ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ރައުލްގެ ކިބައިގައި ހުރި ކެއްކުމުގެ ހުނަރަށް ސާޔާ ތައުރީފު ކުރިއެވެ. އޭނާއަށް ރައުލްގެ ފަރާތުން އެ ކުޑަ ވަގުތު ކޮޅުގައި ވެސް ބައިވަރު ކަންކަން ދަސްވިއެވެ. ލިއަމް ބުނި ފަދައިން ރައުލްއަށް އޭނާގެ މަންމަގެ ހުނަރު ލިިބިފައި އެބަ ހުއްޓެވެ. އެވަގުތު ރައުލްގެ މަންމައާ ބައްދަލުކުރުމުގެ ޝައުޤުވެރިކަން ސާޔާގެ ހިތުގައި އުފެދިގެން ދިޔައެވެ.

Ads by Sosun Fihaara

****************

ދުވެ ނިންމާލުމަށްފަހު ލިއަމް ގެއަށް އައިވަރު ހުރީ ހަަޖެހިފައެވެ. ހެނދުނު އެ މޫނުން ފެނުނު ހިތާމައިގެ އަސަރު ވަނީ އެއްކޮށް ކެނޑިފައެވެ.. ގެއަށް ވަތްއިރު ސެހްރާން ކޮޓަރިން ނުކުންނަނީއެވެ. އޮފީސް ހެދުމުގައި ހުރުމުން ސެހްރާން އޮފީހަށް ދަނީކަން ލިއަމްއަށް ވިސްނުނެވެ.

" ސައިބޮއެގެންތަ ތިދަނީ؟.."... ސޯފާގައި އިށީނދެ ހަމަޖެހިލަމުން ލިއަމް އަހާލިއެވެ.

" މިދަނީ މައްޗަށް ސައިބޯން....".. ސެހްރާން ގަޑިއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އަދި އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބެގީ ރީތި ކޮށްލިއެވެ. ސެހްރާން މައްޗަށޭ ބުނުމުން ލިއަމް އަހާލީ ނަވާރް ކައިރިއަށްތޯއެވެ.

" ނޫން.. ނަވާ ދޮންތި އަދި ނުހޭލާ.. ރެޕަންޒެލް ކައިރިއަށް މިދަނީ.. ރައުލްއާ ދެމީހުން ސައި ތައްޔާރު ކުރަން އެބަ އުޅޭ.. އިރުކޮޅެއްކުރިން ގޮސްލާފަ މިއައީ..."... ސެހްރާން ފަޔަށް ބޫޓު ހެޔޮވަރު ކޮށްލިއެވެ. އޭނާގެ ދުލުން ރެޕަންޒެލްއޭ ބުނުމުން ލިއަމް ހިތްހަމަ ނުޖެހުނެވެ. އެއްޗެކޭ ނުބުނެ އޭނާ ހިނގައިގަތީ ކޮޓަަރިއާއި ދިމާލަށެވެ. ކޮޓަރީގެ ތަޅުގައި ހިފާފަ ވެސް ލިއަމް އަނެއްކާ އެނބުރިލިއެވެ.

" ސެހެރް.. އޭނަ އަށްވެސް ނަމެއް އޮވޭ.. ".. ލިއަމް ނުސީދާކޮށް ބުނެލި ނަމަވެސް ސެހްރާން އަށް އެބުނީ ކީކޭކަން ދޭހަވިއެވެ. އޭނާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ނަމަވެސް ހިނިގަނޑު ކޮންޓްރޯލް ކޮށްލުމަށްފަހު ސެހްރާން ބޯޖަހާލަމުން އަވަހަށް ނުކުތެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ލިއަމް ވެސް ކޮޓަރިއަށް ވަނެވެ. ވެރިވެފައިވާ ހިމޭންކަމުން ލިއަމް އަށް އުނދަގޫވިއެވެ. މިއަދު ކޮންމެވެސް ގޮތަކުން އަލާރާއާއި ލިއަމް އުޅުނު އެޕަރޓްމެންޓްގެ ތަޅުދަނޑި ހޯދަން ލިއަމް ގަސްތު ކުރިއެވެ. އަލާރާއި ގުޅުން ހުރި އެއްޗެއް ނަމަ ލިއަމް ބޭނުމެވެ. މިހާރު އަލާރާގެ ހަނދާނަކަށް ހުރި ހަމައެކަނި ތަކެއްޗަކީ އެއީއެވެ. ނަަމަވެސް މަލިކާ މެން އެޕަރޓްމެންޓް ހުސްނުކުރާ ކަމެއް ވެސް އެނގެނީ އެއް ނޫނެވެ.

ފެންވަރައިގެން ހަމައެކަނި ތުވާލިކޮޅުގައި އައިސް ލިއަމް އެނދުގައި އިށީނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. ކޮޓަރިއަށް ވެރިވެފައިވަނީ ކުޑަދޮރުން އެޅިފައި ހުރި އަލިކަމެއް އެކަންޏެވެ. މިއީ އަލާރާއާއި އެކީ އުޅުނު ކޮޓަރި ނޫން ކަމުގައި ވިޔަސް އެ ހަތަރު ފާރުން އެތެރޭގައި ލިއަމް ހާސްވިއެވެ. އޭނާގެ ނަޒަރު މަޑުމަޑުން ކޮޓަރިތެރެއަށް ދަތުރު ކޮށްލިއެވެ. އެތަނުގައި ވަށައިގެން ވަނީ އަލާރާގެ ހަނދާންތަކެވެ. އެކި ދުވަސްތައް މަތިން ހޭދަކުރެވުނު އުފާވެރި ދުވަސްތަށް ކުލަ މަންޒަރެއްހެން ސިފަވާން ފެށުމުން ލިއަމްއަށް އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. އެ ހިމޭންކަމުން އޭނާ އަށް އުނދަގޫވެއެވެ.

ކުއްލިއަކަށް ސިހިފައި ލިއަމް އިސްއުފުލާލީ ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. އޭރު ރާސިލް ދޮރުމަތީގައި ހުއްޓެވެ. ލިއަމް ހޭލާ އުޅޭތޯ ބަލާލީ ކަމުގައި ރާސިލް ބުނުމުން ލިއަމް ބޯ ޖަހާލިއެވެ. އަނގައިން ބުނާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. ރާސިލް އަށް ފުރަގަސްދެމުން ގޮސް ލިއަމް ހުއްޓިލީ އަލަމާރި ކައިރީގައެވެ. އެތަނުން ގަމީހެއް ނަގައިގެން ބަލަން ހުރުމަށްފަހު އަނެއްކާވެސް އޭތި ކޮނޑެއްގައި އަޅުވާލިއެވެ. ލިއަމްއަށް ވީގޮތް އެނގުމުން ރާސިލް ހަމްދަރުދީވިއެވެ. މިއަދު  އަލާރާ ހުރިނަަމަ އެހެން ނުވީހޭ ހިތަށް އެރުމުން ރާސިލްގެ ހިތް ނުތަނަވަސްވިއެވެ.

" ގެނޭ.. އަހަރެން އިސްތިރި ކޮށްދީފާނަން..".. ފަހަތުން ރާސިލްގެ އަޑު އިވުމުން ލިއަމް އެނބުރިލިއެވެ. އޭރު އެ މޫނުގައި ވަނީ ލުއި ހިނިތުންވުމެކެވެ.

" ނޫނޭ.. މި ވިސްނާލީ އޮފީހަށް ދާން ވާއިރަށް ގަމީސް ގަންނަން.. ނޯޔާ އަށް އަދި ހަނދާންކޮށްދޭންވީ ކަންނޭނގެ.."... ލިއަމް ހިތުގައި ވީ އިހްސާސްތަށް ފޮރުވާލުމުގައި ކާމިބުކުރިއެވެ. އެއްވެސް މީހަކަށް އޭނާގެ ހަނދާންތައް ނުނެތޭކަން އެނގޭކަން ލިއަމް ބޭނުމެއް ނޫނެވެ. އެ ހައްޤު އެއްވެސް މީހަކަށް ލިބިގެންވާކަމަށް އޭނާ ޤަބޫލެއް ނުކުރެއެވެ. އެންމެންވެސް ބެލީ ހަޤީޤަތް އޮޅުވާލެވޭތީއެވެ. ލިއަމް އެންމެ ދެރަވީ އެކަމުގައި މަލިކާ ވެސް ހިއްސާ ވުމުންނެވެ.

ރާސިލް އިރުކޮޅަކު ހުރުމަށްފަހު ދިޔުމުން ލިއަމް ކޮޓަރި ތަޅުލިއެވެ. ދެން އަލަމާރިން ޓީޝާޓަކާއި ސޯޓެއް ނަގައިގެން ގަޔަށް ހެޔޮވަރު ކޮށްލިއެވެ. ލޯގަނޑުން އޭނާގެ ސޫރައަށް ލިއަމް ބަލާލިއެވެ. ނޯޔާ ބުނިގޮތަށް ކާޑުބަލި ޖެހިފައި ހުރި މީހެކޭ ތަފާތެއް ނެތެވެ. ލޯގަނޑުން ފަހަތުގައި ހުރި ކުޑަދޮރުގެ ފޮތިގަނޑު ވަޔާއި އެކީ ހަރަކާތްކޮށްލިތަން ފެނުމުން ލިއަމް ފަސްއެނބުރި ބަލާލިއެވެ. ރީތިވާ މޭޒުގައި ލެނގިލަމުން އޭނާ ޖީބަށް އަތް ޖަހާލިއެވެ. އެ މޫނުން ފެންނަނީ މާޔޫސްކަމާއި ހިމޭންކަމެވެ.

*****************

" ލިއަމް.. ދެން ތެދުވޭ.. މިއަދުވެސް އޮފީހަށް ނުދާން ދޯ ތި އުޅެނީ... ".. ލިއަމްގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން އަލާރާ ބުނެލީ ރުޅި އައިސްފައެވެ. އެއާއެކު ލިއަމްގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

" ޖަސްޓް އެ މިނިޓް ލާރާ.. އެމީހުންނަށް ވެސް އެނގޭނެ އެންނު ހަނީމޫންގަ އޮފީހަށް ނުދާނެކަން...".. އިތުރަށް އަލާރާ ކައިރިކޮށްލަމުން ލިއަމް ނިދޭތޯ ލޯ މަރާލިއެވެ.

" ހަނީމުން ގަ ހާދަ ގިނަ ދުވަހެކޭ ދޯ.. ލިއަމްއަށް ދުވަހަކުވެސް ތި ހަނީމޫން ނުނިމޭނެ.. ތެދުވޭ ދެން.. ".. ލިއަމްގެ އަތްދަށުން ސަލާމަތް ވެގެން އަލާރާ ތެދުވިއެވެ. އޭނާ ގޮސް ހުއްޓިލީ އަލަމާރި ކައިރީގައެވެ. ލިއަމްގެ ގަމީސްތަކުގެ ތެރެއިން އަލާރާ ނެގީ ހުދު ކުލައިގެ ގަމީހެކެވެ. އިސްތިރި ކުރަން ދަމުން އަދިވެސް އޭނާ ލިއަމް އަށް ގޮވާލިއެވެ. ކަންނެތްކަމާއެކު ވެސް ތެދުވެ ލިއަމް ފެންވަރާލިއެވެ.

އޭނާ ނުކުތްއިރު އަލާރާ އިސްތިރި ކޮށްފައި އޮތް ގަމީހާއި ފަޓުލޫނު އަލަމާރީގެ ދޮރުގައި އަޅުވާފައި އޮތެވެ. ބަދިގެއިން ތަށި ގުޑުވާ އަޑު އިވޭތީ ލިއަމް ނުކުންނަންވާ އިރަށް އަލާރާ ސައި ތައްޔާރު ކުރަނީކަން ލިއަމް އަށް އެނގުުނެވެ.

އަވަސް އަވަހަށް ތައްޔާރުވެގެން ނުކުތްއިރު އަލާރާ ތަށިތައް އަތުރަނީއެވެ. ލިއަމް ފެނުމުން އޭނާ ލޯބި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަދި އަތް ފެހުމެނު އައިސް ލިއަމްގެ ޓައި ރަނގަޅު ކޮށްދިނެވެ. ދެން ކޮޓަރިއަށް ވަދެފައި އައީ އިސްޓާކީނު ހިފައިގެންނެވެ. ލިއަމް ސޯފާގައި އިށީނުމުން އަލާރާ އިސްޓާކީނު ލައްވައިދިނެވެ. އެކަން ކޮށް ނިމުމުން ލިއަމް ތެދުވެ އަލާރާގެ ގައިގައި ބައްދާލަމުން ބޮސްދިނެވެ.

" އައި ޑޯންޓް ނޯ ވަޓް އައި ވުޑް ޑޫ ވިތައުޓް ޔޫ .."... ލިއަމް އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އެއާއެކު އަލާރާ ހޫނ އަޅުވާލިއެވެ.

" އުޅޭނެ ގޮތެއް ނޭނގުނަސް ލިއަމް ވާނެ އުޅެން.. އެންމެ މުހިއްމު ކަމަކަށް ގަމީސް އިސްތިރިކުރަން ދަސްކުރަންވީ.. ލާރާ ކޮންމެ ދުވަހަކު ނުހުރެދާނެ އެންނު.. އޭރުން ލިއަމް ޖެހޭނީ އަމިއްލަ އަށް ގަމީސް އިސްތިރިކުރަން..."... އަލާރާ އައިސް ގޮނޑީގައި އިށީންނަމުން ލިއަމް އަށް އަވަސް ނަޒަރެއް ދިނެވެ.

" އޭރުން ދެން ގަމީސް ނުލާނަން.. ".. ލިއަމް ނުހަނު ހަމަގެހިގެން އިނދެ ޕާން ފޮތީގައި ޖޭމް ހާކަން ފެށިއެވެ. އެއާއެކު އަލާރާ ހޭން ފެށިއެވެ.

************************

އެ ހަނދާންތައް ސިކުނޑީގައި ގުގުމަން ފެށުމާއެކު ލިއަމްއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. މާ ގިނައިރުތަކެއް ނުވެ ބޭރުން މީހަކު ދޮރުގައި ތަޅަން ފެށި އަޑު އިވުނެވެ.

އިރުކޮޅަކުން ލިއަމް އައިސް ދޮރުހުޅުވިއެވެ. އޭރު ކަންބޮނޑުވެފައި ރާސިލް ހުއްޓެވެ.

" ލިއަމް.. ހުރިހާ ކަމެއް ރަނގަޅުތަ... ކޮން އަޑެއް އެއީ؟..."... ރާސިލް ކޮޓަރިއަށް ނަޒަރު ހުއްޓާލަމުން އަހާލިއެވެ. ލިއަމްގެ މޫނުން ވަކި ތަފާތުކަމެއް ވެސް ފެންނާކަށް ނެތެވެ. ކޮޓަރިތެރެ ވެސް އޮތީ ކުރިން އޭނާ ދިޔަ އިރުވެސް ހުރި ގޮތަށެވެ.

ލިއަމްގެ އެ ހަރަކާތުން ރާސިލް ހައިރާންވިއެވެ. ނަމަވެސް އެކަން މާބޮޑު ކަމަކަށް ނުހެދީ ލިއަމް އަދި އެއްކޮށް ހަމައަކަށް ނޭޅެނީއޭ ހިތަށް އަރުވާލަމުންނެވެ.

ދޮރު ލައްޕާލުމަށްފަހު ހުރިގޮތަށް ލިއަމް އަށް ތިރިވެވުނެވެ. މިއަދު އަލާރާ މަތިން މާބޮޑަށް ހަނދާންވަނީޢެވެ. އެކްސިޑެންޓަށް ނުވަ މަސް ފުރުނީއެވެ. އެހެންމީހުން އެ ހިތާމައިން މިންޖުވިއިރު ލިއަމް އަށް އަދި ފެށުނީއެވެ. ދުވަހަކުވެސް އެ ހިތަށް ލުޔެއް ނުލިބޭނެއެވެ. މަރާލެވިފައިވާ ދެ ލޯ މަޑުމަޑުން ހުޅުވާލުމާއެކު ހިފެހެއްޓިފައި ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ލޮލުގެ ހިމަކޮޅުން ފައިބައިގެން ދިޔައެވެ.

*******************

ނުވައެއް ޖަހަން ކައިރިވެފައި ހުއްޓާ ނަވާރް ވެސް ތެދުވެގެން އައިސް ސާޔާ މެންނާއި ބައިވެރިވިއެވެ. އޭރު ސެހްރާން ސައިބޮއެެގެން އޮފީހަށް ގޮއްސިއެވެ. އިރުކޮޅަކުން ދޮރުގައި ޓަކި ދޭން ފެށުމުން ނަވާރް ގޮސް ބަލާލިއިރު އެއީ ލިއަމްއެވެ. ނަވާރް ފެނުމުން ލިއަމް ހެނދުނުގެ ސަލާމް ގޮވާލާފައި އެތެރެއަށް ވަނެވެ. އޭރު ސްޓޫލްގައި އިން ސާޔާގެ ނަޒަރު ވެސް ވީ ލިއަމް އަށް ހުއްޓިފައެވެ.

މަޑު ފެހި ކުލައިގެ ޓީޝާޓާއި ކަކުލާއި ހަމައަށް އަރާ ނޫކުލައިގެ ޖީންސް ސޯޓުގައި ލިއަމް މާ ރީތިހެން ސާޔާ އަށް ހީވިއެވެ. އޭނާ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނަމަވެސް ލިއަމް ދުރު ބަލާލަމުން އައިސް އިށީނީ ރައުލް އާއި ޖެހިގެންނެވެ. ލިއަމްގެ އެ ދުރުކަމުން ސާޔާ ހިމޭންވިއެވެ. ރޭގައި އެ ލޮލުން ފެނުުނު ހަމްދަރުދީގެ ކަންފުޅެއް ވެސް މިހާރު ފެންނާކަށް ނެތެވެ. ރޭގައި ލިއަމް އޭނާ އަށް އޮޅުވާލީ ކަމުގައި ސާޔާ ޔަޤީން ކުރިއެވެ. ލިއަމް އޭނާ ދެކެ އެހާ ރުޅި އަންނަން ޖެހޭ ސަބަބެއް ސާޔާ އަށް ނުވިސްނުނެވެ. ނަވާރް ނުވަތަ ރައުލް ކައިރީގައި ވެސް އަހާލަން ނުކެރެނީ އެ ހިތުގެ ހާލު ބޭޒާރު ވެދާނެތީއެވެ.

ސާޔާ އެއީ އެތާ އިންމީހެއްކަމަށް ވެސް ހަދާ ނުލައި ލިއަމް ފެށީ ވިޔަފާރީގެ ވާހަކައެވެ. ނަވާރް ފެންވަރަން ދިޔުމުން ސާޔާ އެކަނިވިއެވެ. ރައުލް ކިތަންމެހާ ވެސް އޭނާ ބައިވެރިކުރެވޭތޯ ބެލިއެވެ. ނަމަވެސް ލިއަމް ކޮންމެ ފަހަރަކުވެސް ކޮންމެވެސް އެއްޗެކޭ ބުނެ ސާޔާ ދެރަކޮށްލައެވެ. ނޫނީ ސާޔާ ދައްކާ ވާހަކަތައް އަޑު ނީވޭ ކަމަށް ހަދާލައެވެ. ލިއަމްގެ އެ ހަރަކާތްތަށް ފާހަނގަކުރެވޭތީ ރައުލް އަށް އިނދެވުނީ ޝައްކެއްގެ މަތީގައެވެ.

އެންމެ ފަހުން ސާޔާ ތެދުވެ ހަޑިވެފައި ހުރި ތަށިތައް ނެގިއެވެ. އަދި ލައިގެން ހުރި ޓީޝާޓުގެ އަތް އޮޅާލުމަށްފަހު ތަށިތައް ދޮވެފައި ހިއްކަން ބެހެއްޓިއެވެ. އޭނާ އެ މަސައްކަތުގައި ހުރިިއިރު ދޭތެރެ ދޭތެރެއިން ލިއަމްގެ ސިއްރު ނަޒަރުތައް އަމާޒުވެއެވެ. ރައުލް ބުނެލާ އެއްޗެހިން އެ ތުންފަތަށް ވެރިވާ ހިނިތުންވުން ފެނުމުން ލިއަމް ނުރުހުންވިއެވެ. އެ ހިތުގެ ހަމަޖެހުން ގެއްލުނެވެެ. އިރު އިރުކޮޅާ ސާޔާ ނިތްކުރިމައްޗަށް އެޅޭ ކުދި އިސްތަށިތައް ދުރުކުރާތީ ރައުލް ކުޑަކޮށް ތެދުވެ ހުރެ އެ އިސްތަށިތައް ރަނގަޅު ރަނގަޅުކޮށްދިނެވެ. އެއާއެކު ސާޔާ ލޯބިގޮތަކަށް ހީލިއެވެ. ލިއަމްގެ ލޮލުގައި އަޅައިގަތީ އޭނާގެ ކޯތާފަތަށް އެޅުނު އަޑިކޮޅެވެ.

ސާޔާ އާއި މެދު ލިއަމްގެ ހިތުގައި އޮތް ފޫހިކަން ރުޅިވެރިކަމަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެެވެ. އަލާރާގެ ބަދަލުގައި ސާޔާ އެހާ އުފާވެފައި ހުންނަތަން ދެކެން ލިއަމް އަށް ކެތެއް ނުކުރެވޭނެއެވެ. މިއަދު އެކަކު ވެސް އަލާރާގެ މަތިން ހަނދާން ނުކުރަނީ ސާޔާގެ ސަބަބުން ކަމުގައި ލިއަމް ޤަބޫލު ކުރިއެވެ. ލިއަމް ޔަޤީން ކުރީ ސާޔާ އަށް ވެސް އަލާރާގެ ހަަޤީޤަތް އެނގޭނެ ކަމުގައެވެ. ގަސްތުުގައި ލިއަމް އަށް އޮޅުވާލައި ދެރަކުރަން އުޅެނީ ކަމުގައެވެ. އެ އާއިލާއިން އަލާރާއަށް ދީފައިވާ މަޤާމް ދާދި އިހަކަށް ދުވަހު އައި މީހަކަށް ދިނުމުން ލިއަމްއަށް އެކަން ޤަބޫލު ކުރަން ދަތިވިއެވެ. އެހާ އަވަހަށް އެންމެން މާޒީ ހަނދާން ނައްތާލީއެވެ. ރައުލް އާއި ރާސިލް ވެސް ހުރި ހަމައެކަނި އަންހެންކޮއްކޮ މަތިން ހަނދާން ނައްތާލީއެވެ. ނަވާރް ވެސް އެހާ ވަރުން އަލާރާ އާ ހެދި އުޅެފައި މިހާރު ސާޔާ އައުމުން ބަދަލުވީއެވެ.

ސާޔާ އާއި އަލާރާއި އެހާ ވައްތަރުވާން ޖެހޭ ސަބަބާއި މެދު ލިއަމް ވިސްނާލިއެވެ. ޔަޤީނަށް ވިއްޔާ ސާޔާ އަށް އަލާރާގެ ފޮޓޯއެއް ފެނުނީއެވެ. ރަނގަޅަށްވެސް ސާޔާ އަލާރާ ކޮޕީ ކޮށްލީތާއެވެ. އެހާ ދޮންވާން މޫނު ފެމް ކޮށް ބްލީޗް ކުރީ ކަންނޭނގެއެވެ. އިސްތަށިގަނޑުގައި ވެސް އެހުންނަ ކުލައަކީ ތަފާތު ކުލައެކެވެ. ބްރައުން ކުލައިގެ އިސްތަށިގަނޑުން އަރާ ވިދުމަކީ ވެސް ކޮންމެވެސް އެއްޗެއް ބޭނުުންކުރާތީ ވާގޮތެއްކަން ޔަޤީނެވެ. ރޭގަ ހިނދުކޮޅަކަށް އެއީ ޤުދުރަތީ ރީތިކަމެކޭ ހީވިޔަސް ލިއަމްގެ ސިކުނޑި އެކަމާއި ދެބަސްވިއެވެ. އަލާރާ އަށް ވާން އުޅުނަސް ސާޔާއަށް އެކަން ނުވާނެއޭ ބުނެ ހަޅޭއްލަވައިގަންނަން ލިއަމް ބޭނުންވިއެވެ.

ސާޔާގެ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު ލިއަމްއަށް ދަތްކުނޑިވިކާލެވެއެވެ. އުނގުގައި ބާއްވާލެވިފައި އޮތް ދެއަތްތިލަ އެއްއަތް އަނެއްއަތާ މަހާލައިގެން އިން އިރު އިނގިލިތަކުން އަތަށް ބާރުކޮށްލައެވެ. ކަތުރުކަށިގަނޑަށް ބާރުކުރަމުން ދިޔައިރު އެ ކަޅުކަންގަދަ ބުމަ ވަނީ ކައިރިކުރެވިފައެވެ. އެހެން އިނުމަށްފަހު ކުއްލިއަކަށް ލިއަމް ތެދުވިއެވެ. އަދި ނުހަނު ހަލުވިކަމާއެކު ގޮސް ސާޔާގެ އަތުގައި ހިފައި އޭނާއާ ދިމާލަށް އަނބުރާލިއެވެ.

" ލިއަމް..."... ރައުލް ހާސްވެފައި ހުރެ ގޮވާލިއެވެ. ނަމަވެސް ލިއަމް ބަލާލުމާއެކު އަތް އުފުލާލީ އިތުރަށް އެއްޗެއް ނުބުނާށޭ ބުނާފަދަ ގޮތަކަށެެވެ. ނަމަވެސް ލިއަމްގެ ހަރާތުން ރައުލް ފަހަތަކަށް ނުޖެހުނެވެ.

" ކިހިނެތް ވެގެންތަ ލިއަމް ތި އުޅެނީ.. ވަޓް ހޭޒް ޝީ ޑަން ޓު ޔޫ.. ބޭނުންވީމަ ބޭނުން ގޮތެއް ހަދަން ސާޔާ އެއީ ލިއަމްގެ ކާކު؟.. "... ރައުލް ހިތްހަމަނުޖެހިފައި އައިސް ލިއަމްގެ އަތް ނެއްޓުވޭތޯ އުޅުނެވެ. ނަމަވެސް އެ އަތް ފޮޅުވާލަމުން ލިއަމް ބަލާލީ ނުރުހުންވެފައެވެ.

" އަހަރެންގެ ކަންކަމާ ނުބެހި ރައުލް ހުރޭ ދުރުގަ... ކުރިން ވެސް ބުނިން... އައި ހޭވް ދި ރައިޓްސް ....".. ލިއަމް ދަތްކުނޑި ވިކާލަމުން ބުނެލިއިރު އެ ލޮލުގައިވީ ނުރުހުންވުން ރައުލްއަށް ސިއްރެއް ނުވިއެވެ. އެވަގުތު އަޑުގަދަވެގެން ނަވާރް ދޮރުހުޅުވާލަމުން ބޯ ދިއްކޮށްލިއެވެ. ސާޔާގެ އަތުގައި ހިފަހައްޓައިގެން ހުރި ލިއަމް ފެނުމުން ނަވާރް ވެސް ހައިރާންވެ ކަންބޮޑުވިއެވެ.

" ލިއަމް.. ވަޓްސް ގޮއިންގް އޮން...؟.. ސާޔާ އަތުން.."... ނަވާރް އަށް އަދި ޖުމްލަ ފުރިހަމަ ނުކުރެވެނީސް ލިއަމް ސާޔާ އަތުން ދޫކޮށްލިއެވެ. ނަމަވެސް ދެން އޭނާ ހިފާލީ ދެފަރާތުން ސާޔާގެ ކޮނޑުގައެވެ. ނުރައްކާތެރި ދަރަޖައަކަށް އެ މޫނާއި ކައިރިވެލަމުން ލިއަމް ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރު ސާޔާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ބިރުގެންފައި ހުރުމުން އެ ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ. އޭރު ނެގިނެގިފައި އެހިތް ޖެހެމުން ދިޔައެވެ. ލިއަމް އެހާ ރުޅިއަންނަންވީ ސަބަބެއް ނޭނގުމުން ސާޔާ ހާސްވިއެވެ.

" ލިއަމް.. ތަދ...".. ސާޔާ ބުނަން އުޅުނު ޖުމްލަ ހުއްޓާލީ ލިއަމް ކުރިއަށްވުރެ މޫނު ކައިރި ކޮށްލުމުންނެވެ. ސާޔާ މޫނު އަނެއްފަރާތަށް އަނބުރާލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އަށް އެކަން ނުވީ ލިއަމް އެއް އަތުން އެ މޫނުގައި ހިފެހެއްޓުމުންނެވެ.

އޭރުވެސް ނަވާރް އާއި ރައުލް ސާޔާގެ ގައިން ދޫކުރަން ބުނަމުން ދިޔައެވެ. ނަަމަވެސް ލިއަމް އަށް އެ އަޑުތަކެއް ނީވޭ ފަދައެވެ.

ލިއަމްގެ ނޭވާ ސާޔާގެ މޫނަށް އެޅެމުން ދިޔައެވެ. އޭނާގެ ނިޔަފަތިތަށް ސާޔާގެ ކޮލަށް ހެރި ލޭކުލަ ފާޅުވާން ފެށުމުން ވެސް ދޫކުރާ ވިސްނުމެއް ލިއަމްގެ ނެތެވެ. އެއްވެސް އިހްތިޔާރަކާ ނުލައި ސާޔާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އުނދަގުލުން އޭނާ އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް ލިއަމް އޭނާގެ އަތަށް އިތުރަށް ބާރުކޮށްލުމުން ސާޔާގެ އަނގައިން ވޭނީ އާހެއްގެ އަޑު ބޭރުވިއެވެ.

ކުއްލިއަކަށް ލިއަމް ވިއްސައިިގެން ގޮސް ދުުރުގައި ޖެހުނެވެ. އޭރު ރައުލް ހުރީ ނުހަނު ރުޅި ގަދަވެފައެވެ. އޭނާ ދިޔަގޮތަށް ގޮސް ލިއަމްގެ ޓީޝާޓުގައި ހިފާ ކޮޅަށް ތެދުކޮށް ސޯފާއާއި ދިމާލަށް ހޫރާލިއެވެ. އޭރު ވެސް ލިއަމް ގެ މޫނުން ނުރުހުންވުން ފެންނަމުން ދިޔައެވެ.

ލިއަމްގެ އަތް ނެއްޓުމާއެކު ސާޔާ ހުރިތަނަށް ތިރިވިއެވެ. އޭރު އެ ހަށިގަނޑު ނުހަނު ބޮޑަށް ތުރުތުރު އަޅަމުން ދިޔައެވެ. ދެލޯ ބޮޑުވެފައި އިން އިރު ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ނޭވާ ނުލެވިގެން އުޅޭ މީހެއް ފަދައިން ސާޔާ ފުން ނޭވާތަކެއް ލާން ފެށުމުން ލިއަމްގެ ކުޑަކޮށް ހަމައަކަށް އެޅުނެވެ. ނަމަވެސް އޭރު ވެސް އޭނާ ހުރީ ދަތްކުނޑި ވިކާލައިގެންނެވެ.

ލިއަމް ތެދުވުމާއެކު ރައުލް އޭނާ ހިފެހެއްޓިއެވެ. ނަމަވެސް ނުރުހުންވެފައި ރައުލްގެ އަތް ފޮޅުވާލުމަށްފަހު ލިއަމް އަނެއްކާވެސް ހިނގައިގަތީ ސާޔާއާއި ދިމާލަށެވެ. ނަމަވެސް ސާޔާ ބިރުން ފަހަތަށް ޖެހެެން ފެށިއިރު ނައުމަށް ބުނަމުން ދިޔައެވެ.

" ލިއަމް އަށް އަޑެއް ނީވޭތަ؟.. ކިހިނެތް ވެގެން ތި އުޅޭނީ؟.. މޮޔަވީތަ؟.. ތީ އަހަރެންގެ ޓްވިން ލިއަމް އުޅޭނެ ގޮތެއް ނޫން.. ހީ އިޒް މޯރ ކެއަރިންގް. ނޮޓް ހަރޓްލެސް ލައިކް ޔޫ..".. ލިއަމްގެ ކުރިމައްޗަށް އަރަމުން ނަވާރް ބުނެލީ ތަންކޮޅެއް ބާރަށެވެ. އެކަމުން ލިއަމްއަށް މާބޮޑު އަސަރެއް ކުރިހެން ހިއެއް ނުވެއެވެ. ނަވާރް އެއް ފަރާތް ކޮށްލަމުން ލިއަމް ސާޔާއާއި އެއްވަރަކަށް ތިރިވިއެވެ.

" އޯހް.. ރެޕަންޒެލް... ޔޫ އަރ ބްލީޑިންގް.. "... އަތުގެ ނުފުށުން ސާޔާގެ ކޯތާފަތުގައި ފިރުމާލަަމުން ލިއަމް ބުނެލީ މަޑުމަޑުންނެވެ. ލިއަމްގެ އެ ހަރަކާތުން ސާޔާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ނަމަވެސް ލިއަމް ސާޔާގެ މޫނުގައި އެއް ފަރާތުން މަޑުމަޑުން ހިފާލަމުން އޭނާ އާއި ދިމާލަށް އަނބުރާލިއެވެ. އޭރު އެ ބުމަ ވަނީ ގޮށްޖެހިފައެވެ.

" ޔޫ ބެޓަރ ގެޓް އައުޓް ފްރޮމް ހިއަރ.. ".. ލިއަމްގެ އަޑުގައިވީ ނުރައްކާތެރި ކމަުގެ އަސަރު ސާޔާގެ ނަފްސަށް ކުރުވި ކަހަލައެވެ. އެ ލޮލުން އަންނަމުން ދިޔަ ކަރުނަތަކަށް ވެސް ހުއްޓުމެއް އައެވެ. ދެލޯ ބޮޑުވެފައި އޭނާއަށް ބަލަން އިނދެވުނީއެވެ. ހައިރާންކަމާއި ބިރުވެރިކަމާއި އެކުގައެވެ.

=ނުނިމޭ=

Ads by HDC
  1. އާމިނަތު

    ވަރަށް އަސަރުކޮއްފި