ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ހީ ޓޯޗަރޑް ސާ..."... ރައުލް ބުނަން އުޅުނު ޖުމްލަ މެދު ކަނޑާލީ ލިއަމް އޭނާގެ ނަމުން، ބާރަށް ގޮވާލުމުންނެވެ. އޭރު މަލިކާ ދެލޯ ބޮޑުވެފައި ހުރި ގޮތުން ރައުލް ބުނަން އުޅުނީ ކީކޭކަން ދޭހަވިކަން އެނގެއެވެ. ޤަބޫލު ނުކުރެވިފައި ހުރެ މަލިކާ ލިއަމްއަށް ބަލާލިއެވެ.

Ads by Hajj Corporation

**********************

" ވަޓް.. ލިއަމް... ސާޔާ އަށް އަނިޔާ ކުރީތަ؟... އެކުއްޖާފުޅު ކީއްތަ ކުރީ ލިއަމް އަށް..."... އިރުކޮޅަކު ބަލަން ހުރުމަށްފަހު މަލިކާ ބުނެލީ ހިތްހަމަނުޖެހިފައެވެ.

" މޮމް.. ދެޓްސް އިނަފް.. އެއީ އެއްވެސް މީހަކާ ބެހޭ ކަމެއް ނޫން.. ރައުލް ކައިރީގައި ބުނޭ ނުބެހޭ ކަންކަމުގެ ތެރެއަށް ވަންނަން ނޫޅޭށޭ.. އަޅުގަނޑަށް ރަނގަޅީ މަންމަ ވެސް ދެން މިރޭ ދިޔައިއްޔާ.. ".. ކައުންޓަރުގައި ދެއަތް ޖައްސާލަމުން ލިއަމް ބުނެލިއެވެ.

މަންމައަށް ވުމުން ކުރަން ޖެހޭ އިހްތިރާމާއި ޤަދަރު އަދާ ކުރެވޭތޯ ލިއަމް އޭނާއަށް ކުރެވުނު މަސައްކަތެއް ކުރިއެވެ. ނަމަވެސް އެ މޫނު ހުރީ ރަތްވެފައެވެ.

" ލިއަމް.. ޕްލީޒް ތިގޮތަށް ނޫޅޭ.. ހިތްހަމަ ނުޖެހޭ ކަމެއް ވެފައި އޮތް ނަމަ މަންމަ ކައިރީގަވެސް ބުނޭ...".. މަލިކާ އައިސް ލިއަމްގެ އަތް މަތީގައި އޭނާގެ އަތް ބާއްވާލަމުން މަޑުމަޑުން ބުނެލިއެވެ.

" އެއްވެސް ކަމެއް ނުވޭ.. ޑޯންޓް ވޮރީ މޯމް.." ލިއަމް މަޑުމަޑުން މަލިކާގެ ކޯތާފަތުގައި ފިރުމާލަމުން ބުނެލިއެވެ. އަދި އެއަށްފަހު ގޮސް އެޕަރޓްމެންޓުން ނުކުތެވެ. އެދިމާލަށް ބަލަން އިނުމަށްފަހު މަލިކާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ދެން އޭނާ ތެދުވެގެން އޮސް އިށީނދެލީ ރައުލް ކައިރީގައެވެ. ރައުލްގެ ފަރާތުން ކޮންމެވެސް ވަރަކަށް ވެގެން އުޅޭ ގޮތް އޮޅުން ފިލާނެކަމަށް މަލިކާ އުންމީދު ކުރިއެވެ.

******************

ނަމާދުކޮށް ނިމުމުންވެސް އެތައް އިރެއް ވަންދެން ލިއަމް މިސްކިތުން ނުފައިބާ އިނެވެ. މިސްކިތުގެ އެއް ކަނެއްގައި އިން އިރު އޭނާއަށް ދިރިއުޅުމާއި މެދު ވިސްނުނެވެ. ދިރިއުޅުމުގައި ކުރިއަށް ދާންވީ ރާސްތާ ދައްކަވާތޯ ﷲގެ ހަޟްރަތުގައި ދުޢާ ކުރިއެވެ. އިޝާ ނަމާދުވެސް ކޮށް ނިންމާލުމަށްފަހު އެންމެފަހުން ލިއަމް ގެއަށް ދާން ގަސްތުކުރީ އަތުގައި އޮތް ގަޑިން ނުވައެއް ޖަހަން ކައިރިވެފައިވާތަން ފެނުމުންނެވެ.

ގެއަށް ވަންނަން އައިސް ލިފްޓު ކައިރީގައި ހުއްޓިލަމުން ލިއަމް ވިސްނާލިއެވެ.

" އައި ޝުޑް ޗެކް އޮން ހަރ.."... އޭނާ ސާޔާ ކައިރިން މާފަށް އެދެން ޖެހޭނެ ކަމުގައި ހިތް ބުނެލިއެވެ. ނަމަވެސް ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން އިރު ކޮޅަކު ހުރުމަށްފަހު ލިއަމް ދެފަރާތަށް ބޯ ހޫރާލިއެވެ. އެހެެން ނަމަވެސް ސާޔާގެ ހާލު އޮޅުން ފިލުވަން ޖެހޭނެއޭ ހިތް ބުނެލިއެވެ. ދެވަނަ ސިކުންތުގައި އެކަމާ ވެސް އެއްބަހެއް ނުވެވުނެވެ.

" ފޯނު.. އާނ.. ފޯނު...".. ޖީބުގައި އަތް ޖައްސާލަމުން ކުއްލިއަކަށް ލިއަމްއަށް ބުނެލެވުނެވެ. ކޮންމެހެން ވެސް އެ އެޕަރޓްމެންޓަށް ދާން ޖެހޭ ސަބަބެއް އޭނާ ހަނދާންވި ފަދައެވެ. ކުޑަކޮށް ހިނިތުންވެލަމުން ލިއަމް އަވަސްއަވަހަށް ލިފްޓަށް އެރިއެވެ.

ލިފްޓު ހުއްޓުމާއެކު ލިއަމް ފޭބިއެވެ. މަޑުމަޑުން ދޮރުގައި ޓަކި ޖަހަން އަތް ހިއްލާލިއެވެ. ނަމަވެސް އޭނާއަށް ފަސްޖެހެވުނެވެ. ފުން ނޭވާ އެއް ދޫކޮށްލުމަށްފަހު ލިއަމް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

" ކަމޯން ލިއަމް.. ފޯނު ނަގަން ތިއައީ.. ނަތިންގް އެލްސް...."... ހަށިގަނޑަށް ހަރުކަށިކަން ވެރިކޮށްލަމުން ލިއަމް ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހާލިއެވެ. އެގޮތުގައި ފަސް ވަރަކަށް މިނިޓް ހޭދަވީއިރު ވެސް ދޮރު ނުހުޅުވުމުން ލިއަމް ތަޅުގައި ހިފާލީ ދޮރު ހުޅުވާފައި ހުރެދާނެ ކަމަކަށް ނޫނެވެ. ނަމަވެސް ނުހަނު ފަސޭހައިން އެތެރެއަށް ވާ ގޮތަށް ދޮރު ހުޅުވިގެން ދިޔައެވެ.

ސިޓިންގް ރޫމަށް ވެރިވެފައިވާ އަނދިރިކަމަށް ލޯ ހޭނެން ލިއަމްއަށް ކުޑަ ވަގުތު ކޮޅެއް ނެގިއެވެ. ފާރުގައި އަތް ޖައްސާލަމުން އޭނާ ލައިޓްތައް ޖައްސާލިއެވެ. މުޅި ގޭތެރެއަށް ވަނީ ހިމޭންކަން ވެރިވެފައެވެ. ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ލިއަމް ކައުންޓަރު މަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ.

އެނބުރި ދާން ވެގެން ފަހަތަށް ފިޔަވަޅެއް އަޅާލަމުން ލިއަމްއަށް ބޭއިހްތިޔާރުގައި ސާޔާގެ ކޮޓަރިއަށް ނަޒަރެއް ހިންގާލެވުނެވެ. ހިންދިރުވާލުމަށްފަހު އޭނާ ޖީބަށް އަތް ޖަހާލައިގެން ހުރެ މަޑު ހިނގުމެއްގައި ގޮސް އެކޮޓަރީގެ ދޮރު މަތީގައި ހުއްޓިލިއެވެ.

ކުޑަކޮށް ކޮޓަރީގެ ދޮރު ހުޅުވާފަައި ހުރުމުން އެ ހަނި ދޭތެރެއިން ލިއަމް އެތެރެއަށް ބަލާލިއެވެ. އެހިނދު އޭނާގެ ނަޒަރު ހުއްޓުނީ އެނދުގެ ހުރަހަށް އޮށޯވެ ނިދާފައި އޮތް ސާޔާއަށެވެ. ބޭއިޚްތިޔާރުގައި ދޮރު ހުޅުވާލުމަށްފަހު ލިއަމް އެތެރެއަށް ވަނެވެ. ސިއްރުން ކަހަލަ ގޮތަކަށް ކުރިއަށް އައިސް ސާޔާގެ މޫނު ފެންނަ ހިސާބުގައި ލިއަމް މަޑުކޮއްލިއެވެ.

އެ ދިގު އިސްތަށިގަނޑުން ބައެއް އެނދުން ތިރިއަށް އޮތް އިރު ބައެއް އިސްތަށިކޮޅުތައް ނިތްކުރި މައްޗަށް އެޅިފައި ހުއްޓެވެ. މަޑުމަޑުން ގޮސް ލިއަމް އެނދު ކައިރީ ތިތީ ކާޕެޓްގައި އިށީނެވެ. އެ ހިތް އެދުނީ ސާޔާގެ މޫނަށް ބަލަން އިނުމަށެވެ.

އޮށޯވެ އޮތް ގޮތުން ސާޔާގެ ބައްޓަން ލިއަމްއަށް އެނގުނެވެ. އެނދުން އެއްފައި ބޭރަށް އެލިފައި އޮތް އިރު އޮތީ އަރާމުކޮށް ބާލީހުގައި ބައްދައިގެންނެވެ. ނިދިފައި އޮތް އިރުވެސް އެ މޫނުގައިވީ ލުއި ހިނިތުންވުމެކެވެ.

ކުރިމަތިން އޭނާ އަށް އަލާރާ ފެންނަމުން ދާ ފަދައެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް ލިއަމްގެ ސިކުނޑިން އެއީ ސާޔާކަން ހަނދާން ނެތުނެވެ.

"ލާރާ... މައި ލަވް.. ހާދަ ހަނދާންވިޔޭ.. މި ހުރިހާ ދުވަހު ކޮންތާކު ތި އުޅުނީ.. އައި ނިއު ދެޓް ޔޫ ވުޑް ކަމް ބެކް.. ޔޫ އަރންޓް ސާޔާ.. ތިއީ ލާރާ.. ލާރާ ހަނދާން ނެތުނީތަ ހުރިހާ ކަމެއް.. މިއީ ލިއަމް އޭ.. ލާރާ އެންމެ ލޯބިވާ ލިއަމް.. ޕްލީޒް.. ކަމް ބެކް ޓު މީ... "  ތެދުވެލަމުން ލިއަމް ސާޔާއާ ދިމާލަށް ގުދުވިއެވެ.

އެނދުގެ ވަށައިގެން ހިނގާލާފައި ގޮސް ސާޔާ ކައިރީ އިށީނެވެ. މަޑުމަޑުން އެ އޮމާން އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެހިނދު އެއީ އަލާރާ ނޫންކަން އޭނާގެ ސިކުނޑި ހަނދާން ކޮށްދިނެވެ.

އެހެންނަމަވެސް ސާޔާ ކައިރީގައި އިށީންނަން ހިތް އެދުނެވެ. ނަމަވެސް އެ ހިތުގެ ހަމަޖެހުން ގެއްލުނެވެ.  ރަތްކަމަކާއެކު ދުޅަކަމެއް ހުރި ސާޔާގެ މަރާލެވިފައިވާ ދެލޯ ފެނި އަތް މުއްކަވާލެވުނެވެ. ލިއަމްގެ ނިޔަފަތީގެ ނިޝާންތަށް ސާޔާގެ ކޯތާފަތުން ފެންނާން ހުއްޓެވެ.

މުޅި މޫނަށް ވަނީ ރަތްކަމެއް ވެރިވެފައެވެ. އަދިވެސް ލޭ ކުލައަށް އެ ނިޝާންތައް ހުރުމުން ލިއަމްގެ މޭގައި ރިއްސާލިއެވެ. ސާޔާ ލައިގެން ހުރި ޓީޝާޓުގެ ކޮނޑުމަތިން ތރިއަށް ސޮހިފައި އޮތް ބައިން އޭނާގެ ކޮނޑު ހާމައަށް ފެންނަން އޮތެވެ. ސާޔާގެ ކޮނޑަށް ނަޒަރު ހުއްޓާލެވުމުން ލިއަމް ހިންދިރުވާލިއެވެ. ކޮނޑުގައި ވެސް ނޫފައިގެން ހުރި ނިޝާންތައް ހުއްޓެވެ. ލިއަމް މަޑުމަޑުން ކައިރިއަށް ޖެހިލަމުން ސާޔާގެ ހެދުން ރަނގަޅުކޮށްލީ ނުހަނު ފަރުވާތެރިވެ ހުރެއެވެ.

މީހެއްގެ ހިލަމެއްވީހެން ހީވެ ސާޔާ ބޯ ހިއްލާލީ ކުޑަކުޑަކޮށް ލޯ ހުޅުވާލަމުންނެވެ. ކޮޓަރިތެރޭ ހުރި ލިއަމް ފެނުމުން ސިހިފައި ފުންމައިގެން ގޮސް ތެދުވެވުނެވެ. ސާޔާގެ މޫނުން ފެންނަން ހުރި ޖެހިލުންވުމުގެ އަސަރުން ލިއަމް ދެރަވިއެވެ. މިހާރު އޭނާދެކެ ސާޔާ ދެކޭ ގޮތް ވާނީ މުޅިން ބަދަލުވެފައިކަން އޭނާއަށް އެނގެއެވެ. ނަަމަވެސް އެހެން ވާކަށް ލިއަމް ބޭނުމެއް ނޫނެވެ. ކުއްލިއަކަށް ލިއަމް ހުރެހުރެފައި ނުކުމެއްޖެއެވެ.

************************

ލިއަމް ނުކުމެ ދޮރު ލައްޕާލުމާއެކު ސާޔާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. މުށްކެވިފައިވީ ދެއަތް ދޫވެ ނަފްސު ހަމައަކަށް އެޅުނެވެ. ދެން އޭނާ ކުރިއަށް ޖެހިލާ ތެދުވެގެން ގޮސް ރީތިވާ މޭޒުމަތީގައި އޮތް ފޯނުން ގަޑިއަށް ބަލާލިއެވެ. ހޫނު ވެފައި ހުރުމުން ފެންވަރާލަން ސާޔާ ގަސްތުކުރިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިލުމަށްފަހު އޭނާގެ ދިގު އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލުމަށްފަހު ހުޅިއެއް ޖަހާލިއެވެ. އެއާއެކު އެ ދޮން ކަނދުރާ އެއްކޮށް ހާމަވިއެވެ. ފެންނަން ހުރި ލަކުނުގައި އަތް ޖައްސާލަމުން ސާޔާ ފުން ނޭވާ އެއް ދޫކޮށްލިއެވެ.

**********************

" ބްރޯ.. އާދޭ ކުޅެން.. "... ގެއަށް ވަތްއިރު ސެހްރާންއާއި ރައުލް ޕީއެސް ކުޅެން ތިތްބެވެ. ލިއަމް ފެނުމާއެކު ސެހްރާން ގޮވާލިއެވެ. ނަމަވެސް ރައުލްގެ ފުރިހަމަ ސަމާލުކަން ހުއްޓިފައި ހުރީ ގޭމަށެވެ. ލިއަމް އައިސް ރައުލް އާއި ޖެހިގެން އިށީނެވެ. ރައުލް އިން ގޮތުން އޭނާގެ އަށް ހެވޭގޮތް ވިއެވެ. ބޮޑާ ހޭކުމުގެ ރައުލް އުޅޭނީ އަބަދުވެސް ކުރީގައޭ ހިތަށް އެރުމުން އޭނާ ބާރުބާރަށް ހޭން ފެށިއެވެ.

ހުއް.. ކޮން ކަމަކާ ތިހެނީ...؟... އަނެއްކާ ވެސް ހިތް ހަމަޖެހޭ ވަރުގެ ހާލެއް އެކުއްޖާއަށް ޖައްސާފަތަ ތިއައީ...".. ރައުލްގެ ނުރުހުންވުން އެކުލެވިފައިވާ އަޑު އިވުމުން ލިއަމްގެ މޫނަށް ސީރިޔަސްކަން ވެރިވިއެވެ. އޭނާ އިޝާރާތް ކޮށްލުމުން ސެހްރާން ޖޮއިސްޓިކް ދިނުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.

" ލުކް.. އޭނަގެ ވާހަކަ ނުދައްކަފާނަންތަ؟...".. ލިއަމް އަހާލީ އާދޭސް ކުރާ ފަދައިންނެވެ. އެކަން ރައުލް އަށް ވެސް އިހްސާސް ކުރެވުނެވެ. ހަގީގަތުގައި އެ ދެމެދަށް މަލިކާ ގެނެވުމުން ރައުލް ހުރީ ލިއަމްގެ ކިބައިން މާފަށް އެދެން ވެސް ބޭނުންވެފައެވެ.

"ސޮރީ..." ރައުލް މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އަދިވެސް އޭނާ ލިއަމްއާ ދިމާލަށް ބަލާކަން ނޫޅުނެވެ.

"އާ ޔޫ ރިއަލީ ސޮރީ" ލިއަމް އެހެން ބުނެލީ ކޮންމާނައެއްގައި ކަމެއް ނޭނގުނެވެ. މަޑުމަޑުން ތެދުވެ ގޮސް ލިއަމް އިށީނީ ކުރިން ސެހްރާން އިން ސޯފާގައެވެ. އެތަނުގައި އިނުމުން އޭނާއަށް ރައުލްގެ މޫނަށް އަރާ ފައިބާ ކުލަތަށް ފެންނާނެތީއެވެ. ރައުލް މަޑު ހޫމް އެއް އަޅުވާލުމަށްފަހު ލިއަމްއަށް ނަޒަރެއް ދިނެވެ. އިރުކޮޅަކު ކުޅެން އިނުމަށްފަހު ރައުލް ޖޮއިސްޓިކް ސޯފާ މައްޗަށް ދޫކޮށްލުމަށްފަހު އައިސް ލިއަމްއާ ޖެހިގެން އިށީނދެ ދެފައި ދަމާލާ ކުޑަ މޭޒުމައްޗަށް އެރުވިއެވެ. ހަމަޖެހިލުމަށްފަހު އޭނާ ދެން ބަލާލީ ލިއަމް އަށެވެ. އެމޫނުން ކަމެއް ދޭހަކުރަން އުޅޭ ފަދައަކުންނެވެ.

"ކިހިނެއްވީ؟" ރައުލް މާ ވަރަަކަށް ބަލަން ފެށުމުން ލިއަމް އެހިއެވެ. އެއާއެކު ލުއި ހިނިތުންވުމެއް ރައުލް ރައްދުކުރިއެވެ. އެ ހިނިތުންވުމުގެ މާނަ ލިއަމްއަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އެ ހިނިތުންވުމުން ރައުލް އެއްޗެއް ބުނެދޭން އުޅުނުކަމެވެ.

"ލިއަމް ވަރަށް ބަދަލުވެއްޖެ" އިރުކޮޅަކު އިނދެފައި ރައުލް ބުނެލިއެވެ. ލިއަމް އެއްމިޔަނަކުން ހީލިއެވެ. މޫނާއެކު އިސްތަށިގަނޑުގައި އޭނާ އަތް ހިންގާލިއެވެ.

"ހާލަތު ވެސް ބަދަލުވެއްޖެއެއްނު" ލިއަމް ބުނެލިއެވެ.

"އަހަރެން ސުވާލެއްކޮއްފިއްޔާ ދޮގު ނުހަދާ ޖަވާބު ދޭނަންތަ؟" ލިއަމް ޖަވާބުދޭނެކަން ޔަޤީން ނުވި ނަމަވެސް ރައުލް އަހާލިއެވެ. ލިއަމް ބޯ ޖަހާލުމާއެކު ރައުލް އޭނާއާ ކުރިމަތިވާ ގޮތަށް އިށީނެވެ.

" ޑޫ ޔޫ ރިމެމްބަރ އަލާރާ ބިންތި ބީކާލް؟...".. ރައުލްގެ ސުވާލާއެކު ލިއަމް ގަނޑުވިއެވެ.

= ނުނިމޭ=

Ads by HDC
  1. އައިންތު

    ވވވ.ސަޅި