާޅުވާން ހުރިކަން ރައުލް އަށް ފާހަނގަވިއެވެ. އޭނާ ކަމަކާއި މެދު ވިސްނާކަން އެ މޫނުން ދޭހަވެއެވެ. އިރުކޮޅަކު ލިއަމް އެހެން އޮތުމަށްފަހު ތެދުވެ ހަށިގަނޑު ކުޑަކޮށް ކުރިއަށް ގުދުކޮށްލައިގެން އިށީނދެ ދެއަތް ޖޯޑުކޮށްލިއެވެ. އޭނާގެ ހަރަކާތްތަށް ހުރި ގޮތުން އެއްޗެއް ބުނަން އުޅޭހެން ރައުލް އަށް ހީވިއެވެ.

" ކަމޯން ލިއަމް.. ތި ހިތުގަ ހިނގާ އިހްސާސްތަށް ބޭރުކޮށްބަލަ.. "... އެންމެ ފަހުން ރައުލް އަށް ނީނދެވިގެން ބުނެލިއެވެ. އެއާއެކު ލިއަމް ތެދުވެ ގޮސް އޭނާއަށް ފުރަގަސްދެމުން ރެއިލިންގައި އަތް އަޅުވާލިއެވެ.

" ވައި ރައުލް؟.. ކީއްވެ ނުބުނީ؟.. ".. ލިއަމްގެ އަޑު އައީ ކިރިޔާއެވެ. ކިތަންމެ މަޑުން ބުނި ނަމަވެސް ރައުލްއަށް އަޑު އިވުނެވެ. އެ މޫނަށް ހައިރާންކަން ވެރިވީ ލިއަމް އެކިޔަނީ ކީކޭކަން ދޭހަ ނުވުމުންނެވެ.

" ކިޔައިދީފީމެންނު ހުރިހާ އެއްޗެއް.. މާފަށް ވެސް އެދެފީމެންނު.. ވަޓް އެލްސް ޑޫ ޔޫ ވޯންޓް މީ ޓު ޑޫ؟.. ރައުލް އަށް ހީކުރެވުނީ އަދިވެސް ލިއަމް އެ ދައްކަނީ އޭނާ އާލާރާގެ ވާހަކަ ސިއްރު ކުރުމުން އެވާހަކަ ކަމުގައެވެ.

" ތިވާހަކަ ނޫން މިދައްކަނީ..".. ލިއަމް އެނބުރި ރައުލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ނަމަވެސް ދެން ވެސް ރައުލް އަށް އޭނާ ބުނަން އުޅޭ އެއްޗެއް ދޭހަ ނުވިއެވެ.

" އަހަރެން މިއަހަނީ ކީއްވެ ހެއްޔޭ ރައުލް އަހަންނަށް ސާޔާގެ ހަޤީޤަތް ވެސް އޮޅުވާލީ؟.. ވައި ޑިޑިންޓް ޔޫ ޓެލް މީ ހޫ ޝީ އިޒް؟.. ".. ލިއަމްގެ އަޑު ބާރުވެގެން ދިޔުމާއެކު އެ އަޑުގައިވީ ނުރުހުން ރައުލްއަށް އިހްސާސް ކުރެވުނެވެ.

= ނުނިމޭ =

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!