ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ކުއްލިއަކަށް ސާޔާގެ ވާހަކަ މެދުކެނޑުނީ ފަހަތުން މީހެއްގެ ހިލަން ވުމުންނެވެ. އަވަސް އަވަހަށް އޭނާ ފަސްއެނބުރި ބަލާލީ އެކޮޓަރިއަށް އައީ ރައުލް ކަމުގައި ހީކުރެވުމުންނެވެ. ނަމަވެސް ދޮރު މަތީގައި ހުރި އިސްކޮޅުން ދިގު ބިޔަ ޒުވާނާ ފެނުމުން ސާޔާގެ ހަރަކާތްތަށް މަޑުޖެހުނެވެ.

Ads by MWSC

***********************

" ރާސިލް....".... ލަސްލަހުން ސާޔާ ކޮޅަށް ތެދުވެ އެޒުވާނާގެ ކުރިމައްޗަށްވާ ގޮތަށް ހުއްޓިލިއެވެ. މަލިކާގެ ވާހަކަތަކުން އޭނާއަށް ރާސިލް ވަނީ އެނގިފައެވެ. ރައުލް އާއި ވައްތަރުގޮތެއް ހުރުމުން ސާޔާ އަށް ރާސިލް ވަކި ކުރަން އެނގުނީއެވެ. އޭނާ ހައިރާންވީ ރައުލް ފަދައިން ރާސިލްއަށް ވެސް އާދަޔާޚިލާފް ރީތިކަމެއް ލިބިފައި ވުމުންނެވެ. އެ ދެ ޒުވާނުންގެ ރީތިކަމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟.. އެހެން މީހުންނަށްވުރެ ސިއްރު ވެރި ގޮތެއް ރައުލްގެ އުޅުމުން ސާޔާ އަށް ފާހަނގަ ކުރެވެއެވެ. ތަނެއްގެ ސީކްރެޓް އެޖެންޓެއް ބާވައެވެ؟.. އޭނާގެ މަޤްސަދަކީ ކޮބައިހެއްޔެވެ؟... ރައުލް އާއި ރާސިލް އަށް ލިބިފައިވާ ރީތިކަން ވާރުތަ ކުރާނީ ހަމަގައިމުވެސް މައިންބަފައިންގެ ފަރާތުންނެވެ. ސާޔާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ރާސިލްގެ ފެހި ކުލައިގެ ކަޅިއާއި މުށި ކުލައިގެ އިސްތަށިގަނޑެވެ. އެ ސިފައިގެ ސަބަބުން ރާސިލް ބޮޑަށް ވައްތަރީ ބޭރު ކުއްޖަކާއެވެ.

ރާސިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ސާޔާ ފެނުމުން އޭނާ އަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. ތަޤްދީރުގެ ނިޔާ ހިތަށް އެރުމުން ރާސިލްގެ އަތްފައި ފިނިވިއެވެ. މި ހަޤީޤަތް ހާމަވާ ދުވަހަކުން ކިހިނެތްވާނެ ބާއެވެ؟... އަލާރާއާއި ސާޔާ މިހާ ވައްތަރު ވުމުން ރާސިލް އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުރިމަތީގައި ހުރީ އަލާރާ ނޫންކަން ހިނދުކޮޅަކަށް ނަމަވެސް ރާސިލް ހަނދާން ނެތުނެވެ.

" ލިއަމް ކިހިނެތް؟... "... ބުނާނެ އެއްޗެއް ނޭނގުމުން ރާސިލްގެ ސިކުނޑިއަށް އެންމެ ފުރަތަމަ އައި ޖުމްލަ ބޭރުކޮށްލިއެވެ. ރައުލް ބުނި ފަދައިން އަދި ތަންކޮޅެއް ފަހުން ސާޔާ އާއި ބައްދަލުކުރަން މަޑުކުރެވުނު ނަމައޭ އޭނާގެ ހިތަށް އެރިއެވެ. ރާސިލް އަށް ވީގޮތް ވިސްނައިގަނެވުމުން ސާޔާ ހީލިއެވެ. އޭނާ އެއްފަރާތަކަށް ޖެހިލަމުން ރާސިލް އަށް ލިއަމް ފެންނާނެހެން މަޑުކޮށްލިއެވެ.

" ނޮޓް ބޭޑް.. ނޮޓް ގުޑް..."... ދެއަތް ޖޯޑުކޮށްލަމުން ސާޔާ ބުނެލިއިރު އެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފާޅުވާން ހުއްޓެވެ. ރާސިލް އަށް އެކަން ފާހަނގަ ކުރެވުން ގޮސް އިށީނދެލީ ވަކިން ހުރި ސޯފާގައެވެ. ސާޔާ އާއި ގާތް ގުޅުމެއް އުފައްދަން އޭނާ ބޭނުމެވެ. ފުރަތަމަ ފެނިލުމުން ވެސް އޭނާގެ ހިތުގައި ސާޔާ އަށް ދެވުނީ ކޮއްކޮ އެއްގެ މަޤާމެވެ.

" ޔޫ ލުކް ލައިކް މައި ސިސްޓަރ.. ".... ރާސިލްއަށް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް އޭނާ ނުހަނު އަވަހަށް މޫނަށް ހިނިތުންވުމެއް ވެރިކޮށްލަމުން ނަފްސު ހަމައަކަށް އަޅުވާލިއެވެ. އޭރު ސާޔާ ސުވާލުގެ ނަޒަރަކުން ރާސިލް އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.  ހީވަނީ ރާސިލް ފަރާތުން އިތުރަށް އެވާހަކަ އެނގެން ބޭނުންވެފައި ހުރި ހެންނެވެ.

" މި ބުނީ.. ސޭމް އައި ކަލަރ.. ހެއަރ ކަލަރ... ".... ރާސިލް ހިނިތުންވުމަކާއެކު ބުނެލުމުން ސާޔާ ވެސް އަނގަޔަށް ގޮތެއް ހަދާލިއެވެ. ސާޔާ އަށް ހީކުރެވުނީ ރައުލްގެ އިތުރުން ވެސް ރާސިލްގެ އިތުރު ކޮއްކޮއެއް ހުރި ކަމުގައެވެ. އޭނާ އަށް އެފަދަ މޮޔަ ޚިޔާލެއް ކުރެވުމުން ސާޔާ ދެފަރާތަށް ބޯހޫރުވާލަމުން ހީލިއެވެ. ރައުލް ގެ އިތުރު ކޮއްކޮއެއް ހުރި ނަމަ މިހާރު އޭނާއަށް ނޭނގި ނޯންނާނޭ ކަމުގައި ސާޔާގެ ހިތް ބުނެލިއެވެ.

" އަންނާނަން ނަވާ އަށް ވިޒިޓް ކޮށްލާފަ.. ސަޕްރައިޒަކަށް ވާނެ... ".... ރާސިލް ސަޅި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ނުކުމެގެން ދިޔައެވެ. ސާޔާ އަނެއްކާވެސް އެނބުރިލީ ލިއަމް އާއި ވީ ފަރާތަށެވެ. ނަމަވެސް ލިއަމް އަށްވުރެ ބޮޑަށް ސާޔާގެ ސިކުނޑި އޭރުވީ ރާސިލްގެ ޚިޔާލުތަކުގައި ގައިދު ވެފައެވެ. ރައުލް އާއި ރާސިލް ހާސްބައި ތަފާތެވެ. ވާހަކަ ދެއްކުމުގައި ވެސް ރާސިލް ހިތްހެޔޮކަން ސާޔާ އަށް ފާހަނގަވިއެވެ.

*************************

" ސެހެރް.... "... ފުމެމުން އައިސް ނޯޔާ ވެއްޓިގަތީ ސޯފާއަށެވެ. އޭނާ އިނީ ނުހަނު އުފަލުންކަން މޫނަށް ބަލާލުމުން އެކަނި ވެސް އެނގެއެވެ.

" ނޯޔާ އަނގައިން ވާހަކަ ދައްކަބަލަ... އަތް ބިންދައިގެން ދާއިރުވެސް ދޫކުރަން ނުވޭތަ؟...". ސެހްރާން އޭނާގެ އަތް ދަމައިގަންނަމުން ތަންކޮޅެއް ބާރަށް ބުނެލީ ތަދުވުމުންނެވެ.

" ހޫން.. ރާސިލް ދޮންބެ އައިއްސި... ހާދަ އުފާ ވެއްޖެއޭ... ".... ނޯޔާ އިނީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެންނެވެ. އޭރު ސެހްރާން ދެލޯ ކުޑަކޮށްގެން ބަލަން އިންގޮތުން ނޯޔާގެ ވާހަކަ ޤަބޫލު ނުކުރާކަން އެނގެއެވެ. ރާސިލް ދިޔަފަހުން އެއް އަހަރު ވެއްޖެއެވެ. ކުއްލިއަކަށް ދިޔައީ ކިއްވެކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ނަމަވެސް އެކަމުން އެންމެ ބޮޑަށް ދެރަވީ ނޯޔާއާއި ސެހެރާން އެވެ. ރާސިލް ހުންނައިރު އެކުދިންނަށް ނުހަނު ފައިދާ ކުރެއެވެ. އެހެންކަމުން ރައުލް އަށްވުރެ ބޮޑަށް ރާސިލް ދެކެ ނޯޔާ އާއި ސެހްރާން ލޯބިވެއެވެ.

ނޯޔާ ރާސިލް ހުރިކަން ޔަޤީން ކޮށްދިނުމުން ސެހްރާން ސޯފާއިން ތެދުވެ ހިނގައިގަތީ ދޮރާއި ދިމާލަށެވެ. ނަމަވެސް އިރުކޮޅަކުން ދުވެފައި ދާން ފެށި ގޮތުން އޭނާ ހުރީ ރާސިލް ދެކޭ ހިތްވެފައިކަން ނޯޔާ އަށް އެނގުނެވެ.

********************

އޭގެ އަނެއް ދުވަހު ނަވާރް ގެއަށް ދޫކޮށްލިއެވެ. ރާސިލް އައުމުން ގޭތެރެ ވަނީ ހަލަބޮލި ވެފައެވެ. މަލިކާގެ މޫނުމަތިން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ނުފިލައެވެ. ރާސިލް އަށް މީރުވާނެހާ އެއްޗެއް ކައްކާފައި އެދުވަހު މެންދުރުގެ ކެއުން ހާއްސަ ކުރިއެވެ. ނަމަވެސް ރާސިލް އައި ފަހުން ޔަލާ ނުފެންނަކަން ނަވާރް އަށް ފާހަނގަ ކުރެވުނެވެ. އެކަން މާބޮޑު ކަމަކަށް އޭނާ ނުހެދީ ކިރާޒް ބަލިވެ އުޅޭތީއެވެ. ހެނދުނު ހޭލިއިރު ހުންވައްތަރު ވެފައި ފަހުން ހޮޑުލާން ފެށުމުން ކިރާޒް ގޮވައިގެން ޔަލާ ހޮސްޕިޓަލަށް ދިޔަ ވާހަކަ ސާޔާ އޭނާ އަށް ކިޔައިދިނެވެ.

" ނަވާ ކޮންއިރަކު ޗޭންޖް ވަނީ؟... މިހާރު ރައުލް އާއި ރާސިލް ވެސް އައީމަ އަނެއްކާ އެކުދިންނަށް ހަތަރު ވަނަ ފްލޯރ ތައްޔާރުކޮށްފަ ހުންނާނީ.. ފިރިހެން ކުދިން ވިޔަސް އެކަނި އުޅެން މިހާރު އެނގެ އެންނު.. ދޯ ދަރިފުޅާ...".. މަލިކާ ރައުލްގެ އިސްތަށިގަނޑާއި ކުޅެލިއެވެ.

" ޔަޤީން.. މިހާރު ވެސް ނަވާއަށް ވުރެ މީރުކޮށް ކައްކަން އެނގޭނެ..."... ރައުލް ފޮނި ވެފައި ބުނެލި ގޮތުން ނަވާރް ބުމަ އަރުވާލަމުން އަނގަޔަށް ގޮތެއް ހަދާލިއެވެ. އެވަގުތު ނަވާރްގެ ރީތިކަން އިތުރުވިހެން ރައުލް އަށް ހީވިއެވެ. އަޖައިބެކެވެ. މި ފަހަކަށް އައިސް ރައުލްގެ ސިކުނޑިން ނަވާރް ފިލައިގެން ދަނީ މަދު ފަހަރެއްގައެވެ. ނަވާރް ލޯބިވަނީ ލޫކަސް ދެކެ ކަން އެނގިހުރެ ވެސް ރައުލް އަށް އެފަދަ ނަޒަރަކުން އޭނާ އާއިމެދު ދެކެވުމުން ނުތަނަވަސްވިއެވެ. އެއީ ރައުލް އަށް ކޮއްކޮ އެއްފަދަ ކުއްޖެކެވެ.

ރައުލް އަށް ހިޔާލުތަކުން  ބޭރުވެވުނީ ނަވާރް ހޫރާލި ކުޝަން އައިސް އޭނާގެ މޫނުގައި ޖެހުމުންނެވެ. ވިސްނައިގެން ހުރި ނަމަ ރައުލްގެ މޫނަށް އެ ހަމަލާ ނާރާނެކަން ގައިމެވެ. އެއަށްވުރެ ހުޝިޔާރުވާނެއެވެ. ރައުލް ކުޝަން ނެގުމަށްފަހު ބަލާލި ގޮތުން އަނބުރާ ނަވާރްއާއި ދިމާލަށް ހޫރާނެހެން ހީވިއެވެ. ނަމަވެސް ފުން ނޭވާއެއް ދޫކޮށްލަމުން ވަކި ހުރި ސޯފާ މަތީގައި ރައުލް ކުޝަން ބޭއްވުމަށްފަހު ތެދުވިއެވެ. ދެން އޭނާ ބަލާލީ ރާސިލް އަށެވެ. އެ ބަލާލުމުން ރާސިލް އަށް އެއްޗެއް ދޭހަވި ފަދައެވެ. އޭނާ ތެދުވެގެން ރައުލް އާއެކު އެރީ ގޮސް ލިފްޓަށެވެ.

" އެރޮގެންޓް ބްރަދަރސް...."... ރައުލްގެ ފަރާތުން ނުފެންނަ ސިފައެއް ފެނުމުން ނަވާރް ހައިރާންވި ނަމަވެސް ފާޅުކުރީ އެހެން އިހްސާސެކެވެ. އަދިވެސް ކޮންމެވެސް ވަރަކަށް ނޭވާ ހާސްވާތީ ނަވާރް ގަސްތުކުރީ ކުޑަކޮށް ނިދާލުމަށެވެ. ދެރައީ ރޭގައި ވީގޮތެއް އޭނާގެ ހަނދާނުގައި ނެތް ކަމެވެ. ނޯޔާގެ ފަރާތުން ނަވާރް ލިފްޓުގައި ތާށިވި ކަމާއި ސަލާމަތްކުރީ ރައުލްކަން އެނގުނެވެ. ރައުލް ފަރާތުން ފަހުން އެކަން އޮޅުން ފިލުވާނީ ކަމުގައި ނަވާރް އަމިއްލަ އަށް ނިންމިއެވެ.

********************

" ސާޔާ ޓޮޕް ޓެންގަ ވެސް ހިމެނުނު؟... މާޝާ ﷲ.. ".... މަލިކާ ސާޔާގެ ކިޔެވުމާއި ބެހޭގޮތުން އިތުރަށް އޮޅުންފިލުވިއެވެ. ރައުލް މެދުވެރިކޮށްގެން ސާޔާގެ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ލިޔެކިޔުންތައް މަލިކާ ހޯދިއެވެ. އޭނާގެ ނަތީޖާ ރަނގަޅުވުމުން މަލިކާ އެދުނީ އޮންލައިން ކޮށް ބޭރުގެ ޔުނިވަރސިޓީއަކުން ކިޔެވުމަށެވެ. ނަމަވެސް ސާޔާ އެގޮތާއި ޤަބޫލު ނުވުމުން މަލިކާ ރާއްޖޭގެ ޔުނިވަރސިޓީއަކުން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ.

**************************

" ސޯ.. މިހާރު ރާސިލް ދޮންބެ ވެސް އައީ.. އައި ވޯންޓު ހޭވް ފަން... ދެން ސާޔާ އަށް ވެސް ކިޔައިދޭން ވެއްޖެއެންނު.. ނޫނީ އެފަކީރަށް އަބަދު އޮޅުވާލަން ޖެހޭނީ... ކިހާ މަޖާވާނެ ސާޔާ އަށް ވެސް ދި މިސްޓީރިޔަސް ބްރަދަރސްގެ ހަޤީޤަތް އެނގުނީމަ... މިހާރު އަބަދު ސިހިފަ ހުއްޓަސް އޭރުން ބިރު ކުޑަ ވާނެ.. ".. އަތުގައި އޮތް ކޯކް ފުޅިން އެތިފޮދެއް ބޯލަމުން ސެހްރާން ޓީވީ ހުޅުވާލިއެވެ. ގިނަ ދުވަސް ތަކަކަށްފަހު އަމިއްލަ އެޕަރޓްމެންޓަށް އާދެވުމުން ސެހްރާން ހުރީ އުފާވެފައެވެ.

ރައުލް އާއި ރާސިލްއަށް ލިބިފައިވާ ބާރުތައް ބޭނުން ކޮށްގެން ސެހްރާންމެން ތަފާތު ކަންކަން ކުރެއެވެ. ގޭގެ ބަގީޗާގައި ހައްދާފައި ހުންނަ އަނބު ގަހުގެ މަތީ ގޮފިތަކަށް އަރާ އުޅުމަކީ ސެހްރާން އެންމެ ކުރާ ހިތްވާ ކަމެވެ. ރާސިލް އާއެކީ ބިރުކުޑަ ކޮށްފައި ނޯޔާ އާއި ސެހެރާން އުޅޭއިރު މަލިކާ މެން ވެސް އެއްޗެކޭ ނުބުނާނެއެވެ. ނަމަވެސް ސާޔާ ހުރުމުން ބޭނުން ހުރިހާ ކަމެއް ނުކުރެވޭނެކަން އޭނާ އަށް އެނގެއެވެ.

" ތެދެއް ރައުލް... ބުނަންވީނު.. އޭނާ އަށް ވެސް އާއިލާ އެނގެން ޖެހޭނެ.. މި އުޅެވެނީ ކޮން ބަޔަކާއެކީ ކަން އެނގެން ޖެހޭނެ.. ހަޤީޤަތް އެނގުނީމަ ސާޔާ ވެސް ޤަބޫލު ކުރާނެ.. "... ރާސިލްގެ އަޑުގައިވީ ހިތްހަމަނުޖެހުން ފާހަނގަ ކުރެވުމުން ސެހްރާންއަށް ބަލާލެވުނީ ރައުލް އަށެވެ. ރާސިލްގެ އަޑާއި ރާގު ހުރިގޮތުން އިތުރު ސިއްރެއް ފޮރުވިފައިވާކަން އޭނާ ދެނެގަތެވެ.

" އަހަންނަށް ވެސް ތި ސިއްރު އަންގައިގެން އުޅެބަލަ.. ބޮލްސަމްގަ ސިއްރުތައް ގިނަކަމުން ބޯ ހަލާކުވޭ..."... ސެހްރާން އަތް ވައްޓާލީ ރާސިލްގެ ކޮނޑަށެވެ. އުމުރުގެ ތަފާތު ހުރި ނަމަވެސް އެ ޒުވާނުންގެ މެދުގައި އެ ފަރަޤު ނޯވެއެވެ. އެ ދެމެދުގައިވަނީ އެއަށްވުރެ ވަރުގަދަ ލޯތްބަކާއި ރަހުމަތްތެރިކަމެކެވެ.

ބޮލްސަމް އާއިލާ އަކީ އާދައިގެ އާއިލާއެއް ނޫންކަން ސެހްރާން ދަނެއެވެ. މެލެކްގެ ފިރިމީހާ ބީކާލްގެ ސަބަބުން އެ އާއިލާ އަށް ތަފާތުކަން ގެނުވައެވެ. ހާއްސަކޮށް އާއިލާގެ ދޮށީ ދެ ފިރިހެން ކުދިންނަށް ލިބިފައިވާ ހާއްސަ ބާރުންނެވެ. ނަމަވެސް އެކަމުގެ ހަޤީޤަތަކީ ވެސް ސެހްރާން އަށް ފުރިހަމައަށް އެނގޭ ކަމެއް ނޫނެވެ. ރައުލް އާއި ރާސިލް އަށް ބާރުތަކެއް ލިބުނު އިރު އަލާރާގެ އެފަދަ ހާއްސަކަމެއް ނެތީ ކީއްވެތޯ ސެހްރާންގެ ހިތުގައި ސުވާލު އުފެދެއެވެ.

" ސެހެރް ހަމަޖެހިބަލަ.. ހުރިހާ ވެސް މައްސަލައަކީ ރައުލް މާ ސިއްރުވެރިކޮށް އުޅޭތީ.. ކަންކަން ހިއްސާ ނުކޮށް އަމިއްލަ އަށް ނިންމަން އުޅޭތީ.. "... ރާސިލްގެ ވާހަކަ ހުރިގޮތުން ރައުލް ބޮޑު ކަމެއް ކޮށްފި ކަން ސެހެރާން އަށް ޔަޤީން ވިއެވެ.

" ލިޓިލް މެޖިކް ވޯޑްސް ފޯރ ޔޫ ބްރަދަރ..."... ރައުލް އައީ ވިދުވަރެއްހާ ހަލުވި މިނުގައެވެ. އޭނާ އައި އަވަސް ކަމުން ސެހްރާންއަށް ފެނުނީ ކުރިމަތީގައި މަޑުކޮށްލުމުންނެވެ. ރައުލް މަޑުމަޑުން ސެހްރާންގެ ކަންފަތް ދޮށުގައި ވާހަކަތަކެއް ބުނެލިއެވެ. އެއާއެކު ހިނދުކޮޅަކަށް ވެސް މަޑުކޮށްލުމެއްނެތި ނިކުމެގެން ދިޔައީއެވެ. ލޯ ކުރިމައްޗަށް ގެއްލުނީއެވެ. ނޫނީ ރައުލް ދިޔަ އަވަސްކަމުން ސެހްރާން އަށް ނުފެނުނީއެވެ.

" އޭ... ރައުލް.. އާދޭ..."... ލިބިފައިވާ ޝޮކް ފިލައިގެން ދިޔުމުން ސެހްރާން ބާރަކަށް ގޮވާލިއެވެ. ނަމަވެސް އޭރު ރައުލްގެ ނިޝާނެއް ފެންނާކަށް ނެތެވެ.  ރައުލް އެބުނި ވާހަކައާއި މެދު ސެހްރާން އަށް ފުންކޮށް ވިސްނާލެވުނެވެ. އޭނާ އަށް ކުރިން އެކަން ނޭނގުނީ ކީއްވެ ހެއްޔެވެ. ފާހަނގަ ނުކުރެވުނީ ކީއްވެ ހެއްޔެވެ؟... ރައުލް އެ ދިޔައި ހިތް އަވަސް ކުރުވާފަދަ ހަބަރެއް ދީފައެވެ. ދެން އޭނާ ހޯދުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ފެނުނަސް އެވާހަކަ ރައުލް އިތުރަށް ނުދައްކާނެއެވެ. ސެހްރާން އަށް ޖެހޭނީ އަމިއްލަ އަށް އެ ވާހަކައިގެ ހަޤީޤަތް ހޯދާށެވެ.

=ނުނިމޭ=

Ads by HDC
  1. މަލީޚާ

    މަ ހީކުރީ މީ ޒެލްގެ ވެވުނީ ލޯތްބޭ ޔާރު ހުވާ ވާހަކަ ކަމަށް. އެހެންވެ ކިޔަން ފެށީ ވެސް. އަދި ކިރިޔާ ލިޔުންތެރިޔާގެ ނަމަށް މިބެލުނީ. ހެހެ