ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

އަލަމާރި ތަކުގެ ތިރީގައި ހުރި ވަތްގަނޑުތަކުގައި ތަފާތު ގަހަނާގެ ބާވަތްތަށް ހުރި އިރު އެތަކެއްޗަށް ބަލާ ފޫހި ނުވާނެކަން ގައިމެވެ.

Ads by STELCO

އެތަނުން ވެސް ސާޔާގެ ލޮލުގައި އަޅައިގަތީ ދަނބު ކުލައިގެ ހިތެއްގެ ބައްޓަމަށްވާ ފުލެއް އިން ފަށެކެވެ. އެ ހިތުގެ ވަށައިގެން ގޯލްޑް ކުލައިގެ ދެތިން ރޮނގު އިން އިރު އޭގައި ވިދުމެއް ވިއެވެ.

" މިއީ ކާކުގެ އެއްޗެއް؟...".... ސާޔާ ހައިރާންވެފައި ހުރެ އެ ފަށް އަތަށް ނެގިއެވެ. އޭތި އެތަނުގައި އޮންނަންވީ ކީއްވެތޯ އޭނާގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ.

ސާޔާގެ ސުވާލުން ނަވާރްގެ ހިތުގައި ވެސް އުފެދުނީ ސުވާލެކެވެ. ސަޔާއަށް އެ ހުރިހާ ގަހަނާތަކުގެ ތެރެއިން އެ ފަށް ހާއްސަވީ ކީއްވެ ހެއްޔެވެ؟.. އެ ފަށާއި ސާޔާއާއި ކޮން ގުޅުމެއް ހެއްޔެވެ؟...

**********************

" ނަވާ..."... ސާޔާ ނަވާރްގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ އޭނާ އެއްޗެކޭ ނުބުނެ ބަލަން ހުރުމުންނެވެ. އެއާއެކު ސިހިފައި ނަވާރް މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.

" ތި ފަށް ކިހިނެތްވީ؟.. ނަވާ އަށް އެނގިގެން ތިއީ އެއްވެސް މީހެއްގެ އެއްޗެއް ނޫން..."... ނަވާރް ބެލީ ވީހާވެސް އާދައިގެ ގޮތަކަށް ބުނެވޭތޯއެވެ. ސާޔާގެ ސަބަބުން އޭނާގެ ވިސްނުން އެހެން ދިމާލަކަށް ގެންދަން މަޖުބޫރު ވެއްޖެއެވެ.

ނަވާރްގެ ޖަވާބު އިވިފައި ސާޔާ އަނގަޔަށް ގޮތެއް ހަދާލިއެވެ.

" ސާޔާ އަތުގަ ކުރިން މީގެ ފަށެއް އޮތް.. އެއީ ވަރަށް ކުޑައިރު... ކިރިޔާ ހަނދާން ހުންނަނީ... ".. ސާޔާ ބުނެލީ އެ ފަށުގައި ފިރުމާލަމުންނެވެ. އެހަރަކާތުން އެކަނި ވެސް އެހިތުގައި އެފަށަށް އޮތް ލޯބި ނަވާރް އަށް އަންދާޒާ ކޮށްލެވުނެވެ.

" މިހާރު ކޮބާ ؟... ".. ނަވާރް ހުރީ ސާޔާގެ ވާހަކަތަކަށް ޝައުޤުވެރި ވެފައެވެ. އެފަށަށް ވީ ގޮތް އެނގެން އޭނާ ބޭނުމެވެ.

" ނޭނގެ.. ގެއްލުނީ.. ވަރަށް ދެރަވި އެދުވަހު.. މަންމަ ބުނީ އަދި ލިބޭނެ އޭ އެކަހަލަ ފަށެއް..."..... ސާޔާ ލުއިކޮށް ހީލިއެވެ. އެވަގުތު އެ ލޮލުގައި ވީ ތަފާތު ވިދުވަރެކެވެ. ތުންފަތުގައި ވީ އުފާވެރި ހިނިތުންވުމެކެވެ. ނަވާރްގެ ލޮލުގައި ސާޔާގެ ކޮލަށް އެޅުނު އަޑިކޮޅު އަޅައިގަތުމުން އިސްޖަހާލިއެވެ. މިއީ އިއްތިފާޤަކަށް ވެދާނެ ކަމާއި މެދު އޭނާއަށް ޝައްކެވެ.

ސާޔާގެ ދުލުން އޭނާގެ މަންމަގެ ވާހަކަ އިވުމުން ނަވާރްގެ ސުވާލުތަކަށް އާ ބޮޅެއް އިތުރުވިކަހަލައެވެ. ރައުލްގެ ސަބަބުން އޭނާއަށް ސާޔާއާއި ސުވާލެއް ކުރެވެން ނެތުމުން ނަވާރް ތުން ފިއްތާލިއެވެ.

" ތިއީ ސާޔާގެ އެއްޗެއް މީގެ ފަހުން.. ގެނޭ ނަވާ އަޅައިދޭނަން.. ".... ނަވާރް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ސާޔާގެ އަތުން ފަށް އަތުލަން އުޅުނެވެ. ނަމަވެސް ސާޔާ އެކަމުން މަނާ ވެގަތީ އެހަށިގަނޑުގައި ވާ ޒަހަމްތައް އިތުރު ފަރާތަކަށް ފެންނަން ނޭދޭތީއެވެ.

****************************

" ނޯޔާ... ދޭބަލަ ޔަލް ދޮންތި އަށް ގޮވާލަން......".... ބަދިގޭގައި ހުރެފައި މަލިކާ ގޮވާލީ ސިޓިންގް ރޫމުގައި އިން ނޯޔާ އަށެވެ. އަތް މަތި ނުހަނު އަވަސްކޮށް މަލިކާ ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔައެވެ. ރައުލް ޚާއްސަ މެހެމާނަކު އަންނަ ވާހަކަ ބުނުމުން ރަނގަޅު ފެންވަރުގެ ކެއުމެއް ތައްޔާރުކުރަން އޭނާ ބޭނުންވިއެވެ. މާތް ﷲ އެ އާއިލާއަށް ތަނަވަސްކަން ދެއްވާފައި ވިޔަސް އެ މުއްސަނދިކަމުން އިސްރާފް ކުރުމަކީ އެ އާއިލާގެ އާދައެއް ނޫނެވެ. އަމިއްލަ އަތުން މަސައްކަތެއް ނުކޮށް އުޅެވޭނެހާ ފަސޭހަ ދިރިއުޅުމެއް އުޅެވެން އޮތް ނަމަވެސް ގޭގައި ކުރަންޖެހޭ ކަމެއް ނަމަ އެކަމެއް ކުރަން މަލިކާ ބޭނުންވަނީ އަމިއްލަ އަށެވެ.

" ސާބަހޭ ކުޑަމަންމާ... މާ ބުރަކޮށް އުޅެން ހަދައިގެން އަޅުގަނޑު އައިކަމެއް ވެސް ނޭނގެ ދޯ......." ފަހަތުން ޔަލާގެ އަޑު އިވުމުން މަލިކާ އުނދުން ކައިރީ ހުރެފައި ފަސްއެނބުރި ބަލާލިއެވެ.

" ރަނގަޅު ވަގުތެއްގަ ޔަލް ތިއައީ.. ކުޑަމަންމަ އަށް މެގްނަމް ޕުޑިން އަޅައިދީބަ.. ހުރިހާ ސާމާނެއް ވެސް ހުންނާނެ މޭޒު މަތީގަ... އެބަ އަންނަން މަލާން ކައިރިއަށް މައްޗަށް ގޮސްލާފަ... އުނދުން މަތީގަ ހުރި ސްޕެގެޓީ ތެއްޔަށް ބަލައްޗޭ ނޯޔާ...".. ޓިޝޫ އަކުން އަތް ފޮހެމުން މަލިކާ ކުރަންވީ ކަންކަން ފައްޗަކަށް އަމުނާލިއެވެ.

ޔަލާގެ މެގްނަމް ޕުޑިން އަކީ އެގޭގައި ނުހަނު ޚާއްސަ އެއްޗެކެވެ. ގޭގައި ފޮނި އެއްޗެއް ތައްޔާރު ކުރަން ވެއްޖެނަމަ މަލިކާ އަބަދުވެސް ގެންނާނީ ޔަލާއެވެ. ފިރިހެން ވެރިންނަށް ވެސް އެގޮތް މާ ކަމުދާތީއެވެ.

" މިއަދު މާ ހާއްސަ ކަމެއް އޮތީތަ؟... ކުޑަމަންމަ ހާދަ ސާމާނެކޭ މި ތައްޔާރު ކުރަނީ... "...... މޭޒު މަތީގައި ހުރި ކިރު ޕެކެޓް ކަނޑާލަމުން ޔަލާ ތެއްޔަކަށް އޮއްސާލިއެވެ.

" ލާލު ބުނި ކޮންމެ ވެސް ކުއްޖެއް ގެންނަ ވާހަކަ.. އެހެންވެ މަންމަ އެވަރުން އެ އުޅެނީ.. ޔަލް ދޮންތި އަށް އެނގެއެންނު މެހެމާނެކޭ ބުނެފިއްޔާ މަންމަ ކައްކަން ހުންނަ ފޯރި..."... ނޯޔާ އަނގަޔަށް ގޮތެއް ހަދާލީ ޔަލާ ހޭން ފެށުމުންނެވެ. ލާލު އަކީ ނޯޔާ ކުޑައިރު ރައުލް ކިޔަން އުޅުމުގެ ތެރޭގައި ކިޔުނު ނަމެކެވެ. އޭގެ ފަހުން އެންމެނަށްވެސް އެނަން ކަމުދިޔުމުން ނޯޔާ އަށް މިހާރު ވެސް އާދަވެފައި ވަނި ރައުލް އާއި ލާލުގެ ނަމުން މުޚާތަބު ކުރުމަށެވެ.

" ނޯޔާ ހިތަށްއަރާ މެލެކް އާންޓީ މެންވެސް އަންނާނެ ނަމައޭ.. ބަޓް ދެޓްސް ނޮޓް ގޮނަ ހެޕެން ދޯ ޔަލް ދޮންތި.. ވަރަށް މިސް ވޭ ރާސިލް ދޮންބެ މަތިން ވެސް.. ".... ނޯޔާ އަކީ އަނގަގަދަ ކުއްޖެކެވެ. އެންމެ ފަހަރަކުވެސް މަޑުން ހުރުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ.

" ޔަލް ދޮންތި... ކިހިނެތް ތި ހެދީ..."..... ކުއްލިއަކަށް ޔަލާގެ އަތުން ދޫވެގެން އަތުގައި އޮތް ސަމްސާ ވެއްޓުމުން ނޯޔާ ސިހުނެވެ. ނޯޔާގެ އަޑު ޖެހުމާއެކު ޔަލާއަށް ހަމަހޭވެރިކަން ލިބުނު ކަހަލައެވެ. ރާސިލްގެ ނަން އިވުމުން ޔަލާ ހިމޭންވިއެވެ. އެ މޫނުގައިވީ ހިނިތުންވުން ފޭދުނެވެ.

" ތިވާހަކަ ނުދައްކާތި މީގެ ފަހުން.. ނޯޔާ އަށް އެނގެއެންނު މަންމަ އަށް އަޑު އިވިއްޖެނަމަ ދެރަވާނެކަން....".... ޔަލާ މަޑުމަޑުން ބުނެލިއެވެ. ހަޤީޤަތުގައި އެވާހަކަ އަޑުއަހަން އޭނާއަށް ވެސް ފަސޭހައެއް ނޫނެވެ. ފަރުދާގެ ފުރަގަހުގައި ހުރެ ޔަލާ ވަމުންދާ ޤުރުބާނީ މީހަކަށް ފެންނާނެ ނަމައެވެ.

" ޔަލް... "... ބަދިގެއަށް ވަތް ލޫކަސް ގޮވާލި އަޑަށް ނޯޔާ ވެސް އިސްއުފުލާ ބަލާލިއެވެ. އެ މޫނުން ލޫކަސް އަށްޓަކާ ފެނުނީ ފިނިކަމެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ނުހަނު ހުޝިޔާރު ކަމާއެކު ނޯޔާ އެ އިހްސާސްތަށް ފޮރުވާލިއެވެ.

" ކޮބާ ކިރާޒް... ހޭލައިފިތަ؟.."..... ޔަލާ ލޫކަސް އަށް ނަޒަރެއް ދެމުން އަހާލިއެވެ. އޭރު ދިޔައީ ތަށީގައި ހުރި ބިސްކޯދުތައް ތަރުތީބުން ޓްރޭ އެއްގައި އަތުރަމުންނެވެ.

" އިރުކޮޅެއް ވެއްޖެ.. މިހާރު އެބައިން ކުޅޭ އެއްޗެހި ކައިރިކޮށްގެން..."... ލޫކަސް ހެވިފައި ހުރެ ބުނެލިއެވެ. ޔަލާއާއި ދެމީހުން ވާހަކަ ދައްކަމުން ދިޔަ އިރު ނޯޔާއަށް އެދެމީހުން ސިފަ ކުރެވުނީ ގާތް އެކުވެރިން ފަދައިންނެވެ.

ޔަލާއާއި ލޫކަސް މާލެ ބަދަލުވީ މީގެ މަހެއް ކުރިންނެވެ. ކިރާޒް އަށް ހަތް މަހުގައެވެ. އެހެން ކަމުން ލޫކަސް އަކީ އެގެއަށް އާ މޫނެކެވެ. ޚާއްސަކޮށް އެހާ އަވަހަށް ކައިވެނި ކުރެވިގެން ދިޔުމުން ލޫކަސް އާއި ގޭގެ މީހުންނާ މާ ގާތް ގުޅުމެއް އުފެދިފައި ނެތެވެ. ނަމަވެސް ދުވަސް ވާ ވަރަކަށް އެކަން ރަނގަޅުވާނެ ކަން އެންމެންވެސް ދަނެއެވެ.

ޔަލާއާއި ލޫކަސްގެ ވާހަކަތަކަށް ނޯޔާ ސަމާލުކަންދީގެން ހުރިއިރު އެމޫނަށް އިރުއިރުކޮޅާ ހައިރާންކަން ވެރިވަމުން ދިޔައެވެ. ނޯޔާގެ ތޫނުފިލި ސިކުނޑިން ކޮންމެވެސް އަންގައިދެމުން ދިޔަ ކަހަލައެވެ.

*****************************

ނަވާރް ދިޔުމުން ސާޔާ ގޮސް ކޮޓަރީގެ ތަޅުލިއެވެ. އޭރު އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވެއްޖެއެވެ. ސާޔާ ފުން ނޭވާ އެއް ދޫކޮށްލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ލޯ މަރާލައިގެން އޮތް އިރު އެ ތުންފަތުގައި ވީ ލުއި ހިނިތުންވުމެކެވެ. ރައުލް ދިޔަފަހުން ހަބަރެއް ނުވާތީ އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.

ސާޔާ މަޑުމަޑުން ތެދުވެ ކޮޓަރީގެ އެކި ތަންތަނަށް ނަޒަރު ހުއްޓާލިއެވެ. ނަވާރް ހުރުމުން އޭނާ ބަލަން ބޭނުންވި ހުރިހާ އެއްޗެއް ނުބެލުނެވެ. ސާޔާ އަށް ޔަޤީންވާ ކަމަކީ އެއީ މީގެ ކުރިން މީހަކު އުޅެފައިވާ ތަނެއް ކަމެވެ. ނަމަވެސް އޭނާ އަށް ނޭނގެނީ އެތަނުގައި އުޅުނީ ކާކު ކަމެވެ.

ކޮންމެ ގޮތެއްވިޔަސް އެ ކޮޓަރީގައި އުޅުނު ފަރާތަކީ ދަނބު ކުލައަށް ލޯބި ކުރާ ފަރާތެއްކަން ބުނަން ސާޔާ އަށް ޔަޤީނެވެ. ފާރުތަކުގައި މަޑު ދަނބު ކުލައެއް ލާފައިވާއިރު ކުޑަދޮރުގެ ފޮތިތައް ވެސް ވަނީ ދަނބު ކުލައިގެ ޝޭޑެއްގައެވެ. ތިރީގައި އަޅާފައިވާ ކާޕެޓް ވެސް ވަނީ އެކުލައިގައެވެ. އެނދުގެ ބެޑްޝީޓާއި ކުއިލްޓުން ފެށިގެން ފަރުނީޗަރުތަކުގައިވެސް ވަނީ ހުދާއި ދަނބު ކުލައެވެ.

މަޑު ކާޕެޓް މަތީގައި ހިނގާލުމަށްފަހު ގޮސް ސާޔާ ވަނީ ކުޑަ ކޮޓަރިއަށެވެ. އެތަނުން ވެސް އޭނާގެ ނަޒަރު ހުއްޓުނީ ގަހަނާ އަޅާފައި ހުރި ވަތްގަޑަށެވެ. ސާޔާ ތިރީގައި އިށީންނަމުން އެ ވަތްގަނޑު ދަމާލިއެވެ. އަދި ވަތްގަނޑުގެ އެންމެ ފަހަތުގައި އޮތް ކުޑަ ސިޓީ އުރަ ނެގިއެވެ.

މަޑު ބްރައުން ކުލައިގައި އޮތް އެ ސިޓީ އުރަ ސާޔާގެ ލޮލުގައި އަޅައިގަތީ ނަވާރް އާއެކީގަ އެތަނަށް އައި ގަޑީގައެވެ. ނަމަވެސް އެވަގުތު ނަވާރް ހުރުމުގެ ސަބަބުން އޭނާ އޭތި ނެގުމުގެ ޚިޔާލު ދޫކޮށްލީއެވެ.

ސާޔާ ސިޓީއުރަ ނޭފަތާއި ކައިރިކޮށްލިއެވެ. އޭގައި ލުއި މީރުވަހެއް ހިފާފައިވާކަން އޭނާއަށް ފާހަނގަކުރެވުނެވެ. އެއީ ސިކުނޑި ތާޒާ ކުރުވާފަދަ ވަހެކެވެ.

" މައި އޯލްވޭސް އެންޑް ފޯރ އެވަރ..."..... ސާޔާ މަޑުމަޑުން ކިޔާލީ ސިޓީގެ ބޭރުގައި ލިޔެފައިވާ ލިޔުން ކޮޅެވެ. އެއާއެކު އޭގެ ތެރޭގައި އޮތް އެއްޗެއް ބަލާލުމުގެ ޝައުޤުވެރިކަން އެ ހިތުގައި ފުންވިއެވެ.

މަޑު މަޑުން ސިޓީއުރަ ކަނޑާލުމަށްފަހު ސާޔާ އޭގައި އޮތް ފޮޓޯއަށް ބަލާލިއެވެ. އޭނާ އަށް އެސްފިޔަ ޖަހާލަން ވެސް ނޭނގިފައި އެއަށް ބަލަން އިނދެވުނީ ލިބުނު ހައިރާންކަމުންނެވެ.

 

= ނުނިމޭ =

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!