ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ލައްބަ.. އައިމް ވެރީ ޝުއަރ.. މޭބީ އިޓްސް އެ މިސްޓޭކް.. ތި ނަން ކިޔާ ޑޮކްޓަރ އެއް މި ހޮސްޕިޓަލް ގަ ވަރކް ކޮށްފަ ނުވޭ...".. ރައުލް އަށް ޖަވާބު ލިބުމާއެކު ޝުކުރު އަދާ ކޮށްފައި ހިނގައިގަތެވެ. އޭނާ ހޮސްޕިޓަލުގެ ދޮރުމަތީގައި މަޑުކޮށްލުމަށްފަހު ޖީބުގައި އޮތް ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ.

Ads by STELCO

*******************

ޔަލާގެ އެޕަރޓްމެންޓުން ނުކޮތް ގޮތަށް ނަވާރް ދޮރުގައި ލެނގިލިއެވެ. ދެލޯ މަރާލެވުމާއެކު ހިފަހައްޓާލެވިފައިވާ ކަރުނަތައް ލޮލުގެ ހިމަކޮޅުން ރޮނގަކަށް ފޭބިއެވެ. އިރުކޮޅަކުން ފުން ނޭވާތަކުން ލުމަށްފަހު ނަވާރް އޭނާގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ. އެހާ އުންމީދާއި ޔަޤީން ކަމާއެކު ދިޔުމުން ވެސް ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ހިނދުކޮޅަކަށް ނަމަވެސް ލޫކަސް އެއީ އޭނާގެ ހައްޤެކޭ ހީކުރެވުނެވެ. ނަމަވެސް އެކަން ވެސް ބަދަލުވެގެން އެ ދިޔައީ ކުށްހީއަކަށެވެ. ރާސިލްއާއި ޔަލާއާ ދެމެދު ދެކެވުނު ވާހަކަތައް އަނެއްކާވެސް ނަވާރްގެ ސިކުނޑީގައި ދައުރުވިއެވެ.

*****************

ރާސިލްގެ އަޑު އިވިފައި ޔަލާ އިރުކޮޅަކު ހަރަކާތެއް ނުކޮށް ހުރެފައި ހޭން ފެށިއެވެ. އެއާއެކު ރާސިލް ވެެސް ލާނެތް ހިނިތުންވުމެއް ތުންފަަތަށް ވެރިކޮށްލިއެވެ. އެ ދެމީހުން ހޭންފެށުމުން ކިރާޒް ވެސް އިނީ ފާޑަކަށް ހެވިފައެވެ.

" އޯހ ނޯ.. ނަވާ އަށް ކިހިނެތް ވެފަ؟..".. ރާސިލް ހުނުން ހުއްޓާލަން މަސައްކަތް ކުރަމުން ދެލޯ ބޮޑުވެފައި އިން ނަވާރް ފެނުމުން އަހާލިއެވެ.

" ވައިފް؟... ވަޓް ޑޫ ޔޫ މީން ބައި ވައިފް؟...".. ކުޑަ އަޅައިގަތުމަކާއެކު ވެސް ނަވާރް އެ ހިތުގައި ވީ ސުވާލު ދުލާއި ހަމައަށް ގެނައެވެ. އޭރު ނުހަނު ބާރު މިނެއްގައި އޭނާގެ ހިތް ތެޅެމުން ދިޔައެވެ.

" ސާބަސް!.. ނަވާ ހީކުރީ ޔަލާ އެއީ އަހަރެންގެ ވައިފް ކަމަށް؟.. ދެން ލޫކް އެއީ ކާކު؟.. ޔޫ ކްރޭޒީ އޯ ވަޓް؟...". ރާސިލް ބުނެލީ ލާނެތް ހިނިތުންވުމަކާއެކުގައެވެ. ނަވާރްގެ މޫނުން ފެންނަން ހުރި ކުލަވަރުން އަނެއްކާވެސް އޭނާ އަށް ހެވުނެވެ.

" އައި ތޯޓް.. "..ނަވާރް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލަމުން ބުނަން އުޅުނު ޖުމްލަ މެދުކަނޑާލިއެވެ. އޭނާ މިހާރު އިނީ ވާނުވާ ނޭނގިފައެވެ. އޮޅުމެއްގެ ތެރޭގައެވެ. ވިސްނަންވީ ކީކޭ ކަމެއް ނޭނގިފައެވެ.

" އެއީ އަސްލު ލޫކް ބުނާ އެއްޗެއް.. މި ގަޑީގަ ގެއަށް އައިސް ފުރަތަމަ ވެސް އަހާނީ އެ ސުވާލު.. ރާސިލް އަންނާނެ މިގަޑީގަ އާންމުކޮށް ކިރާޒް ކައިރިއަށް.. އެހެންވީމަ ވަރަށް ގިނައިން ލޫކް އެހެން ކިޔާ އަޑު އިވިފަ ހުންނާނީ.. ލޫކް ވިލް ކަމް އިން އެ ވައިލް.. ނަވާ މަޑުކުރައްޗޭ އޭނަ އަންނަންދެން.. ހީ ވިލް ސޭ ދި ސޭމް ޑައިލޮގް..".. މޭޒާއި ކައިރިވެލަމުން ޔަލާ ބުނެލިއެވެ. އޭނާ ލޫކަސް އަންނަންވާއިރަށް ކާން ތައްޔާރުކުރަން ފެށިއެވެ.

ނަވާރް އަށް މަޑުމަޑުން ދެއަތުގެ އިނގިލިތަށް ޖޯޑުކޮށްލެވުނެވެ. އެ މޫނު އެއްކޮށް މިލައިގެން ދިޔައެވެ. ވިސްނަންވީ ކީކޭކަމެއް ނޭނގުނެވެ.

" އޯހް.. އަދި ހަނދާން ނެތިފަ މި އިންނަނީ.. ނޯޔާއާ އެއްޗެއް ހަވާލުކުރަން ވެފަ އެބައޮތް..".. ނަވާރް ތެދުވެ ލައިގެން ހުރި ކުރުތާއަށް ދަމާ ރީތިކޮށްލިއެވެ. ކިރާޒްގެ ކޮލުގައި ފިރުމާލުމަށްފަހު އޭނާ ނުކުތީ ރާސިލްއާއި ޔަލާ އަށް ބަލާލުމެއް ނެތިއެވެ.

**********************

ކުއްލިއަކަށް ނަވާރް ސިހުނީ ހުޅުވިގެން ދިޔަ ލިފްޓުގެ ދޮރުން މީހަކު ފޭބުމުންނެވެ. އަވަސް އަވަހަށް މޫނު ފޮހެލަމުން އޭނާ ކުރިމަތީގައި ހުރި މީހާއަށް ބަލާލުމާއެކު ހަރަކާތްތަށް ލަސްވިއެވެ. އަނެއްކާވެސް ދެލޮލަށް ޖަމާވީ ތާޒާ ކަރުނައެވެ. ނަމަވެސް އެ ކަރުނަކުގެ އޮއެވަރުގައި ޖެހި ނަފްސު އަތުން ބީވާން ނަވާރް ބޭނުންނޫނެވެ. ލޫކަސް އާއި ނަޒަރު ވަކި ކޮށްލުމަށްފަހު ނަވާރް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އޭނާ ހުއްޓެން މަޖުބޫރުވީ ލޫކަސް ގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

" ބުނެދެވިދާނެތަ ނަވާ ތި ރޮނީ ކީއްވެކަން؟.. "... ލޫކަސްގެ އަޑުން އޭނާ ޖެހިލުންވެފައި ހުރިކަން ނަވާރްއަށް އެނގުނެވެ. އެ ތުންފަތަށް ވެރިވީ ހިތި ހިނިތުންވުމެކެވެ. ދެންމެ ހިނގި ހާދިސާތަކެއް ފަދައިން މާޒީގައި ހިނގާފައިވާ އެކި އެކި ކަންކަން އެ ލޯ މަތީގައި ކުލަ މަންޒަރެއްހެން ސިފަވިއެވެ.

" ލޫކަސް އަށް އެ ހައްޤު އެބައޮތްތަ؟.. ވެއަރ ވަރ ޔޫ؟.. ".. ފަސްއެނބުރި ބަލައިލުމެއްނތި ނަވާރް ބުނެލިއެވެ. އެ އަޑު ކުރެހިގެން ދިޔުމާއެކު އޭނާ ވާހަކަ ހުއްޓާލިއެވެ. ބުނަން ބޭނުންވާ ކިތަންމެ ގިނަ ވާހަކަތަކެއް ހުރި ކަމުގައިވިޔަސް ނަވާރްއަށް އެ ހިތްވަރެއް ނުކުރެވުނެވެ.

ނަވާރްގެ ޖަވާބު އަޑު އިވިފައި ލޫކަސް ހިމޭންވިއެވެ. އެ ލޮލުން ފެންނަން ހުރީ ޝަކުވާއެވެ. އެއްޗެކޭ ބުނަން ލޫކަސްގެ ތުންފަތް ހަރަކާތް ކޮށްލިއެވެ. ނަމަވެސް ދެއަތް މުށްކަވާލުމަށްފަހު އޭނާ ހަމަޖެހިލިއެވެ. ނަވާރްގެ ކުރިމަތީގައި ފިނޑިވާން އެއްވެސް ވަރަކަސް ލޫކަސް ބޭނުމެއް ނޫނެވެ.

" އޯކޭ... ބުނަން ނެތިއްޔާ ނުބުނަންވީ.. ".. ނަވާރްއަށް ސިހުން ގެނުވީ ލޫކަސްގެ ޖަވާބު އިވިފައެވެ. އިވުނީ ރަނގަޅަށް ކަމާއިމެދު ވެސް އޭނާ އަށް ޝައްކުވިއެވެ. އެނބުރި ބަލާލެވުނީ އެހެންވެއެވެ.

" ލޫކް... އެޓް ލީސްޓް ޓެލް މީ.. ވަޓް ވޯޒް މައި މިސްޓޭކް؟.. ކީއްވެ ލޫކް ކުއްލިއަކަށް ދިޔައީ؟.. ވައި ޑިޑް ޔޫ ޗޭންޖް.. ޕްލީޒް... ބުނެބަލަ.. ލޫކް އެއްވެސް ވަރަކަށް ނަވާ ދެކެ ލޯބި ނުވީތަ؟... މި ހުރިހާ ދުވަހު ވެސް ވަރަށް ކެތްކުރިން ނާހަން.. ބަޓް.. އައި ކާންޓް ވެއިޓް އެނިމޯރ.. ޔޫ ޑޯންޓް ނޯ ހައު މަޗް އައި ލަވް ޔޫ... "... ފަހު ޖުމްލަ ނަވާރް ބުނެލީ ކިތަންމެ މަޑުން ކަމުގައި ވިޔަސް ލޫކަސް އަށް އިވުނެވެ. އެ މޫނުން އެއްވެސް އަސަރެއް ފާޅުވާން ނެތްއިރު އޭނާގެ ނަޒަރު ވަނީ ދުރަށް ހުއްޓިފައެވެ. ގަސްތުގައި ނަވާރްގެ މޫނަށް ނުބަލަން އުޅެނީކަން އެނގެއެވެ.

" ލުކް އެޓް މީ...  ޔޫ ކާންޓް ލައި ޓު މީ...  އެ ލޯބި ފަނޑު ނުވާނެ ލޫކް.. އަހަންނަށް ޔަޤީން... ޔޫ ވޯންޓް ސްޓޮޕް ލަވިންގ މީ..".. ލޫކަސްގެ މޫނުގައި ދެފަރާތުން ހިފަހައްޓަމުން ނަވާރް ބުނެލިއެވެ. ނަވާރްގެ އެ ހަރަކާތުން ލޫކަސް އަށް އެ މޫނަށް ބަލަން މަޖުބޫރުވިއެވެ. އޭނާގެ ހިތުގައި ނަވާރްއާއި މެދު ހަމްދަރުދީ އުފެދުނެވެ.

" އަމް.. ނަވާ ދެރަކުރަން ބޭނުމެއް ނޫން.. ބަޓް އައި ވިލް ސޭ ދި ޓްރުތް.. ނަވާ އަދިވެސް ތި އުޅެނީ މާ ފަހަތުގަ.. ޔުނިވަރސިޓީ ލަވް ސްޓޯރީސް އަރންޓް ރިއަލް ޑަރލިންގް.. ނަވާ ވެސް މޫވް އޮން ކުރަން ޖެހޭނެ... ޑޯންޓް ވެއިޓް ފޯރ މީ.. އަހަރެން ލޯބިވަނީ ޔަލާ ދެކެ... އެއީ ދެން ބަދަލުވާނެ ކަމެއް ނޫން... ސޯ ޕްލީޒް.. ފައިންޑް ސަމްވަން ބެޓަރ.."... މޫނުގެ ދެފަރާތުން ހިފަހައްޓާލެވިފައިވީ ނަވާރްގެ ދެއަތް ނައްޓުވާލަމުން ލޫކަސް ބުނެލިއެވެ. އިތުރަށް މަޑު ކުރުމެއް ނެތި އޭނާ ގޮސް އެޕަރޓްމެންޓަށް ވަދެ ދޮރު ލައްޕާލިއެވެ. ނަވާރްގެ ލޮލުން ވެއްޓެން އުޅުނު ކަރުނަތިކި ފޮހެލިއެވެ. ލޫކަސްގެ ދުލުން ދެންމެ ބޭރުވި ކޮންމެ ޖުމްލައެއް ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ.

" ޔަލް.. މައި ލަވްލީ ވައިފް... ކާން ހަދާފަތަ ހުރީ؟..".. އެތެރެއިން ލޫކަސްގެ އަޑު ކަންފަތުގައި ޖެހުމުން ނަވާރް ކަރުނައިގެ ތެރެއިން ވެސް ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުމުގައިވީ ވޭން ސިއްރު ނުވެއެވެ. ސިޑީގް ހަރުފަތްތަކުން ތިރިއަށް ފައިބަން ފެށިއިރު ނަވާރްގެ ހިތުގައި އަޒުމެއް ވިއެވެ. ލޫކަސް އެ ބުނި ފަދައިން އޭނާ ދިރިއުޅުމުގައިގެން ކުރިއަށް ދާނެއެވެ. ލިބެން ނެތް ލޯތްބަކަށް އިންތިޒާރު ކުރުމުގެ ބޭނުމެއް ހުދު ނަވާރްއަށް ވެސް ނުފެނެއެވެ.

*********************

ރެސްޓޯރެންޓަށް ވަދެގެން އައި ލިއަމް ފެނުމުން ރައުލް އަތުން ހަނާއަޅާލިއެވެ. އޭނާ އިނީ ތަންކޮޅެއް މީހުން މަދު ދިމާލެއްގައެވެ. ލިއަމް އައިސް އިށީނުމުން ވެއިޓަރަކަށް ގޮވާލުމަށްފަހު ރައުލް ގެންނަންވީ އެއްޗެހި އޯޑަރު ކޮށްލިއެވެ.

" ހޫމް.. ދެން ކިޔައިދީބަ؟.. އެއްވެސް ވަރަކަށް އެނގިއްޖެތަ؟...".. ލިއަމް ރައުލްގެ މޫނަށް ނަޒަރު ހުއްޓާލަމުން އަހާލިއެވެ. އެއާއެކު ރައުލް ދެފަރާތަށް ބޯ ހޫރާލަމުން ހޮސްޕިޓަލުގައި ކަންތައް ހިނގައިދިޔަ ގޮތް ލިއަމްއާ ހިއްސާ ކޮށްލިއެވެ.

" ދެން ކޮބާ ޕްލޭނަކީ؟.. ފުޓޭޖް ތަށްވެސް ހުންނަން ވާނެއެންނު؟...".. ލިއަމް ވަރަށް ވިސްނަން އިނދެފައި ބުނެލުމުން ރައުލްގެ ތުންފަތުގައި ކުޅެލީ މާނަފުން ހިނިތުންވުމެކެވެ. އެ ފުޓޭޖްތަށް ވެސް ނުހުންނާނެއޭ ބުނަން އޭނާ ބޭނުންވިއެވެ. ނަަމަވެސް އެއީ ކީއްވެކަން ބުނެދެވެން ރައުލް އަށް ނެތެވެ. އެހެންކަމުން ވަކި އެއްޗެކޭ ނުބުނު ރައުލް ހަމައެކަނި ބޯ ޖަހާލީއެވެ.

" ތި ވާހަކަ ނޫނޭ.. ބުނެބަލަ.. ސާޔާގެ ޕާސްޓް އިޒް ވެރީ ޑަރކް ދޯ އަސްލު؟"

" ކީއްވެ ތިހެން ތި ބުނީ؟. ސާޔޫ އެއްޗެކޭ ބުނީތަ؟؟... "... ރައުލް އަހާލިއެވެ.

" ނޫން.. ވަކި އެހެންވެ ނޫން... ހަމަ އަހާލީ.." ލިއަމް އެވާހަކަ ރައުލްއާއި ހިއްސާ ކުރަން ބޭނުން ނުވިއެވެ.

އިތުރަށް ރައުލް ވަކި އެއްޗެކޭ ނުބުންޏެވެ. ފާޑަކަށް ހިނިތުންވެލައިގެން އިން ގޮތުން ލިއަމް އަށް އުނދަގޫވިއެވެ.

" ހާދަ ހީވެއޭ ލިއަމްއަށް ސާޔޫ ކަމުދާން ފަށައިފިހެން..".. ރައުލް ބުނެލީ ލާނެތް ހިނިތުންވުމަކާއި އެކުގައެވެ.

" އަދި ސާޔާއާ ބެހޭ ގޮތުން ސުވާލެއް ކުރުމަކީ އަހަރެން ގަޔާ ވުމެއް ނޫނެއްނު.. ރައުލްއަށް އެނގޭ ވަރަކުން ކިޔައިދިނުން އެއީ ގޯހެއް ނޫނެއްނު..".. ލިއަމް އަދިވެސް ބެލީ ރައުލްގެ ފަރާތުން އެއްޗެއް އެނގޭތޯއެވެ.

"ވެލް.. ޝީ ޑަޒަންޓް ނޯ ދި ޓްރުތް އެބައުޓް ހަރ ސެލްފް.. އޭނަގެ "މަންމަ" ނިޔާވީ ވަރަށް ފަހުން... ދެން ހުރީ ބައްޕައެއް.. އާއިލާގެ އިތުރު މީހަކު ހުންނަ ކަމެއް އެނގިފައި ނެތް..." ރައުލް ބުނެލިއެވެ. އޭނާ ގަސްތުގައި ލިއަމް އަށް ކިޔައިނުދިނީއެވެ. ސާޔާގެ ހަޤީޤަތް އެނގެން ލިއަމް އެވަރަށް ބޭނުންވާ ސަބަބު އޭނާއަށް އެބަ އެނގެއެވެ. އެހެންނަމަވެސް އަދި ލިއަމްއަށް ހުރިހާ ވާހަކައެއް ކިޔައިދެވޭކަން ނެތެވެ.

" އޮހް.. ކަމޯން ބްރޯ.. ތިއަށްވުރެ ގިނައިން ރައުލް އަށް އެނގޭނެ.. އަސްލު އަހަރެން ކިއުރިޔަސް ވަނީ އެންމެ ކަމަކަށް.. އަމް... "... ލިއަމް ބުނަން އުޅެފައި ވެސް ހުއްޓާލިއެވެ. އޭނާ އަމިއްލަ އަށް ސާޔާ ކައިރިން އެވާހަކަތަށް ހޯދާނީ އޭ ހިތަށް އެރިއެވެ.

" ޔަޤީނޭ ލިއަމް އަށް ސާޔާ ދެކެ ލޯބި ވެވުނީކަން...".. ރައުލް ބުނެލީ ލާނެތް ހިނިތުންވުމަކާއި އެކުގައެވެ. އެއާއެކު ލިއަމްގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ.

" ރައުލް.. އަސްލު ބުނެބަލަ.. މާ އަވަސްތަ ލާރާގެ މަތިން ހަނދާން ނައްތާލަން.... ".. ލިއަމް އަހާލިއެވެ.

" ލިއަމްއަށް ކިހިނެތް ވަނީ؟.. މިބުނީ ހައު ޑޫ ޔޫ ފީލް.. އަހަރެންގެ ނަޒަރުގަ އާ ދިރިއުޅުމެއް ފެށުން އެއީ ކުށެއް ނޫން.."..... ރައުލްގެ އަޑުގައި މިފަހަރު ވީ ސީރިޔަސްކަމެވެ. ކޮންމެވެސް ވަރަކަށް ލިއަމް ބުނަން އުޅޭ ވާހަކަ އޭނާއަށް އެނގުނެވެ.

" ލާރާ އެއީ އަހަރެންގެ ފުރަތަމަ އަންހެނުން.. މައި ފަސްޓް ލަވް.. ލާރާ ދެކެ އަހަރެން ހިތާއި ފުރާނައިން ލޯބިވިން.. މިހާރުވެސް ކޮންމެވެސް ވަރަކަށް ހިތުގަ އެ އިހްސާސްތައް ހިނގާ.. އެކަމަކު އަހަރެން ހިތަށް އަރަނީ ލާރާ ނޫން ކުއްޖެއް ދެކެ އަހަރެން ލޯބި ވެވިދާނެ ބާއޭ.. ނޫނީ ލޯބި ވުން އެއީ ކުށެއް ބާއޭ.. އެއީ ލާރާއަށް ބޭވަފާތެރިވުން ބާއޭ...".. ލިއަމްގެ އަޑުގައިވީ އެހެންޏާ ނުހުންނަ މަޑުމައިތިރި ކަމެކެވެ.

" ނޫން... އެއީ ބޭވަފާތެރިވުން ނޫން.. ލާރާ އެއީ ލިއަމްގެ ޕާސްޓް.. މިހާރު އެ ދިރިއުޅުން ނިމިއްޖެ.. މިއީ ލިއަމް އާ ދިރިއުޅުމަކަށް ތައްޔާރުވާންވީ ވަގުތު.. ލާރާ ނޫން އެހެންކުއްޖެއް ވެސް ލިއަމްގެ ހަޔާތަށް އަތުވެދާނެ.. ފަހަރެއްގަ އެކުއްޖާދެކެ ލިއަމްއަށް މާބޮޑަށް ލޯބި ވެސްް ވެވިދާނެ.. .".. ރައުލް ލުއި ހިނިތުންވުމަކާއެކު ބުނެލުމުން ލިއަމް ބޯ ޖަހާލިއެވެ.

އެވަގުތު ލިއަމްގެ ތުންފަތަށް ހިނިތުންވެވުނެވެ. އޭނާގެ ސިކުނޑީގައި އަންހެންކުއްޖެއްގެ ސޫރަ ކުރެހުނެވެ. އެ ރީތިކަމަށް ހިތް ލެބުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެފަރާތަށް ބޯ ހޫރާލިއެވެ.

" ޓެލް މީ ހޫ ދެޓް ލަކީ ގަރލް އިޒް....".. ގޮނޑީގައި ހަށިގަނޑު ސީދާ ކޮށްލަމުން ރައުލް ލާނެތް ހިނިތުންވުމަކާއެކު އަހާލިގޮތުން ލިއަމްގެ ހިތް ތެޅިލިއެވެ.

= ނުނިމޭ =

Ads by Allied Insurance
  1. ިވަރަށް ސަޅި

  2. ހަސަނު

    ވަރަށް އޮބި އިނގޭ

  3. ޥެރީ ސަޅި